Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިލެތްފަހި

ބިލެތްފަހި އެއަރޕޯޓުގެ ބިންހިއްކަން ގެނައި ޑްރެޖަރުން އަދި އެންމެ ވެލިފުކެއްވެސް ނާޅާ، ކުރާހާ ވެސް ކަމަކީ އޭގެ ދަބަރު ތެޅުން

ބިލެތްފަހީ އެއަރޕޯޓު މަޝްރޫއު ބާރު ސްޕީޑު ގައި ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވަޢުދުވެވަޑައިގެންނެވި ނަމަވެސް، މިހާތަނަށް އެމަސައްކަތް ކުރިއަށް ނުދާކަން ފާހަގަކުރެއެވެ. އޮކްޓޯބަރު މަހު ގެނައި ޑްރެޖަރު ރަށުގެ ފަޅުތެރޭގައި ބަނދަރުކޮށް އެއުޅަނދުން ހަމައެކަނި ކުރާކަމަކީ ދަބަރު ތެޅުމެވެ. ރައީސް މުއިއްޒު 30 މަހުގެތެރޭގައި އެއަރޕޯޓް ނިންމާނެކަމުގެ ޔަޤީންކަން ދެއްވި ނަމަވެސް، ބަންޑްވޯލް ޖެހި ސަރަހައްދު ގިރައިގެން ގޮސް ހުއްޓާލެވުނު މަސައްކަތް މިހާތަނަށް ހިނގައިގަންނަ ގޮތެއް އަދި ނުވޭ.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 11:34
ށ. ބިލެތްފަހި ރައްޔިތުން، ރައީސް މުއިއްޒު ވަނީ 8 މަސް ދުވަހުގެ ތެރޭގައި އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ނިންމަވާނެ ކަމަށް ވިދާޅުވެފައި.

ށ. ބިލެތްފަހި ރައްޔިތުން، ރައީސް މުއިއްޒު ވަނީ 8 މަސް ދުވަހުގެ ތެރޭގައި އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ނިންމަވާނެ ކަމަށް ވިދާޅުވެފައި.

ށ. ބިލެތްފަހީގެ އެއަރޕޯޓު އަޅަން ކަނޑައަޅާފައިވާ ސަރަހައްދުގެ ބިން ހިއްކަން ގެނައި ޑްރެޖަރުން އަދި އެންމެ ވެލިފުކެއް ވެސް ނާޅާ ކަމާއި، ގެނައިފަހުން ކުރާހާ ވެސް ކަމަކީ ޑްރެޖަރުގެ ދަބަރުތެޅުން ކަމަށް އެރަށުން މައުލޫމާތު ލިބިއްޖެ އެވެ.

ރާއްޖެޓީވީގެ ޓީމެއް ބިލެތްފައްސަށް ހުސްވި ހަފްތާ ގައި ޒިޔާރަތް ކުރި އިރު ޑްރެޖަރު ރަށުގެ ފަޅުތެރޭގައި އަޅާފައި އޮއްވާ ވަނީ ފެނިފަ އެވެ. އަދި ބިން ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގައި އެއްވެސް ކަމެއް ނުހިނގާ އިރު ރައީސް ސޯލިހް ގެ ސަރުކާރުން އެމްޓީސީސީ އާ ހަވާލު ކޮށްގެން ބިން ހިއްކުން ފެށުމުގެ ގޮތުން އެ ސަރަހައްދުގައި ޖަހާފައިވާ ބަންޑްވޯލް ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

Advertisement - newsAdvertisement

ބިލެތްފަހި ކައުންސިލުގެ މެމްބަރު އާދަމް ޝަފްރާޒް ވިދާޅުވީ، ބަންޑްވޯލް ޖަހާފައިވަނިކޮށް ވެރިކަން ބަދަލުވުމާއެކު މަސައްކަތް ހުއްޓުނު ކަމަށެވެ. އެއާއެކު ބަންޑުވޯލުގެ ވެލިތައް ފައިބައިގެން ދިޔައީ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރައީސް މުހައްމަދު މުއިއްޒު އެއަރޕޯޓް މަޝްރޫއު އަލުން ފައްޓަވައިދެއްވުމަށް އެރަށަށް ވަޑައިގެން ފަޅުތެރެއަށް އަޅާލި ވެލިފުންޏެއްގެ ބައެއް މިހާރު ވެސް އެ ސަރަހައްދުން ފެންނަން އެބަހުއްޓެވެ. ޝަފްރާޒް ވިދާޅުވީ އޭގެ ފަހުން ދެ ދުވަހަކު ހައިމާކު ދެކޮޅަށް ދުއްވާލާފައި ނެގި ގާކޮޅެއް ވެސް އެސަރަހައްދުގައި ފެންނަން ހުރުން ފިޔަވާ އިތުރު އެއްވެސް ކަމެއް އެ ރަށުގެ އެއާޕޯޓް މަޝްރޫއާ ގުޅޭ ގޮތުން ހިނގާފައި ނުވާ ކަމަށެވެ. 

ޝަފްރާޒް ވިދާޅުވީ، އެއަރޕޯޓް މަޝްރޫއު ހުއްޓުމެއްނެތި ކުރިއަށް ދާ ކަން ރައީސް މުއިއްޒު އަށް ފެނިވަޑައިގަތަސް ރަށުގެ ރައްޔިތުންނަށް ފެންނަނީ އެ މަސައްކަތް މުޅިން ހުއްޓިފައިވާތަން ކަމަށެވެ.

ބިލެތްފައްސަށް ޑްރެޖަރު ގެންދިޔައީ މިއަހަރުގެ އޮކްޓޯބަރު މަހު 13 ވަނަ ދުވަހު އެރަށަށް މުއިއްޒު ކުރެއްވި ދަތުރުފުޅާ ދިމާކޮށް އެއަރޕޯޓުގެ މަސައްކަތް ފަށަން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ޑްރެޖަރު ގެނައި އިރު ވެސް އެ އުޅަނދު އޮތީ "ދަބަރު ގުޅަ" އަކަށް ވެފައި ކަމަށާއި އެދުވަހު އައިސް ބަނދަރު ކުރި ގޮތަށް އަދިވެސް އޮތީ ބަނދަރު ކޮށްފަ އެވެ. ރަށު މީހުން ރާއްޖެޓީވީގެ ޓީމަށް ކިޔައިދިން ގޮޮތުގައި ބިލެތްފަހީގެ އެއަރޕޯޓު މަޝްރޫއުގެ ދަށުން ހުއްޓުމެއް ނެތި ކުރަމުން ގެންދާ ހަމައެކަނި މަސައްކަތަކީ ޑްރެޖަރުން ދަބަރު ތެޅުމާއި ދަވާދު ލުމެވެ.

އޮކްޓޯބަރު މަހު ބިލެތްފައްސަށް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ 38 ހެކްޓަރުގެ ބިން 8 މަސް ދުވަހުގެ ތެރޭގައި ހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓުގެ މަސައްކަތްތައް ނިންމައި، އެއަރޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަޤީންކަން، އެރަށުގެ ރައްޔިތުންނަށް ދެއްވި އެވެ.

އިރާދަކުރެއްވިއްޔާ އެކަމުގައި، އެއްވެސްކަހަލަ މަޑުޖެހުމެއް، ލަސްވުމެއް ނާންނާނެ. މިއީ، ތިޔަބޭފުޅުންނަށް ދެން ކޮންމެ ދުވަހަކު ފެނިވަޑައިގަންނަވާނެ ކަމެއްވީމަ، މިއީ ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާ ވާހަކައެއް. މި ދެންނެވިހެން މިކަން ދާނެ. އަދި އެއާއެކީގައި، އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް، އެ ހުރިހާ މަސައްކަތެއް، ރަންވޭއާއި، ދެން ހުރިހާ ކަމެއް ހިމެނޭހެން، ފުލް ޕްރޮޖެކްޓް، މުޅި މަޝްރޫޢު މިއަދުން ފެށިގެން، ގިނަވެގެން ދެ އަހަރާއި ބައި، 30 މަސް ދުވަހުގެ ތެރޭގައި ނިންމައި، އެއަރޕޯޓު ހުޅުވާނަން. ގިނަވެގެން 30 މަސް.
ރައީސް މުއިއްޒު، 13 އޮކްޓޯބަރު 2025

ބިލެތްފަހީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާއެކު ސޮއިކޮށް، ޢަމަލީ ގޮތުން މަސައްކަތް ފެށިގެންދިޔައީ އެ ދަތުރުފުޅުގެ ތެރެއިން އޮކްޓޯބަރު 13 ވަނަ ދުވަހު އެވެ.

މި މަޝްރޫޢަކީ، ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުން އެމް.އޭ.ސީ.އެލް.އިން އިންވެސްޓް ކޮށްގެން، އެމް.އޭ.ސީ.އެލް.ގެ ޕްރޮޖެކްޓެއް ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި ހަވާލު ކުރި މަޝްރޫއެކެވެ.

ށ. ބިލެތްފަހިރައީސް ޑރ. މުހައްމަދު މުއިއްޒުމާލެ އަތޮޅު ސަރަހައްދު ކުންފުނި

ކޮމެންޓް

އިތުރަށް ކިޔާލަން

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ

22 ޑިސެމްބަރު 2025
މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

މޭޔަރ އާޒިމް، ރައީސް މުއިއްޒު އަށް: ވެރިކަމުގެ ހުވާ ކުރައްވައިގެން ހުންނަވާ ދޮގު ހެއްދެވުން ހުއްޓާލައްވާ!

22 ޑިސެމްބަރު 2025
ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

ސިއްހީ ނިޒާމު ފެއިލްވެފައިވާ މިންވަރު 2 މިނެޓުން: ގޮހޮރު ފޫދުއްވާލީ ވެސް އިހުމާލުން، ޖަހަން ޖެހޭ އިންޖެކްޝަންގެ ޑޯޒް ވެސް އެސްޓިއޯއިން ގެނެސްދެނީ ނުބައިކޮށް

22 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި: އާދޭހާ އެކު ރައްޔިތުން އެދުނީ ރައްޔިތުންގެ އަޑު އެހުމަށް!

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު