Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރީސެޓް ޖަލްސާ

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

ޕީއެންއެފްގެ ރީސެޓް ޖަލްސާ ގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު މާލެ ސިޓީ ގެ މޭޔަރުކަން ކުރެއްވީ ނަޒާހާތްތެރިކަމާއެކު ނޫން ކަމަށާއި މާލޭގެ ކަންކަން ފްލޮޕްވެގެން ދިޔައީ އެ ސަބަބާހުރެ ކަމަށް. މުއިއްޒުގެ މަސްލަހަތު ހިމާޔަތް ކުރުމަށް މާލޭގެ ބިންތަކާ ބެހޭ މައްސަލަތައް އެޖެންޑާ ކުރާ ޖަލްސާތައް ޕީއެންސީ ގެ ކައުންސިލަރުން ބޮއިކޮޓުކޮށް ބޭއްވިޔަ ނުދެއްވާކަން ޔާމީން ފާހަގަ ކުރެއްވި. ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި އިރު އުސޫލުން ބޭރުން އެތައް ފަރާތަކަށް ބިންތައް ދީފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ. އަދި މިކަމާ ގުޅޭ ކިތަންމެ މައްސަލަ އެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހެޅިފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 01:24
ޕީއެންއެފް އިން ބުދަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ގައި ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ޕީއެންއެފް އިން ބުދަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ގައި ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވަނީ

މާލެ ސިޓީގެ ކަންކަން ގޯހުން ގޯހަށް ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ކަހަލަ ނަޒާހާތްތެރިކަމެއް ނެތި މޭޔަރުކަން ކުރެއްވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބުދަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރީސެޓް ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވީ ނަޒާހާތްތެރިކަމާއެކު ނޫން ކަމަށާއި މާލޭގެ ކަންކަން ފްލޮޕްވެގެން ދިޔައީ އެ ސަބަބާހުރެ ކަމަށެވެ.

Advertisement - newsAdvertisement
މާލޭ މޭޔަރަކަށް މުއިއްޒު ހުންނަވައިގެން، ޕީޕީއެމްގެ އިސް ބޭފުޅަކު ހުންނަވައިގެން އަޅުގަނޑުމެންނަށް ބޭނުންވި އިންޓެގްރިޓީއެއް [ނަޒާހާތްތެރިކަމެއް] ގެނެއެއް ނުދެއްވި، އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތަކެއް ކޮށެއް ނުދެއްވި، މާލެ ސިޓީ ފްލޮޕްވެގެން މި ދިޔައީ، މާލެ ސިޓީ ކައުންސިލްގެ ހިންގުން ފްލޮޕްވެގެން މި ދިޔައީ އެ ކަމާހުރެ.
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް

 

ރައީސް މުއިއްޒު ގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް، މިހާރު ވެސް މާލޭގެ ބިންތަކާ ބެހޭ މައްސަލަތައް އެޖެންޑާ ކުރާ ޖަލްސާ ތައް ޕީއެންސީގެ ކައުންސިލަރުން ބޮއިކޮޓުކޮށް ބޭއްވިޔަ ނުދެއްވާކަން ޔާމީން ފާހަގަ ކުރެއްވި އެވެ.  މާލެ ސިޓީ ކައުންސިލުން ޖެހެނީ މާލޭ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރަން ކަމަށް ޔާމީން ވިދާޅުވި އެވެ. ދާދި ފަހުން ވެސް ވެރިކަންކުރާ ޕީއެންސީ ގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން، ޖެހިޖެހިގެން ތާވަލްކުރި ދެ ބައްދަލުވުން ވެސް ބޭއްވިފަ އެއް ނުވެ އެވެ.

ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި އިރު އުސޫލުން ބޭރުން އެތައް ފަރާތަކަށް ބިންތައް ދީފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި މިކަމާ ގުޅޭ ކިތަންމެ މައްސަލަ އެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހެޅިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސް އަބްދުﷲ ޔާމީންމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް

2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް

17 ޑިސެމްބަރު 2025
ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު

ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު

17 ޑިސެމްބަރު 2025
މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

17 ޑިސެމްބަރު 2025
އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި

17 ޑިސެމްބަރު 2025
ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ

ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ

16 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު