Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވިޔަފާރިވެރިންގެ ބައްދަލުވުން

ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކޮށް، ރޯދަ މަހުގެ ކުރިން ވިޔަފާރިވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާ އެއް ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

18 ޑިސެމްބަރު 2025 | ބުރާސްފަތި 05:02

ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 18 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ޑެމަރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކުރުމާއި، ސަރުކާރުން ދޭން ހުރި ފައިސާ ރަމަޟާން ކުރިން ދޫކުރުމުގެ ޔަޤީންކަން ދެއްވިއެވެ. ހުޅުމާލެއިން ކުޑަ އަގެއްގައި ބިން ކުއްޔަށް ދިނުމާއި ކޯޓާފީއަށް ލުއިގޮތެއް ހަމަޖެއްސުމަށްވެސް ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 05:02
ރައީސް މުއިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ސޯޝަލް ސެންޓަރުގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - 17 ޑިސެމްބަރު 2025

ރައީސް މުއިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ސޯޝަލް ސެންޓަރުގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - 17 ޑިސެމްބަރު 2025

ރާއްޖެ އަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށާއި ރޯދަ މަހުގެ ކުރިން ވިޔަފާރިތަކަށް ދޭން ހުރި ފައިސާ ދީ ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލު އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ވިޔަފާރިވެރިންނާ ބައްދަލު ކުރައްވާ މުއިއްޒު ވިދާޅުވީ، މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވައި، ދިވެހި ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ކަށަވަރު ކޮށްދެއްވާ ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއެކު ބުދަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ވިޔަފާރިތަކާއި ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން ކުރިމަތިވަމުންދާ އެކި ދަތިތަކާއި ހުރަސްތަކާއި ހުރި ކަންބޮޑުވުންތައް ހާމަ ކޮށްފަ އެވެ.

އެގޮތުން ޖުމުލަ ގޮތެއްގައި އެންމެ ގިނަ ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި، ފައިސާ ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމާއި، ވިޔަފާރިވެރިންނަށް ފަސޭހައިން މުދާ ބަހައްޓާނެ ތަންތަން ކުއްޔަށް ލިބޭނެގޮތް ސަރުކާރުން ހަމަޖެއްސުމާއި، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމުގައި ފަސޭހަ އިންތިޒާމް ހަމަޖައްސައި ދިނުން ފަދަ ކަންކަން ހިމެނެއެވެ.

ސަރުކާރަށް 2 އަހަރު ފުރުނު ފަހުން ބޭއްވި މި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަނީ  ވަގުތުން ވަގުތަށް ބައެއް ކަންކަން ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ވައިގެ މަގުން އަދި ކަނޑުމަގުން އެތެރެކުރާ މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމަށް މިހާރު އޮންނަ ވަގުތު 18 ގަޑިއިރުން 24 ގަޑިއިރަށް ހަމަޖައްސަވައިދެއްވާނެކަން އިއުލާނު ކުރެއްވިއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުން، އަމިއްލަ ފަރާތްތަކުގެ ވެހިކަލް ވައްދައިގެން މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކުރިން ރުފިޔާއިން ދައްކަންޖެހޭ ބައެއް ފީތަކަށް ވެސް ގެނެވެން އޮތް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަަމަށް ވެސް ވިދާޅުވި އެވެ.

ވިޔަފާރި ތަކަށް ސަރުކާރުން ދޭން ހުރި ފައިސާ ދީ ޚަލާސް ކޮށްދެއްވާނެ ކަމަށް ކުރިން އެތައް ސުންގަޑި އެއް ދެއްވި ރައީސް މުއިއްޒު ވިދާޅުވީ، ރަމަޟާން މަހުގެ ކުރިން ހުރިހާ ފައިސާއެއް ދައްކާ ނިންމަވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ވެއަރހައުސް އާއި އެކި ބޭނުންތަކަށް ކުއްޔަށް ތަންތަން ނުލިބޭ މައްސަލަ އަށް އިޝާރާތްކުރައްވާ ވިދާޅުވީ ހުޅުމާލެއިން ކުޑަ އަގެއްގައި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ނެގޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.

ބިދޭސީން ގެނައުމަށް ކޯޓާ ފީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އާއި ގުޅޭގޮތުން ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުމާ ގުޅޭގޮތުން ވިދާޅުވީ ކޯޓާ ފީއަށް ދެއްވެން އޮތް އެންމެ ލުއިގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ސަރުކާރު ހޮސްޕިޓަލަކުން ޑޮކްޓަރު ދޭ ލިޔުމަކުން ނޫނީ އާސަންދަ މެދުވެރިކޮށް އައިނު ނުހެއްދޭގޮތަށް އޮންނަ އޮތުމަށް ވިޔަފާރިވެރިޔަކު ހުށަހެޅުއްވި ޚިޔާލަށް އިޝާރާތްކުރައްވާ ރައީސް ވަނީ އެކަމަށް ވެސް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އެހެން ނަމަވެސް އެ ހައްލަކީ ކޮބައިކަމެއް ވިދާޅެއް ނުވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުވިޔަފާރިވެރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
18 ޑިސެމްބަރު 2025

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

18 ޑިސެމްބަރު 2025
 މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން
17 ޑިސެމްބަރު 2025

2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް

17 ޑިސެމްބަރު 2025
2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް
17 ޑިސެމްބަރު 2025

ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު

17 ޑިސެމްބަރު 2025
ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު
17 ޑިސެމްބަރު 2025

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި

17 ޑިސެމްބަރު 2025
އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި
16 ޑިސެމްބަރު 2025

ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ

16 ޑިސެމްބަރު 2025
ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ
16 ޑިސެމްބަރު 2025

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

16 ޑިސެމްބަރު 2025
ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ
14 ޑިސެމްބަރު 2025

އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

14 ޑިސެމްބަރު 2025
އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް