Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލެ މުނިސިޕަލް ޚިދުމަތް

މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

އެކި ފަހަރު މަތިން ފާއިތުވި ދެ އަހަރުގެ ތެރޭގައި ތަފާތު އެކި ބައްދަލުވުންތައް ބާއްވާ މަޝްވަރާ ކުރެވި، އެމްއޯޔޫއެއްގެ ދަށުން މުނިސިޕަލް މަސައްކަތް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން ތައްޔާރަށް އޮތް ކަމަށާއި ނަމަވެސް އެމަސައްކަތް ލަސްވެފައިވަނީ، ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ އިޚްލާސްތެރިކަމެއް ނެތުމުން ކަމަށް އާޒިމް ވިދާޅުވި.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 08:14
މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް - ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ - 22-12-2025

މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް - ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ - 22-12-2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން މާލެ ސިޓީ ކައުންސިލް އާއި ހަވާލު ނުކުރެވިގެން އުޅެނީ ކައުންސިލް އިން އެކަމަށް ބޭނުން ނުވާތީ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރެހެންދި ސްކޫލު ހޯލު ގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ހުޅުމާލޭގެ މުނިސިޕަލް ޙިދުމަތްތައް މިހާރު ދެމުން އަންނަ އެޗްޑީސީގެ އަތުން އެ ޙިދުމަތް، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ނުކުރެވިގެން އުޅެނީ ކައުންސިލުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. މިކަމަށް ރައްދު ދެއްވަމުން ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، ރައީސް މުއިއްޒު އެހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން، ތަފާތު އެކި ބައްދަލުވުންތައް ބާއްވާ މަޝްވަރާ ކުރެވި، އެމްއޯޔޫއެއްގެ ދަށުން މުނިސިޕަލް މަސައްކަތް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން ތައްޔާރަށް އޮތް ކަމަށާއި ނަމަވެސް އެމަސައްކަތް ލަސްވެފައިވަނީ، ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ އިޚްލާސްތެރިކަމެއް ނެތުމުން ކަމަށެވެ.

ޤާނޫނު ލާޒިމް ކުރާ ގޮތުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކުގެ ތެރޭގައި ހަމަ އެކަނި ހިމެނެނީ މުނިސިޕަލް ޙިދުމަތް ނޫން ކަން ފާހަގަކުރައްވަމުން، މޭޔަރ ވިދާޅުވީ ހުޅުމާލޭގެ ކަންކަން އެޗްޑީސީގެ ދަށުން ވަކިން އޮތުމުގެ ސަބަބުން ރައްޔިތުންނަށް ޙިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި އަދި ޙިދުމަތް ލިބިގަންނަ ރައްޔިތުންނަށް ވެސް އެތައް އުނދަގޫ ތަކާއި ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ހުޅުމާލެ މުނިސިޕަލް ޙިދުމަތް ދިނުމަށް ސިޓީ ކައުންސިލް އޮތީ ތައްޔާރަށް ކަމަށާއި މިކަން ވީހާވެސް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތް ސަރުކާރުން ހަމަޖައްސަވައި ދެއްވުމަށް އާޒިމް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ހުޅުމާލެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް ވައުދުވެ ވަޑައިގެން ކަމަށާއި، ދޮގު ހެއްދެވުން ހުއްޓާލެއްވުމަށްފަހު ވައުދު ފުއްދާ ދެއްވުމަށް މޭޔަރު އާޒިމް ވަނީ ރައީސް މުއިއްޒު އަށް އިލްތިމާސް ކުރައްވާފަ އެވެ.

ހުޅުމާލެ މުނިސިލް ހިދުމަތް އެޗްޑީސީގެ ދަށުން އޮތުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ހައްގުތަކެއް ގެއްލި ރައްޔިތުންނަށް ފަސޭހައިން ލިބެންޖެހޭ ޚިދުމަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ހުޅުމާލެ ރައްޔިތުން ދަނީ ކެނޑި ނޭޅި ކުރަމުންނެވެ.

އާދަމް އާޒިމްރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

22 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

22 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ : ރައީސް

ޤައުމެއް ކުރިއަރައި ދިޔުމަށް އެ ޤައުމެއްގެ ބަޔަކީ އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހޭ : ރައީސް

21 ޑިސެމްބަރު 2025
ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

ސާޖިދާ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީ އިން ހައިކޯޓު ގައި އިސްތިއުނާފު ކޮށްފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު