Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލެޓްތަކުގެ ކުލި

ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފުލެޓުތަކުން 200،000 ރުފިޔާގެ ޑިސްކައުންޓެއް ދިނުމުގެ ވާހަކަ އެޗްޑީސީގައި ދަންނަވާފައިވާނެ ކަމަށް. ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ އަގުތައް ބޮޑުކުރި ނަމަވެސް ރައީސް ވަނީ 3 ކޮޓަރީގެ ފުލެޓުން 500 ރުފިޔާ މަހު ކުލިން އުނިކޮށް އެޑްވާންސް 8000 ރުފިޔާއަށް ދަށްކުރައްވާނެ ކަމަށް ވިދާޅުވެފައި. 2 ކޮޓަރީގެ ފުލެޓުގެ މަހު ކުލިން 1000 ރުފިޔާ އަދި އެޑްވާންސް 7000 ރުފިޔާއަށް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 08:42
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު ކުރި ގެދޮރުވެރިޔާ ސްކީމުގެ ކުއްޔާއި ނަގަން ނިންމި އެޑްވާންސް އަށް ބަދަލު ގެނެސް، ގެދޮރުވެރިޔާ ފުލެޓުތަކުގެ 3 ކޮޓަރީގެ ފުލެޓަކުން 500 ރުފިޔާ މަހު ކުލިން އުނިކޮށް އެޑްވާންސް 8000 ރުފިޔާއަށް ދަށްކޮށް، 2 ކޮޓަރީގެ ފުލެޓުގެ މަހު ކުލިން 1000 ރުފިޔާ އަދި އެޑްވާންސް 7000 ރުފިޔާ އަށް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހުޅުމާލެ 2 ވަނަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމު ގައި ރައީސް ވިދާޅުވީ ހިޔާ ފުލެޓްތަކުން 200،000 ރުފިޔާގެ ޑިސްކައުންޓެއް ދިނުމުގެ ވާހަކަ ދައްކަވާފައިވާނެ ކަމަށާއި، އެކަން އެމަނިކުފާނު ދެންނެވި ގޮތަށް ކުރުމަށްޓަކައި އެޗްޑީސީ ގައި ދަންނަވާފައިވާނެ ކަމަށެވެ. އެހެންކަމުން ހިޔާފުލެޓުތަކުގެ އެގްރީމެންޓް ބަދަލުވެގެންދާ އިރު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ އެމަނިކުފާނު ބައްލަވާނެ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ. 

Advertisement - newsAdvertisement

ރައީސް ވިދާޅުވީ 200،000 ރުފިޔާ އެމަނިކުފާނު ދެންނެވި ގޮތަށް އެކަން އުނިކުރުމަށް ކުރެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ފައިސާ ނުދެއްކި ބެކްލޮގަށް ބޮޑު އަދަދެއް އަރާފައި އޮތުމުން އެކަންވެސް ހަވާލުކޮށްފައިވާ ކަމަށާއި، އެކަމުގެ މައުލޫމާތު ލިބުމުން ކުރިއަށް ދެވޭނެ ގޮތަކީ ކޮބައިތޯ ބައްލަވާނެ ކަމަށެވެ. 

ޔަގީނުން ވެސް 200،000 ރުފިޔާގެ ކަންތައްތަކަކީ އަޅުގަނޑު ދެންނެވި ގޮތަށް ހައްލުވާނެ ކަމެއް. ދެން އޭގެ އިތުރަށް ވެސް ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފި. ކުލީގެ ކަންތަކުގައި ވެސް އަޅުގަނޑު ވަރަށް ސީރިއަސް ކަމާ އެކީގައި ބަލައި ދޭނަން. އެއީ މަހުން މަހަށް ދައްކަން ޖެހޭ ވަރު، ކޮންމެ މަހަކު ވެސް އަޅުގަނޑު ވައުދުވެފައިވާ ވަރަށް ދެއްކޭނެ ގޮތަށް އެގްރީމެންޓް ބަދަލުކޮށްދޭނަން. މިހާރު ތިވިދާޅުވާހެން ވަކި ވަރަކަށް ދިޔާމަ ބޮޑުވާ ގޮތަށް އޮތީ. އެހެންވީމާ އެ ސިސްޓަމެއް ކަމަކު ނުދޭ. އެހެންވީމާ އަޅުގަނޑު ބަލައި ދޭނަން ރައްޔިތުން އެދުނު ގޮތަށް މަހުން މަހަށް ދައްކަންޖެހޭ ވަރުވެސް ޓޯޓަލް އަގުގެ މައްސަލަ ވެސް ހައްލުކޮށްދިނުމަށް. 
ރައީސް ޑރ. މުހައްމަދު މުއިއްޒު 

ރައީސް ވިދާޅުވީ ބީއެމްއެލް އިން ނަގާފައިވާ ލޯނުތަކަށް ލުޔެއް ލިބިފައިވާ ކަމަށާއި، މޯލްޑިވްސް އިސްލާމިކް ބޭންކާއި ވާހަކަ ދައްކައިގެން އޮންނަ އުސޫލުތަކުގެ ތެރެއިން ގެނެވޭނެ ހައްލުތަކަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

މީގެ އިތުރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތް ކުރި 4000 ފުލެޓް ހަވާލު ކުރެވެމުންދާ ކަމަށާއި،  ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ފުލެޓެއްގެ ހުރިހާ ކަމެއް ނިމި ފުލެޓް ލިބުނު ފަރާތްތަކަށް ފުލެޓް ހަވާލުކުރެވިގެންދާނެ ކަމަށެވެ. 

ރައީށް ވަނީ ގެދޮރުވެރިޔާ ފުލެޓުގެ 3 ކޮޓަރީގެ އަގަށް އަންނަ ބަދަލުތައް މި ބައްދަލުވުމުގައި ހިއްސާ ކުރައްވާފަ އެވެ. 

ދެން އެތަނުގެ އެއްކަމަކީ އެޑްވާންސް ޕޭމަންޓެއް ދައްކަންޖެހޭ ވާހަކަ. 3 ކޮޓަރީގެ އެޕާޓްމަންޓް ލިބުނު މީހުން 25،000 ރުފިޔާ ދަައްކަން ޖެހޭ ވާހަކަ ނޫނީ އެގޮތަށް އޮތީ އަދި 2 ކޮޓަރީގެ އެޕާޓްމަންޓް ލިބުނު ފަރާތްތަކަށް 15،000 ރުފިޔާ މިއޮތީ ދައްކަން. ދެން މިހުރިހާ ކަމަކަށް ލުއިތަކެއް ގެނެސްދޭން އަޅުގަނޑު ވާނީ ނިންމާފައި. އޭގެ ތެރެއިން އެއްކަމަކީ 3 ކޮޓަރި ލިބިފައިވާ ފަރާތްތަކަށް މަހުން މަހަށް އޮންނަ އަގާއި މެއިންޓަނަންސް އާ އެކު މިއޮތީ ޓޯޓަލް އަދަކަށް މި އޮންނަނީ 10،500. އެ އަދަދު 10،000 ރުފިޔާ އަށް ކުޑަކޮށް އަދި އެޑްވާންސް 25،000 ރުފިޔާ 8000 ރުފިޔާ އަށް ކުޑަކުރެވިގެންދާނެ. 
ރައީސް ޑރ. މުހައްމަދު މުއިއްޒު 

ރައީސް ވަނީ ގެދޮރުވެރިޔާ ފުލެޓުގެ 2 ކޮޓަރީގެ އެޕާޓްމަންޓުގެ އަގަށް އަދި ދައްކަންޖެހޭ މިންވަރަށް އައި ބަދަލުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. 

7000 ރުފިޔާ ދައްކަން މި އޮންނަނީ 2 ކޮޓަރީގެ ފަރާތްތަކަށް. އެ އަދަދު ކުޑަކުރެވިގެން މިދަނީ 6000 ރުފިޔާ އަށް. ޓޯޓަލް މިހާރު ދައްކަންޖެހޭ އަދަދުން 1000 ރުފިޔާ ކުޑަވެގެންދާނެ. އެއާ އެއްގޮތަށް އެޑްވާންސް ޕޭމަންޓަށް ދައްކާ އަދަދު ވެސް 1 މަހުގެ ކުއްޔަށް ނުވަތަ 1 މަހު ދައްކަން ޖެހޭ ވަރަށް ކުޑަވެފައި އޮންނާނީ. އެގޮތަށް އެފްޑީސީގެ ފަރާތުން އެ ފުލެޓް ލިބޭ ފަރާތްތަކާ އެކު އާކޮށް ރިވައިސް ކުރާނެ. 
ރައީސް ޑރ. މުހައްމަދު މުއިއްޒު 

ރައީސް ވިދާޅުވީ ހިޔާ ފުލެޓުގެ އަގު 200،000 ރުފިޔާ ކުޑަކުރެވި ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދު ކުޑަވެގެން ދިޔާމަ ބޮޑު ލުޔެއް ވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ވިނަރެސް ފުލެޓް ގަތް ފަރާތްތަކަށް ވެސް ލުއި ދެއްވާފައިވާ ކަމަށާއި، އަދި ލޯނު ނެގި ފަރާތްތަކަށް ލުއި ދިނުމަށް އެކަމަށް ވެސް ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފްލެޓުގެ މެއިންޓަނެންސް ފީއާއެކު 2 ކޮޓަރީގެ ފްލެޓެއްގެ ކުއްޔަށް އޮތީ 5000 ރުފިޔާ އަދި 3 ކޮޓަރިއަށް އޮތީ 7،000 ރުފިޔާ ދައްކަން ޖެހޭ ގޮތަށެވެ. 

ނަމަވެސް ދައުލަތުން ހިންގާ މިފަދަ ބޯހިިޔާވަހިކަމުގެ މަޝްރޫއުތައް، ހިންގަން ޖެހޭނީ ވީހާ ވެސް ބަޖެޓަށް ބުރަ ނުވާ ގޮތަށް، ދެމެހެއްޓެނިވި ގޮތަށް ކަމުގައިވާތީވެ މި ސަރުކާރުން އަގުތަކަށް ބަދަލު ގެނެ އެވެ. 

އެގޮތުން މި ސަރުކާރުން ގެނައި ބަދަލުގައި ހިމެނެނީ 2 ކޮޓަރީގެ އެޕާޓްމަންޓަކަށް ކުއްޔަށް 7,000 ރުފިޔާ އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1,000 ރުފިޔާ އެކު ޖުމްލަ 8,000 ރުފިޔާ އެވެ. އަދި އެޑްވާންސް އަށް 15،000 ރުފިޔާ އެވެ. 3 ކޮޓަރީގެ އެޕާޓްމަންޓަކަށް 9,000 ރުފިޔާ މެއިންޓެނަންސް ފީގެ ގޮތުގައި 1,500 ރުފިޔާ އެކު ޖުމްލަ 10,500 ރުފިޔާ އެވެ. އަދި އެޑްވާންސް އަށް 25،000 ރުފިޔާ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެދޮރުވެރިޔާ ސްކީމްހިޔާ ފްލެޓްފަހި ދިރިއުޅުން ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

19 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

18 ޑިސެމްބަރު 2025
ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި

ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި

18 ޑިސެމްބަރު 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ދިގު ލިސްޓު!

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ދިގު ލިސްޓު!

18 ޑިސެމްބަރު 2025
ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި

ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި

18 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު