Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީން

ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

18 ޑިސެމްބަރު 2025 | ބުރާސްފަތި 07:06

ރައީސް މުއިއްޒުގެ އިރުޝާދުގެ މަތިން ދިވެހި ފުލުހުން ބުދަ ދުވަހުގެ ރޭ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި. މި އޮޕަރޭޝަންގެ ދަށުން ކޮންމެ ރެއަކު މެންދުރުފަހު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރުމަށާއި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ މީހުން އިމިގްރޭޝަނާ ހަވާލުކުރުމަށް ހަމަޖެހިފައިވޭ. ސަރުކާރުން ބުނަނީ މިއީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް، ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ މިއީ ނަސްލީ ތަފާތު ކުރުން ކަމުގައި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 18 ޑިސެމްބަރު 2025 | ބުރާސްފަތި 07:06
މީގެކުރިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި  ފުލުހުން ހަރަކާތްތެރިވަނީ

މީގެކުރިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ

ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކޮށް، އެމީހުން ކުރާ ކަންކަން ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންގެވުމާއި ގުޅިގެން، ދިވެހި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ބުދަ ދުވަހުގެ ރޭ ފަށައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުދަ ދުވަހުގެ ރޭ ބުނީ، ބުދަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެއަކު 00:00 އިން ހެނދުނު 06:00 އަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. މި މަސައްކަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

 މަސައްކަތުގެ ދަށުން ދަންވަރު ގެ ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ޚާއްސަކޮށް މާލެއާ ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީން ގެ ހާލަތު ބަލައި އެ މީހުން ރާއްޖޭގައި ދިރިއުޅެނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

މިގޮތަށް ބިދޭސީން ބަލައިފާސްކުރުމުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާއި މެދު ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް އެފަދަ މީހުން މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރައީސް މުއިއްޒު މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި މާލޭގައި ދަންވަރު ބިދޭސީން އުޅޭ ގޮތްގޮތުގެ ސަބަބުން އެކިކަހަލަ އުދަގޫތައް ކުރިމަތިވާކަމަށް ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ. އެކަންކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރޭގަނޑު ދަންވަރު 12 އިން ފެށިގެން ހެނދުނު 6 އާ ދެމެދު އާންމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ބުދަ ދުވަހުން ފެށިގެން ހުއްޓުވާ ސުވާލު ކުރުމަށް ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު
Raajje.mv

ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު

މި ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ބުނި ނަމަވެސް މިއީ ނަސްލީ ތަފާތު ކުރުން ކަމަށާއި، ގާނޫނު އަސާސީ އާ ޚިލާފު ހަރަކާތެއް ކަމެއް ބުނެ ބައެއް ފަރާތްތަކުން މީސް މީޑީއާ ގައި ވަނީ ފާޑު ކިޔާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުދިވެހި ފުލުހުންބިދޭސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޭނެ 3 ވަނަ ތާރީހެއް ރައީސް މުއިއްޒު ދެއްވައިފި

18 ޑިސެމްބަރު 2025
ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޭނެ 3 ވަނަ ތާރީހެއް ރައީސް މުއިއްޒު ދެއްވައިފި
18 ޑިސެމްބަރު 2025

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

18 ޑިސެމްބަރު 2025
 ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ
18 ޑިސެމްބަރު 2025

ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކޮށް، ރޯދަ މަހުގެ ކުރިން ވިޔަފާރިވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާ އެއް ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

18 ޑިސެމްބަރު 2025
 މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން
17 ޑިސެމްބަރު 2025

2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް

17 ޑިސެމްބަރު 2025
2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް
17 ޑިސެމްބަރު 2025

ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު

17 ޑިސެމްބަރު 2025
ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު
17 ޑިސެމްބަރު 2025

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި

17 ޑިސެމްބަރު 2025
އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި
16 ޑިސެމްބަރު 2025

ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ

16 ޑިސެމްބަރު 2025
ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ
16 ޑިސެމްބަރު 2025

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

16 ޑިސެމްބަރު 2025
ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ
16 ޑިސެމްބަރު 2025

އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި

16 ޑިސެމްބަރު 2025
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް