Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީ މަސައްކަތްތެރިން

ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި

18 ޑިސެމްބަރު 2025 | ބުރާސްފަތި 17:46

ރައީސް މުއިއްޒުގެ އަމުރަށް ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ދެމެދު ބިދޭސީން ހުއްޓުވައި ތަހުގީގު ކުރުމަށް ފުލުހުން އިއުލާނު ކުރުމާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، ބުނީ މިއީ ތަފާތުކުރުމުގެ ސިފަ ހިމެނޭ، ގާނޫނުއަސާސީ އާއި އިންސާނީ ހައްގުތަކާ ޚިލާފު ފިޔަވަޅެއް ކަމަށް.

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 17:46
ބިދޭސީ މަސައްކަތްތެރިއަކު ފެން ކޭސްތަކެއް އުފަލަމުންދާ ލޮރީ އެއްގައި ދަތުރުކުރަނީ

ބިދޭސީ މަސައްކަތްތެރިއަކު ފެން ކޭސްތަކެއް އުފަލަމުންދާ ލޮރީ އެއްގައި ދަތުރުކުރަނީ

 ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ދެމެދު ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެކަމާ ގުޅިގެން ކުރި އިއުލާނާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި ހައްގުތަކަށް މަސައްކަތް ކުރާ އިތުރު ޖަމްއިއްޔާ ތަކުން ވަރަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

އެ ޖަމްއިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން އެޅި މި ފިޔަވަޅަކީ، ތަފާތުކުރުމުގެ ސިފަ ހިމެނޭ، އަދި ގާނޫނުއަސާސީ އާއި އިންސާނީ ހައްގުތަކާ ގުޅޭ ކަންބޮޑުވުންތައް އުފެދޭ ފިޔަވަޅެއް ކަމަށެވެ.

Advertisement - newsAdvertisement

ކަނޑައެޅިގެން ވަކި ބަޔަކަށް އަމާޒު ކޮށް އެޅި މި ފިޔަވަޅަކީ އެއްތަނުން އަނެއްތަނަށް ގޮސް އައިސް އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ އިތުރުން ގާނޫނުއަސާސީ އިންނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކުން ކަށަވަރު ކޮށްދޭ ހައްގުތަކަށް އަރައިގަތުމެއް ކަމުގައެވެ. މިކަމުން ބިދޭސީންނާ މެދު ނަފްރަތު އުފެދި އަދި ބިދޭސީންނާއި އާންމުންގެ ހިތްތަކުގައި  ބިރުވެރިކަން އުފައްދައި، ގާނޫނުގެ ވެރިކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީން، ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަން ކަށަވަރު ކޮށްދޭ ކަމަށާއި، ތަފާތުކުރުން ސާފުކޮށް މަނާކުރާ ކަމަށް ބަޔާނުގައިވެ އެވެ. ވަކި ބަޔަކަށް ތުހުމަތު ކޮށްގެން އަޅާ މިފަދަ ފިޔަވަޅެއްގެ ސަބަބުން ގާނޫނުން ކަށަވަރުކޮށްދޭ ހަމަހަމަ ކަން ގެއްލޭ ކަމަށާއި ގާނޫނުން ލިބިދޭ ހިމާޔާތް ނިކަމެތިވެގެންދާ ކަމަށްވެސް ބުނެފައިވެ އެވެ.

އާންމު ސަލާމަތާ ގުޅޭ ކަންބޮޑުވުންތައް ހައްލު ކުރަންވާނީ ގާނޫނީ ހެކިތަކަށް ބިނާކޮށް، އަދި އެކަންކަމަށް އަޅާ ހާއްސަ ފިޔަވަޅުތަކުން ކަމަށް ވެސް ބަޔާނުގައިވެއެވެ. 

ސަރުކާރުން ބިދޭސީ މަސައްކަތްތެރިންނަށް އަމާޒު ކޮށްގެން އަޅަމުން ގެންދާ ފިޔަވަޅު ތަކުގެ ސަބަބުން އެމީހުންނާ މެދު ނަފްރަތު އުފުދި، އެކަހެރިވެ، އަދި ބިރުވެރިކަން އިތުރުވެ، ބިދޭސީންގެ ނާޖާއިޒު ބޭނުން ހިފުމަށް މަގު ފަހިވެ، އަދި ފުރައްސާރަ އަށް އެމީހުން ހުށަހެޅިގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. 

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންނަކީ ސަލާމަތައް ހުރި ނުރައްކަލެއްގެ ގޮތުގައި ފްރޭމް ކޮށްގެން ނުވާނެ ކަމަށެވެ. ދައުލަތުގެ ދަށުގައި ތިބި އެންމެންގެ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ބުނެފައިވެއެވެ. 

ދިވެހިރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ އެންމެންނަށް ގާނޫނު އަސާސީ އިންނާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކުން ކަށަވަރުކޮށްދޭ ހައްގުތައް ފުރިހަމަ އަށް ދެމެހެއްޓުމަށް ބަޔާން ނެރެފައިވާ ހުރިހާ ޖަމްއިއްޔާތަކުން ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

ސަރުކާރުން މި އެޅި ފިޔަވަޅުތަކުގެ ގާނޫނީ ހައިސިއްޔަތު ބަލައި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ޒިންމާތަކާ އެއްގޮތްކަން ކަށަވަރު ކޮށް، ތަފާތު ނުކުރުމާއި އިންސާނީ ހައްގުތައް ރައްކައުތެރިކުރެވޭ ކަން ޔަގީން ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ޖަމްއިއްޔާ ތަކުން ގޮވާލާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޓްރާންސްޕޭރެންސީ މޯލްޑިވްސްއިންސާނީ ހައްޤުތައްބިދޭސީ މަސައްކަތްތެރިން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ދިގު ލިސްޓު!

18 ޑިސެމްބަރު 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ދިގު ލިސްޓު!
18 ޑިސެމްބަރު 2025

ރައީސް ވިޔަފާވެރިންނާއި ބައްދަލުކުރެއްވުން: 2 އަހަރުވި އިރު ސަރުކާރުން ހައްލުކޮށްދިން ކަމެއް ނެތި ވިޔަފާރިވެރިން މާޔޫސްވެފައި

18 ޑިސެމްބަރު 2025
ރައީސް ވިޔަފާވެރިންނާއި ބައްދަލުކުރެއްވުން: 2 އަހަރުވި އިރު ސަރުކާރުން ހައްލުކޮށްދިން ކަމެއް ނެތި ވިޔަފާރިވެރިން މާޔޫސްވެފައި
18 ޑިސެމްބަރު 2025

ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޭނެ 3 ވަނަ ތާރީހެއް ރައީސް މުއިއްޒު ދެއްވައިފި

18 ޑިސެމްބަރު 2025
ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޭނެ 3 ވަނަ ތާރީހެއް ރައީސް މުއިއްޒު ދެއްވައިފި
18 ޑިސެމްބަރު 2025

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

18 ޑިސެމްބަރު 2025
 ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ
18 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

18 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި
18 ޑިސެމްބަރު 2025

ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކޮށް، ރޯދަ މަހުގެ ކުރިން ވިޔަފާރިވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާ އެއް ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

18 ޑިސެމްބަރު 2025
 މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން
17 ޑިސެމްބަރު 2025

2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް

17 ޑިސެމްބަރު 2025
2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް
17 ޑިސެމްބަރު 2025

ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު

17 ޑިސެމްބަރު 2025
ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު
17 ޑިސެމްބަރު 2025

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި

17 ޑިސެމްބަރު 2025
އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް