Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންވެރިޔާ ސްކީމް

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު

19 ޑިސެމްބަރު 2025 | ހުކުރު 08:54

ހައުސިންގ މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބޭ މީހުންގެ ގުރުއަތު ޑިސެންބަރު 20 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ކަލާފާނު ސްކޫލް ހޯލުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް. ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއު 2023 ސެޕްޓެމްބަރުގައި ފެށި ނަމަވެސް މިހާތަނަށް މަސައްކަތް ނިމިފައި ނުވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޑިސެމްބަރު 2025 | ހުކުރު 08:54
ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ، ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ، ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ

ބިންވެރިޔާ ސްކީމުގެ ދަށުން ހިއްކަމުންދާ ހުޅުމާލޭ ފޭސް 3 އިން ގޯތި ލިބޭ މީހުންގެ ގުރުއަތު ހޮނިހިރު ދުވަހު ނަގާ ގޮތަށް ހަމަޖައްސައިފި އެވެ. 

ހައުސިންގ މިނިސްޓްރީ އިން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން 20 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލް ހޯލުގަ އެވެ.

Advertisement - newsAdvertisement

ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައި ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނެވެ. އެގޮތުން، ގުރުއަތުލުން ކުރިއަށްދާއިރު، ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ހޯލަށް ވަދެވޭނެ އެވެ. އަދި ވަޑައިގަންނަވާއިރު އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް ވަނީ އެދިފަ އެވެ. 

ހައުސިންގ މިނިސްޓްރީ އިން ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެ އެވެ.

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށީ 23 ސެޕްޓެމްބަރު 2023 ގަ އެވެ. ނަމަވެސް މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު ވެސް ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައި ނުވެ އެވެ. ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއކަން ނިންމާފައިވެ އެވެ. 

މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑިސެންބަރު މަސް ނިމޭއިރު ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިމެނޭނެ ކަމަށެވެ.

ހުޅުމާލެ ފޭސް 3 އެއްކޮށް ހިއްކާ ނިންމާނެ ކަަމަށް މި ސަރުކާރުން އެކިއެކި ތާރީޚުތައް މީގެ ކުރިން ވެސް ދީފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވާއިރު، މާލެ ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އައި ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފަ އެވެ.

2024 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލެ ފޭސް 3 އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އޭރު ސަރުކާރުން ހާމަ ކޮށްފައިވެ އެވެ.

ބިންވެރިޔާ ސްކީމްހައުސިންގް މިނިސްޓްރީރައީސް ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ

19 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބޮޑު ކުރި ގެދޮރުވެރިޔާ ފުލެޓުގެ ކުއްޔާއި، ނަގަން ނިންމި އެޑްވާންސަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެއްޖެ، ކުލި ކުޑަވާނެ ދުވަހެއް ވިދާޅެއް ނުވޭ
19 ޑިސެމްބަރު 2025

މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

19 ޑިސެމްބަރު 2025
މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"
18 ޑިސެމްބަރު 2025

ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި

18 ޑިސެމްބަރު 2025
ބިދޭސީ މަސައްކަތްތެރިންނަށް ޓާގެޓް ކޮށް ރައީސް މުއިއްޒު އެޅުއްވި ފިޔަޅާ މެދު ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ކަންބޮޑުވުން ފާޅު ކޮށްފި
18 ޑިސެމްބަރު 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ދިގު ލިސްޓު!

18 ޑިސެމްބަރު 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމުގެ ދިގު ލިސްޓު!
18 ޑިސެމްބަރު 2025

ރައީސް ވިޔަފާވެރިންނާއި ބައްދަލުކުރެއްވުން: 2 އަހަރުވި އިރު ސަރުކާރުން ހައްލުކޮށްދިން ކަމެއް ނެތި ވިޔަފާރިވެރިން މާޔޫސްވެފައި

18 ޑިސެމްބަރު 2025
ރައީސް ވިޔަފާވެރިންނާއި ބައްދަލުކުރެއްވުން: 2 އަހަރުވި އިރު ސަރުކާރުން ހައްލުކޮށްދިން ކަމެއް ނެތި ވިޔަފާރިވެރިން މާޔޫސްވެފައި
18 ޑިސެމްބަރު 2025

ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޭނެ 3 ވަނަ ތާރީހެއް ރައީސް މުއިއްޒު ދެއްވައިފި

18 ޑިސެމްބަރު 2025
ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޭނެ 3 ވަނަ ތާރީހެއް ރައީސް މުއިއްޒު ދެއްވައިފި
18 ޑިސެމްބަރު 2025

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

18 ޑިސެމްބަރު 2025
 ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ
18 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

18 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި
18 ޑިސެމްބަރު 2025

ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކޮށް، ރޯދަ މަހުގެ ކުރިން ވިޔަފާރިވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާ އެއް ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

18 ޑިސެމްބަރު 2025
 މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް