Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީޕްލޭން ދަތުރުތައް

ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން

ރައީސް މުއިއްޒު ވިދާޅުވީ ބޮޑެތި ރަށްތަކުގައި 600 މީޓަރުގެ އެއަރ ސްޓްރިޕެއް ހަދައި، ސީޕްލޭން ސައިޒުގެ ބޯޓުތަކުގައި ފުރޮޅު ހަރުކޮށް ޖެއްސޭނެ ކަމަށް. މިގޮތަށް ހެދުމުން ބޮޑު އެއަރޕޯޓެއް ބޭނުން ނުވެ، ރޭގަނޑު ވެސް ބޯޓު ޖެއްސޭނެ. މިހާރު ރާއްޖޭގައި 12-15 ސީޓުގެ ސީޕްލޭން ސައިޒުގެ ބޯޓުތައް ރިސޯޓްތަކަށް ފަތުރުވެރިން އުފުލަން ބޭނުން ކުރޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 17:48
ރާއްޖޭގައި ސީޕްލޭންގެ ގޮތުގައި ބޭނުންކުރާ ވައްތަރުގެ ޓްވިން އޮޓަރގެ ފުލައިޓެއްގައި ފުރޮޅު ހަރުކޮށްފައި

ރާއްޖޭގައި ސީޕްލޭންގެ ގޮތުގައި ބޭނުންކުރާ ވައްތަރުގެ ޓްވިން އޮޓަރގެ ފުލައިޓެއްގައި ފުރޮޅު ހަރުކޮށްފައި

ރަށްރަށު ގައި އެއަރޕޯޓު އެޅުމުގެ ބަދަލު ގައި 600 މީޓަރުގެ އެއަރ ސްޓްރިޕަކާ އެކު ސީޕްލޭނު ގައި ފުރޮޅު ހަރުކޮށް ދަތުުރުކުރެވޭނެ ފަދަ ހިޔާލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. 

ޔޫތް ހަބުގައި ކުރިއަށްދިޔަ "ޔޫތް ކޮފީ ވިތް ޕްރެސިޑެންޓް" އިވެންޓުގައި ބައިވެރިންގެ ހިޔާލަކާއި ގުޅިގެން ރައީސް ވިދާޅުވީ ސީ ޕްލޭންގައި ރޭގަނޑުގެ އޮޕަރޭޝަން ނުހިންގޭނެ ކަމަށެވެ. އެހެންކަމުން އެއީ އެޑްރެސް ކުރަންޖެހޭ އެއް ކަންތައް ކަމަށާއި، ބޮޑެތި ރަށްރަށުގައި، އެއަރ ސްޓްރިޕެއް ހަދައި، ސީޕްލޭން ސައިޒުގެ ބޯޓުތަކުގައި ފުރޮޅު ހަރުކޮށް ޖެއްސޭނެ ގޮތަށް ހެދި ދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެގޮތަށް ހެދުމުން ވަރަށް ގިނަ ރަށްތަކުގައި ރޭގަނޑު ވެސް ބޯޓު ޖެއްސޭނެ ކަމަށާއި، ބޮޑު އެއަރޕޯޓެއް އެކަމަށް ބޭނުން ނުވާނެ ކަމަށެވެ. 

Advertisement - newsAdvertisement
ގާތްގަނޑަކަށް 600 މީޓަރުގެ ދިގުމިނުގެ އެއަރ ސްޓްރިޕެއް ހަދައިފިއްޔާ އެތާގައި ކުދި ބޯޓުތައް، މި ގެންގުޅޭ ސީޕްލޭން ބޯޓުތަކުގައި ފުރޮޅު ހަރުކޮށްފައި ދުއްވައިފިއްޔާ އެވަރުގެ ބޯޓު ޖެއްސޭނެ. އެއަރަކުން ނުޖެހޭ އެއަރޕޯޓު ހަދާކަށެއް. އެއިރުން ވަރަށް ގިނަ ރަށްތަކުގައި މަތިން ގޮސް ޖެއްސޭނެ. މިއީ ހަމަ ހެދިދާނެ ކަންކަން. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގައި ސީޕްލޭން ސައިޒުގެ ބޯޓުތައް މިހާރު ބޭނުން ކުރަމުން އަންނަނީ ރިސޯޓްތަކަށް ފަތުރުވެރިން އުފުލުމަށެވެ. މި ބޯޓުތަކަކީ އާންމު ގޮތެއްގައި 12 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. އެންމެ ބޮޑު ބޯޓެއްގައި ވެސް އިންނަނީ 15 ސީޓެވެ. އެއީ ފަޅުވެރިން ހިމެނޭ ހެންނެެވެ. މި ބޯޓުތަކަކީ އަޑުގަދަ އަދި ތިރިން ދުއްވާ ބޯޓުތަކެކެވެ. 

ރާއްޖޭގައި ސީޕްލޭންގެ ގޮތުގައި ބޭނުން ކުރަނީ ޓްވިން އޮޓަރގެ އެއަރކްރާފްޓެވެ. ޑި ހެވިލަންޑް ޓްވިން އޮޓަރގެ ފްލައިޓުގެ ދިގުމިން ލޯޑާ ގުޅިގެން ވަރަށް ތަފާތު ނަމަވެސް އާންމުކޮށް 4 ގަޑި އިރާއި 6 ގަޑިއިރު ގެ ދަތުރެއް ކުރެވޭ އިރު، 600 އާއި 800 ނޯޓިކަލް މޭލު ދުއްވުމުގެ ގާބިލްކަން ލިބިފައިވެ އެވެ. ސްޓޭންޑަރޑް ފިއުލް އާއި އެކު، ރޭންޖް ގާތްގަނޑަކަށް 800 އާއި 900 ނޯޓިކަލް މޭލު ނަމަވެސް، މިއީ ބަރު ލަގޭޖާ އެކު އެ ގާބިލްކަން ކުޑަވެގެންދާނެ އެވެ. މިސާލަކަށް މެކްސް ޕޭލޯޑްގައި 1 ގަޑި 30 މިނިޓް ދުއްވުމުގެ ގާބިލުކަން ލިބިފައި ވޭ، އަދި ބަރު ނޫންކޮށް 5 ގަޑިއިރު ދުއްވެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުސީޕްލޭންއެއަރ ސްޓްރިޕްއެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް

ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ކުރީގެ އިމާރާތަކާއި ބޭރު ފާރު މަރުތޭލަކުން ތަޅާތާ 4 މަސް

23 ޑިސެމްބަރު 2025
"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

23 ޑިސެމްބަރު 2025
ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

23 ޑިސެމްބަރު 2025
ކޯޓުތަކުން މައްސަލަ ބަލާ ނިންމާނެ ތާރީޚު ކަނޑައަޅުއްވަނީ ވެސް ރައީސް މުއިއްޒު

ކޯޓުތަކުން މައްސަލަ ބަލާ ނިންމާނެ ތާރީޚު ކަނޑައަޅުއްވަނީ ވެސް ރައީސް މުއިއްޒު

22 ޑިސެމްބަރު 2025
ބިލެތްފަހި އެއަރޕޯޓުގެ ބިންހިއްކަން ގެނައި ޑްރެޖަރުން އަދި އެންމެ ވެލިފުކެއްވެސް ނާޅާ، ކުރާހާ ވެސް ކަމަކީ އޭގެ ދަބަރު ތެޅުން

ބިލެތްފަހި އެއަރޕޯޓުގެ ބިންހިއްކަން ގެނައި ޑްރެޖަރުން އަދި އެންމެ ވެލިފުކެއްވެސް ނާޅާ، ކުރާހާ ވެސް ކަމަކީ އޭގެ ދަބަރު ތެޅުން

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު