Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

"ފަހި ފްލެޓްތަކުގެ އެގްރީމަންޓަކީ އަޅުގަނޑުމެންނަށް ޖަހާފަ އޮތް ދަންތުރައެއް!"

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުމުންތަކުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތަކު ވަނީ އަނެއްކާ ވެސް މިކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ކަންބޮޑުވުން ހިއްސާ ކޮށް އޭނާ ބުނީ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ފްލެޓްތަކުގެ ކުލި ދައްކާނަމަ ރިކޯޑު ފޮތުން ޖާގަ ހޯދާ ވަރަށް ޖޫރިމަނާ އަރާ ގޮތަށް އެއްބަސްވުން އޮތުމަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. 

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 09:04
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ތައް

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ތައް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން އެޅި 4000 ފްލެޓް މި ސަރުކާރުން ދޫކުރާއިރު މިހާރު މިހަދާ އެއްބަސްވުމަކީ ފްލެޓުތަކުގެ ހައްގުވެރިންނަށް އޮތް ދަންތުރައެއް ކަމަށް ބުނެ ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެކުލަވާލަމުންދާ އެއްބަސްވުންތައް ހުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި ދިމާ އިދިކީލައަށް ކަމަށާއި މިހާރު ކަންކަން ކުރިއަށްދާ ގޮތުން ފްލެޓުގެ މިލްކުވެރިކަން ލިބޭނީ 25 އަހަރު ފަހުން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މި އެއްބަސްވުމާ ގުޅިގެން ހުރި ގިނަ ކަންބޮޑުވުންތަކެއް މީގެ ކުރިން ވެސް ފާޅު ކޮށްފަ އެވެ. ނަމަވެސް އެކަމަށް ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައެއް ނުވެ އެވެ. 

Advertisement - newsAdvertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުމުންތަކުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީ ގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތަކު ވަނީ އަނެއްކާ ވެސް މިކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

ކަންބޮޑުވުން ފާޅު ކޮށް އޭނާ ބުނީ މި ދައްކަނީ އަމިއްލަ، ޒާތީ ވާހަކައެއް ނޫން ކަމަށެވެ. އަދި މި ކަންބޮޑުވުންތައް ހިއްސާ ކުރަނީ މުޅި ފަހި ފްލެޓް ކޮމިއުނިޓީގެ ނަމުގައި ކަމަށެވެ. ކަންބޮޑުވުން ހިއްސާ ކޮށް އޭނާ ބުނީ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ފްލެޓްތަކުގެ ކުލި ދައްކާނަމަ ރިކޯޑު ފޮތުން ޖާގަ ހޯދާ ވަރަށް ޖޫރިމަނާ އަރާ ގޮތަށް އެއްބަސްވުން އޮތުމަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. 

އެގްރީމަންޓަކީ އަޅުގަނޑުމެންނަށް ޖަހާފަ އޮތް ދަންތުރައެއް. އަޅުގަނޑުމެން 10 ގެ ފަހުން ކުލި ދައްކައިފި ކަމަށްވާނަމަ ދުނިޔޭގެ ރިކޯޑު ފޮތުން ވެސް ރިކޯޑު ހޯދާ ވަރަށް ޖޫރިމަނާ ބޮޑުކޮށް ސޯޝަލް ހައުސިންގ ޔުނިޓް ދިވެހިރާއްޖޭގަ ފުރަތަމަ ދޭ ހައުސިންގ ޔުނިޓަކަށް ފަހި ދިރިއުޅުން ވެގެންދާނެ. ހިޔާ ފްލެޓްގެ ޖޫރިމަނާ އަކީ 85 ރުފިޔާ. 85 ރުފިޔާ. އެކަމަކު ފަހި ދިރިއުޅުމުގަ 10 ގެ ފަހުން ކުލި ދައްކައިފި ކަމުގަ ވާނަމަ ހިނގާ ކޮންމެ ދުވަހަކަށް 2000 ރުފިޔާ އަރަމުން ގޮސް 13500 ރުފިޔާގެ ކުއްޔެެއް އަޅުގަނޑުމެން އަތުން ނަގަން އޮތީ ހަމަޖެހިފަ،
ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް

ފަހި ފްލެޓްތަކުގެ ހައްގުވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކޮށް އޭނާ ވަނީ އަތޮޅުތެރޭގެ ރަށްރަށުން މާލެ އައިސް، އެތައް ދުވަހެއް ވީ ނަމަވެސް ބޯހިޔާވަހިކަން ލިބުމުގައި ހުރި ގޮންޖެހުންތައް ވެސް ހިއްސާ ކޮށްފަ އެވެ. 

އަތޮޅުތެރޭގެ ރައްޔިތުން މާލެ އަށް އަންނަނީ ވަރަށް ގިނަ އަސާސީ ޚިދުމަތްތައް ދިރިއުޅޭ ރަށްރަށުން ނުލިބޭތީ ކަމަށް އޭނާ ބުންޏެވެ. އަދި މާލޭގައި 15 އަހަރު ނުވަތަ އެއްށްވުރެ ގިނަ ދުވަސް، ނުހަނު ހާލުގައި އުޅެ، ލިބޭ ފްލެޓު ވެސް ވެގެންދަނީ ވިޔަފާރި އުސޫލުން ބޮޑު ކުއްޔަކަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. 

ފަހި ފްލެޓްތަކުގެ ކުލި ބޮޑުކުރަން މި ސަރުކާރުން ނިންމި ނިންމުމަށް ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެގޮތުން މި ސަރުކާރުން ފްލެޓްތަކުގެ ކުލި ބޮޑު ކުރި އިރު މިދިޔަ ރައީސް ޞާލިހު ގެ ސަރުކާރުން އެ ފްލެޓުތަކަށް ހަމަ ޖެއްސި ކުލި ރައީސް މުއިއްޒަށް އެނގވަޑައިގަންނަވާތޯ އޭނާ ވަނީ ސުވާލު ކޮށްފަ އެވެ.  

އެތަނުގެ ކުއްޔަކީ ރައީސަށް އެނގިލައްވާތޯ މިދިޔަ ސަރުކާރުން ހަމަޖައްސަވާފަ އޮތް އެތަނުގެ ކުއްޔަކީ 7000 ރުފިޔާ 3 ރޫމް. 2 ކޮޓަރީގެ އެޕާޓްމަންޓުން 5000 ރުފިޔާ. ބުނެލަން އޮތީ ރައީސް އޭ. 3 ކޮޓަރީގެ ފްލެޓުގެ ކުލި 7000 ރުފިޔާ އަށް ތިރި ކޮށް، ދެކޮޓަރީގެ ކުލި 5000 ރުފިޔާ އަށް ކުޑަ ކޮށްދެއްވާށޭ،
ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް

ރައީސް ސާލިހުގެ ސަރުކާރުން އިއުލާނު ކޮށްފައިވަނީ ތިން ކޮޓަރީގެ ފްލެޓެއް މަހު ކުލީގެ ގޮތުގައި 7000 ރުފިޔާ އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1000 ރުުފިޔާ އާއެކު އާ އެކު ޖުމްލަ 8000 ރުފިޔާ އެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް މަހު ކުލީގެ ގޮތުގައި 5000 ރުފިޔާ އާއި މެއިންޓެނެންސް ފީގެ ގޮތުގައި 1000 ރުފިޔާ އާ އެކު ޖުމްލަ 6000 ރުފިޔާ އެވެ.

ނަމަވެސް މި ސަރުކާރުން ވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ކުއްޔަށް 7,000 ރުފިޔާ އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1,000 ރުފިޔާ އާއެކު ޖުމްލަ 8,000 ރުފިޔާ ނެގުމަށް ނިންމާފަ އެވެ. އޭގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 9,000 ރުފިޔާ އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1,500 ރުފިޔާ އާއެކު ޖުމްލަ 10,500 ރުފިޔާ ނެގުމަށެވެ.

އެ އެޕާޓްމަންޓްތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭނެކަ ކަމަށް އެފްޑީސީ އިން ވަނީ ބުނެފަ އެވެ. އަދި ޑައުން ޕޭމަންޓަށްވާ 25،000 ހާސް ދެއްކުމުން މެނުވީ ތަޅުދަނޑި ހަވާލު ނުކުރެވޭނެ ކަމަށް އެ ފަރާތުން ބުނި ކަމަށް ވެސް ފަހި ޔޫނިއަން އިން ބުނެ އެވެ.

ހަމަ މިއާ އެކު ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާ ނަމަ 7،000 ރުފިޔާ ދައްކާ 02 ކޮޓަރީގެ އެޕާރޓްމަންޓަކަށް 100 އިންސައްތަ އަށް ވުރެ ބޮޑު ޖޫރިމަނާ އާއި އެކު 15،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީ އާ އެކުވެވޭ އެގްރިމެންޓްގައި ހިމަނާފައިވާ ކަމަށް ވަނީ މައުލޫމާތު ދީފަ އެވެ. އަދި 9،000 ރުފިޔާ ދައްކާ 03 ކޮޓަރީގެ އެޕާރޓްމަންޓަކަށް 170 އިންސައްތަ އަށް ވުރެ ބޮޑު ޖޫރިމަނާ އަކާއި އެކު 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް މިކަމުގެ ޝަކުވާތައް އިތުރުވެ، ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ހިއްސާ ކުރުމާއެކު ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުއިއްޒު ވަނީ ފަހި ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަ ކުރަން ނިންމާފައިވާ ކަން އިއުލާނު ކުރައްވާފަ އެވެ. 

ރައީސް ވިދާޅުވީ ފަހި ފްލެޓްތަކުގެ ކުއްޔަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން ތިން ކޮޓަރީގެ އެޕާޓްމެންޓްގެ މަހުން މަހަށް ދައްކާ ކުލީގެ އަދަދު 10،000 ރުފިޔާ އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެޑްވާންސް ޕޭމަންޓް 8،000 ރުފިޔާ އަށް ކުޑަ ކޮށްފައި ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމެންޓްގެ މަހުން މަހަށް ދައްކާ ކުލީގެ އަދަދު 7،000 ރުފިޔާ އަށް އަދި އެޑްވާންސް ޕޭމަންޓް ވެސް 7،000 ރުފިޔާ އަށް ކުޑަކުރަން ނިންމާފައިވާ ކަމަށާ އެގޮތަށް އާ އެއްބަސްވުންތައް ހެދިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްފަހި ދިރިއުޅުން ކޯޕަރޭޝަންބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި

17 ޑިސެމްބަރު 2025
ދިވެހި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނަން ކަމަށް ވައުދުވެގެން އައިސް އަތުލީ އެމްޑީޕީ ސަރުކާރުން ކަށަވަރުކޮށްދީފަ ހުރި ގޯތިތަކާއި ފުލެޓުތައް: ޒާޔާ

ދިވެހި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނަން ކަމަށް ވައުދުވެގެން އައިސް އަތުލީ އެމްޑީޕީ ސަރުކާރުން ކަށަވަރުކޮށްދީފަ ހުރި ގޯތިތަކާއި ފުލެޓުތައް: ޒާޔާ

01 ނޮވެމްބަރު 2025
މި ސަރުކާރުގެ ފުލެޓް އެއްބަސްވުމުގައި ސޮއިކޮށް، ލޯނު ނަގައިގެން ފަރުނީޗަރާއި، އެއަރކޯން އަށް ފައިސާ ދެއްކި މީހެއްގެ ފުލެޓު ވެސް ކަޓުވާލައިފި

މި ސަރުކާރުގެ ފުލެޓް އެއްބަސްވުމުގައި ސޮއިކޮށް، ލޯނު ނަގައިގެން ފަރުނީޗަރާއި، އެއަރކޯން އަށް ފައިސާ ދެއްކި މީހެއްގެ ފުލެޓު ވެސް ކަޓުވާލައިފި

11 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ފްލެޓް ތައް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް އަތުލާނެ ކަމުގެ އިންޒާރު ދީފި

ގެދޮރުވެރިޔާ ފްލެޓް ތައް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް އަތުލާނެ ކަމުގެ އިންޒާރު ދީފި

11 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު