Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

4 ނޮވެމްބަރު 2025 | އަންގާރަ 03:41

މިވަގުތު ވެސް ބަޔާން ގައި ކޭން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ބޭނުން ވަނީ އައު ލީގެއްގެ ތަޖުރިބާ ހޯދުމަށް ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އެހެންވެ، މިވަގުތު ކޭން އަންނަނީ އެ ފުރުސަތާ މެދު ވިސްނަމުން ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން، ބާސެލޯނާގެ އިތުރުން ޔޫރަޕުގެ އެހެން ކުލަބު ތަކުން ވެސް ކޭން ގެންނަން ޝައުޤުވެރިކަން ގެން ގުޅޭނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ކޭންގެ އެއްބަސްވުމުގައި ހިމެނޭ ރިލީޒް ކްލޯޒްގެ ސަބަބުން 57 މިލިއަން ޕައުންޑް ޖެހުމުން އަންނަ ސަމާސާ ފެށިގެން އޭނާއަށް ބަޔާންއިން ބޭރުވެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ނޮވެމްބަރު 2025 | އަންގާރަ 03:41
ބަޔާން އަށް ކުޅެމުން އަންނަ ހެރީ ކޭން

ބަޔާން އަށް ކުޅެމުން އަންނަ ހެރީ ކޭން | ރޮއިޓާސް

ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން، ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވުމަށް ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ކޭން ބަޔާން އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު ކޭން ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު 2027 ވަނަ އަހަރު ހަމަވާއިރު، އެއްބަސްވުން ހަމަވުމުގެ އެއް އަހަރު ކުރިން ކޭން އަށް ބަޔާން ދޫކޮށްލުމުގެ ފުރުސަތު އެ އެއްބަސްވުމުން ލިބޭ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

މިވަގުތު ވެސް ބަޔާން ގައި ކޭން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ބޭނުން ވަނީ އައު ލީގެއްގެ ތަޖުރިބާ ހޯދުމަށް ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އެހެންވެ، މިވަގުތު ކޭން އަންނަނީ އެ ފުރުސަތާ މެދު ވިސްނަމުން ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން، ބާސެލޯނާގެ އިތުރުން ޔޫރަޕުގެ އެހެން ކުލަބު ތަކުން ވެސް ކޭން ގެންނަން ޝައުޤުވެރިކަން ގެން ގުޅޭނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއާއެކު، ލެވަންޑޯސްކީ ބާސެލޯނާ ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެފަދަ ޙާލަތެއްގައި އެ ކުލަބުން އެހެން ކުޅުންތެރިޔަކު ހޯދަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ބާސެލޯނާ އިން އޮތީ ކޭން ގެންނަަން ޝައުޤުވެރި ވެގެންނެވެ. ކޭންގެ ކުރިން ބާސެލޯނާ އިން ގެންނަން ބޭނުން ވަނީ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް ކަމަށާއި، ނަމަވެސް އަލްވަރޭޒް ގެންނަން ޚަރަދު ކުރުމަކީ ބާސެލޯނާ އަށް ދަތި ކަމަކަށް ވާނެ ކަމުގައި ބުނެފައިވެ އެވެ.

އެހެންވެ ބާސެލޯނާ އިން ބޭނުން ވަނީ ކޭން ގެންނަން ކަމަށް ވެސް ބުނެފައިވެ އެވެ. ޚާއްސަކޮށް ބާސެލޯނާ އިން ބޭނުން ވަނީ ލެވަންޑޯސްކީ ނެތް ތަން ފޫބައްދާނެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް ވާއިރު، އެ ކުލަބުން ކޭން ގެންނަން ބޭނުން ވަނީ ކަމުގައި ފާހަގަ ކޮށްފައިވެ އެވެ. ޚާއްސަކޮށް މިވަގުތު ވެސް ކޭން އަންނަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން ކަމަށްވާއިރު، އެ ފެންވަރުގެ ކުޅުމެއް ބާސެލޯނާގައި ވެސް ދެއްކޭނެ ކަމަށް އެ ކުލަބުން ދެކޭ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މީޑިއާ ތަކުގައި ބުނެފައި ވަނީ، ބަޔާން ދޫކޮށްލަން ކޭން ބޭނުން ވެއްޖެ ނަމަ، ބާސެލޯނާގެ އިތުރުން އެހެން ކުލަބު ތަކަކުން ވެސް ކޭން ހޯދުމުގެ ރޭހަށް ވަންނާނެ އެވެ. އެހެންކަމުން، ކޭން ހޯދުމަކީ ބާސެލޯނާ އަށް ބޮޑު ވާދަވެރި ކަމަކަށް ވާނެ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބު ތަކުން ވެސް ކޭން އަށް ޝައުޤުވެރިކަން ފާޅު ކުރާނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ހަމަ އެހެންމެ، ޔޫރަޕުގެ ގިނަ ކުޅުންތެރިން ގެންނަމުން އަންނަ ސައުދީ އަރަބިއްޔާގެ ކުލަބު ތަކުން ވެސް ކޭން ހޯދުމުގެ ވާދަވެރި ކަމުގެ ތެރެއަށް ވަންނާނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ޚާއްސަކޮށް އެހެން ކުލަބު ތަކުން ކޭން އަށް ހުށަހަޅާ މުސާރަ އަކަށް ވުރެ ބޮޑު މުސާރައެއް، ސައުދީގެ ކުލަބު ތަކުން ހުށަހަޅާނެ ކަމަށް ވެސް ބުނެފައިވ އެވެ.

ބަޔާންގައި މިހާރު ކޭން ހޭދަ ކުރަމުން އަންނަނީ އޭނާގެ ތިން ވަނަ ސީޒަން އެވެ. ކޭން ވަނީ މިހާތަނަށް ބަޔާން އަށް ކުޅެދިން 111 މެޗުގައި، 107 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ، ޖަރުމަނު ލީގުގެ އިތުރުން، ޖަރުމަނު ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ހެރީ ކޭންބާސެލޯނާބަޔާން މިއުނިކް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

ރަފީނިއާގެ ހެޓްރިކް އިން މޮޅުވެ، ބާސެލޯނާ ފޯމުގައި

20 ސެޕްޓެމްބަރު 2026
ރަފީނިއާގެ ހެޓްރިކް އިން މޮޅުވެ، ބާސެލޯނާ ފޯމުގައި
19 ސެޕްޓެމްބަރު 2026

ހަތް ލަނޑުން ބަޔާން މޮޅުވި މެޗުގައި ކޭން އަށް ރެކޯޑެއް

19 ސެޕްޓެމްބަރު 2026
ހަތް ލަނޑުން ބަޔާން މޮޅުވި މެޗުގައި ކޭން އަށް ރެކޯޑެއް
17 ސެޕްޓެމްބަރު 2026

ރަފީނިއާގެ ހެޓްރިކުން މޮޅުވެ، ބާސެލޯނާ އަށް ހަތް ލަނޑުގެ މޮޅެއް

17 ސެޕްޓެމްބަރު 2026
ރަފީނިއާގެ ހެޓްރިކުން މޮޅުވެ، ބާސެލޯނާ އަށް ހަތް ލަނޑުގެ މޮޅެއް
14 ސެޕްޓެމްބަރު 2026

ޔަމާލްގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް

14 ސެޕްޓެމްބަރު 2026
ޔަމާލްގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް
10 ސެޕްޓެމްބަރު 2026

ރަފީނިއާގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ރަނގަޅު ފެށުމެއް

10 ސެޕްޓެމްބަރު 2026
ރަފީނިއާގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ރަނގަޅު ފެށުމެއް
07 ސެޕްޓެމްބަރު 2026

ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް

07 ސެޕްޓެމްބަރު 2026
ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް
03 ސެޕްޓެމްބަރު 2026

މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން

03 ސެޕްޓެމްބަރު 2026
މާޓިނޭޒް އަށް ބާސެލޯނާގެ ހުށަހެޅުމެއް ލިބުނު، އެކަމަކު ނިންމީ އިންޓަރގައި މަޑު ކުރަން
02 ސެޕްޓެމްބަރު 2026

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޖީސޫސް ބާސެލޯނާ އަށް ސޮއިކޮށްފި

02 ސެޕްޓެމްބަރު 2026
ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޖީސޫސް ބާސެލޯނާ އަށް ސޮއިކޮށްފި
01 ސެޕްޓެމްބަރު 2026

ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

01 ސެޕްޓެމްބަރު 2026
ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
31 އޯގަސްޓު 2026

އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް

31 އޯގަސްޓު 2026
އާސެނަލް ދޫކޮށް، ޖީސޫސް ބާސެލޯނާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް