Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ށ. ފޯކައިދޫ

12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި 2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!

މި ސަރުކާރުން ވެސް ފޯކައިދޫ އަށް ގިނަ ވައުދުތަކެއް ވެފައިވާ ކަން ފާހަގަކުރައްވާ އާސިފް ވިދާޅުވީ ނަމަވެސް ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު ގާއިމް ކުރެވުނީ އޭޓީއެމް އެއް އެކަނި ކަމަށް. ނަމަވެސް ނިމުނު އޮކްޓޫބަރު މަހު އެ ރަށަށް ވަޑައިގެން ވެސް ކުރިން ވެ ވަޑައިގެންނެވި ގިނަ ވައުދުތަކުގެ ވާހަކަ ތަކުރާރު ކުރެއްވި އިރު ގިނަ އަދަދެއްގެ ބިންގާ ވެސް އަޅާފައިވާ ކަން އާސިފް ފާހަގަ ކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 09:03
ށ. ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް

ށ. ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް

އަތޮޅު ތެރޭގެ ތަރައްގީ އަށް ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ކުރާނެ ކަމަށް އެގޮތުން 12 އަށް ވުރެ ގިނަ މަޝްރޫއު ށ. ފޯކައިދޫ ގައި އެކަނިވެސް ކުރިއަށް ދާނެ ކަމަށް ބުނި މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު އަދި ބެހެއްޓުނީ އޭޓީއެމް އެއް އެކަނި ކަމަށް އެ ރަށު ކައުންސިލް ގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ 'ފަށާއިރު' ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން އާސިފް ވިދާޅުވީ ފޯކައިދޫ ގެ ބޮޑެތި އަދި މުހިއްމު ގިނަ މަޝްރޫއުތަކެއް ނިމިދިއަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ނިންމާ، ޚިދުމަތް ދޭން ފެށި ކަމަށެވެ. އެގޮތުން ޖުމްލަ 19 ޕްރޮޖެކްޓު ނިންމާ، ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއު އާއި، ބަނދަރު ހެދުމާއި، އިންޖީނުގެ އަޕްގްރޭޑް ކުރުމާއި، 4 ފަންގިފިލާގެ ސްކޫލް އިމާރާތާއި މަލްޓި ޕަރޕަސް ހޯލާއި، ކޮމިއުނިޓީ ސެންޓަރާ، ހެލްތު ސެންޓަރު އެކްސްޓެންޝަން މަސައްކަތާއި އެމްބިއުލާން ހޯދުމުގެ އިތުރުން އިން ޑޯ އަދި އައުޓް ޑޯ ޖިމް ހިމެނޭއިރު ފުޓު ބޯޅަ ދަނޑަކީ ވެސް ރައީސް ޞާލިހުގެ ސަރުކާރުން ނިންމާ، ޚިދުމަތް ދެމުންދާ މަޝްރޫއުތައް ކަމަށް އާސިފް ވިދާޅުވި އެވެ. 

މި ސަރުކާރުން ވެސް ފޯކައިދޫ އަށް ގިނަ ވައުދުތަކެއް ވެފައިވާ ކަން ފާހަގަކުރައްވާ އާސިފް ވިދާޅުވީ ނަމަވެސް ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު ގާއިމް ކުރެވުނީ އޭޓީއެމް އެއް އެކަނި ކަމަށެވެ. ނަމަވެސް ނިމުނު އޮކްޓޫބަރު މަހު އެ ރަށަށް ވަޑައިގެން ވެސް ކުރިން ވެ ވަޑައިގެންނެވި ގިނަ ވައުދުތަކުގެ ވާހަކަ ތަކުރާރު ކުރެއްވި އިރު ގިނަ އަދަދެއްގެ ބިންގާ ވެސް އަޅާފައިވާ ކަން އާސިފް ފާހަގަ ކުރެއްވި އެވެ. 

އާސިފް ވިދާޅުވީ މިއިން އެއްވެސް މަޝްރޫއުއެއްގެ މަސައްކަތް އަދިވެސް ނުފަށާ ކަމަށެވެ. 

މި ރަށަށް ވަޑައިގެން ދަތުރުފުޅުގަ ބިންގާ އަޅުއްވައިދެއްވި ވޭސްޓް މެނޭޖްމަންޓު ސެންޓަރާ އިސްލާމިކް ސެންޓަރާ ޕޮލިސް ސްޓޭޝަން އާ. ދެން ރައްޔިތުންގެ ބައްދަލުވުމުގަ މަގު ހެދުމުގެ މަޝްރޫއުގަ ސޮއި ކުރެއްވި. އެއީ އޮކްޓޫބަރު 15 ގަ މިއަހަރު. ބޮޑެތި މަގުތައް. ޝޯ ޕްރޮޓެކްޓަން، ގިރާ ސަރަހައްދު ހިމާޔަތް ކުރަން. ރައީސް ވިދާޅުވީ ޓޫރިސްޓުންނަށް ޚާއްސަ ބީޗަކާ، ލޯކަލް ބީޗަކާ ދެ ބީޗު ހަދާނެ ކަމަށް. ދެން ހައުސިންގ ޕްރޮޖެކްޓެއް ވެސް އިއުލާނު ކުރެއްވި. ގައުމީ ފެންވަރުގަ. އޭގެ ތެރޭގަ މި ރަށް ވެސް ހިމެނުން. 150 ހައުސިންގ ޔުނިޓް. އޭގެ އިތުރުން ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި އެތަނަށް ފިޒިޝަން އެއް ހޯދުމާއި އެކަހަލަ މަސައްކަތްތަކެއްގެ ވާހަކަ ރައީސް ވިދާޅުވެ ދެއްވި. ދެން ފުޓްސަލް ދަނޑަކާ ހޭންޑް ބޯޅަ ކޯޓެއް. އޭރު ރައީސް ވިދާޅުވީ އެއް މަސް ދުވަހުގެ ތެރޭގަ އަމަލީ މަސައްކަތް ފަށާނެ ކަމަށް. އޮކްޓޫބަރު މަހު ވިދާޅުވީ. އަދި މިހާތަނަށް އެއްވެސް މަސައްކަތެއް ނުހިނގާ.
ށ. ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް

ޚާއްސަކޮށް މަގު ނެޓް ބޯޅަ ދަނޑާއި ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ނޮވެމްބަރު މަހު ފަށާނެ ކަމަށް ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި ކަމުން އެކަމަށް ރަށުގެ ރައްޔިތުންގެ ތިބީ ވަރަށް ބޮޑަށް އުއްމީދު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް އަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ވެސް އަދިވެސް އެއްވެސް މަޝްރޫއެއްގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރާ ކަމެއް ކަމަށް އާސިފް ވިދާޅުވި އެވެ. އާސިފް ވިދާޅުވީ މި ސަރުކާރާ މެދު ވެސް ރައްޔިތުންގެ ގިނަ އުއްމީދުތަކެއް ހުރި ކަމަށެވެ. 

ށ.ފޯކައިދޫރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު

19 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

19 ޑިސެމްބަރު 2025
މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

19 ޑިސެމްބަރު 2025
ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި

ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި

18 ޑިސެމްބަރު 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ދިގު ލިސްޓު!

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ދިގު ލިސްޓު!

18 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު