Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ޗެލްސީ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނެފައި ވަނީ، ވަރަށް އަވަހަށް ކުރިއަށް އޮތް ތަނުގައި ތަފާތު ބާސެލޯނާއެއް ފެންނާނެ ކަމަށާއި، އެކަމުގެ ޔަޤީންކަން އޭނާ ދޭން ބޭނުންވާ ކަމަށެވެ. އެގޮތުން ފްލިކް ބުނީ ފަރިތަ ކުރުން ތަކުގައި ބާސެލޯނާ އިން ފެންނަ ކަންކަން އޭނާ އަށް އިނގޭ ކަމަށާއި، ފާއިތުވި ހަ ހަފުތާއާ އަޅާ ބަލާއިރު މިހާރު ވެސް ކަންކަން ބަދަލުވެފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2025 | ބުރާސްފަތި 06:36
ޗެލްސީއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ހަންސީ ފްލިކް

ޗެލްސީއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ހަންސީ ފްލިކް

ކުރިއަށް އޮތް މެޗު ތަކުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް ކަމަށް ބުނެ، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ހަންސީ ފްލިކް ސަޕޯޓަރުންނަށް މެސެޖެއް ދީފި އެވެ.

ފްލިކް މިހެން ބުނެފައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވި މެޗަށް ފަހު އެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވެފައިވާއިރު، މި ފަހަކަށް އައިސް އެ ޓީމަށް ނަތީޖާ ނުނެރެވޭ ކަމުގެ ކަންބޮޑުވުން ބޮޑުވެފައިވެ އެވެ.

ޗެލްސީ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނެފައި ވަނީ، ވަރަށް އަވަހަށް ކުރިއަށް އޮތް ތަނުގައި ތަފާތު ބާސެލޯނާއެއް ފެންނާނެ ކަމަށާއި، އެކަމުގެ ޔަޤީންކަން އޭނާ ދޭން ބޭނުންވާ ކަމަށެވެ. އެގޮތުން ފްލިކް ބުނީ ފަރިތަ ކުރުން ތަކުގައި ބާސެލޯނާ އިން ފެންނަ ކަންކަން އޭނާ އަށް އިނގޭ ކަމަށާއި، ފާއިތުވި ހަ ހަފުތާއާ އަޅާ ބަލާއިރު މިހާރު ވެސް ކަންކަން ބަދަލުވެފައިވާ ކަމަށެވެ.

އެހެންކަމުން އޭނާ ބުނީ ބާސެލޯނާއާ މެދު އަދި ވެސް ބޮޑު އުންމީދެއްގައި ކަމަށާއި، ބާސެލޯނާ އަށް ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް ފްލިކް ބުނީ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ވެސް ބާސެލޯނާ އިން ފެށީ ވަރަށް ރަނގަޅަށް ކަމަށާއި، އެ ޓީމަށް ލަނޑު ޖަހަން ވެސް ފުރުސަތު ލިބުނު ކަމަށެވެ. އެހެން ނަމަވެސް، ބައި ކޮޅަށް ފުރަތަމަ ލަނޑު ވަނުމާއި، ދެން އެއާ ވިދިގެން ދެއްކި ރަތް ކާޑުގެ ސަބަބުން މުޅި މެޗުގެ އޮއިވަރު ބަދަލު ވެގެން ދިޔަ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

އެކަން ފާހަގަކޮށް ފްލިކް ބުނީ، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނުއިރު، މިހާރު އޮތް ޗެލްސީ ކައިރިން ފަހަތުން އަރައި މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެންކަމުން ޗެލްސީ އަތުން ލިބުނު ހިތްދަތި ބަލި ބާސެލޯނާ އިން ޤަބޫލު ކުރަން ޖެހޭ ކަމަށާއި، އެއަށް ފަހު އައު ހިތްވަރަކާ އެކު ކުރިއަށް ދާން މަސައްކަތް ކުރަން ޖެހޭ ކަމުގައި ފްލިކް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ފްލިކް ބުނީ ކުޅުމާ ދުރުގައި ތިބި ބައެއް ކުޅުންތެރިން އެނބުރި އައިސް ޓީމާ ގުޅެމުން އަންނަ ކަމަށާއި، ފަރިތަ ކުރުން ތަކުގެ ފެންވަރު ވެސް މިހާރު ވަރަށް ބޮޑަށް ރަނގަޅު ވަމުން އަންނަ ކަމަށެވެ. އެކަމާ މެދު ރަނގަޅު އިޙުސާސެއް ކުރެވޭކަން ފާހަގަކޮށް ފްލިކް ބުނީ، އޭނާ ވެސް ބޭނުން ވަނީ ބާސެލޯނާ އިން އިތުރު ބަދަލު ތަކެއް ފެންނަން ކަމަށެވެ.

ހަމަ އެހެންމެ ޗެލްސީ އަކީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ދެ ވަނައިގައި އޮތް ޓީމު ކަމަށާއި، ޗެމްޕިއަންސް ލީގުގައި އެ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭނެ ކަމަށް ފްލިކް ބުންޏެވެ. އެހެންކަމުން ބޯޅަ ކޮންޓްރޯލް ކޮށްގެން، ވަރުގަދަ ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

ޗެލްސީ އަތުން ބާސެލޯނާ ބަލިވެފައިވާއިރު، މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅެފައިވާ ފަސް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ދެ މެޗުންނެވެ. އަނެއް ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ފަސް މެޗުން މިހާތަނަށް ލިބުނު ހަތް ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ވެސް 15 ވަަނައިގަ އެވެ.

ބާސެލޯނާހަންސީ ފްލިކް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު