Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަކޮންޓިނެންޓަލް ކަޕް

އިންޓަކޮންޓިނެންޓަލް ކަޕްގެ ޗެމްޕިއަންކަން ރެއާލް އިން ހޯދައިފި

ރެއާލް އަކީ އިންޓަކޮންޓިނެންޓަލް ކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކުލަބެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޑިސެމްބަރު 2024 | ބުރާސްފަތި 04:33
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރި ރެއާލް

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރި ރެއާލް

ފީފާ އިންޓަކޮންޓިނެންޓަލް ކަޕްގެ ޗެމްޕިއަންކަން ސްޕެއިންގެ ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

ޤަތަރުގެ ވެރި ރަށް ދޯހާގައި ހުންނަ، ލުސައިލް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ރެއާލް ވާދަކޮށްފައި ވަނީ މެކްސިކޯގެ ޕަޗޫކާއާ ދެކޮޅަށެވެ. އެ މެޗުގައި ރެއާލް އިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން މެޗު ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭނާ އެ ލަނޑު ޖެހީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ރޮޑްރީގޯ އެވެ. އެ ލަނޑު އޭނާ ޖެހީ އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ރެއާލްގެ ތިން ވަނަ ލަނޑަކީ، 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ވިނީޝިއުސް ޖެހި ލަނޑެކެވެ.

ފީފާ އިން ދުނިޔޭގެ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި މުބާރާތް ކުރިއަށް ގެންދިޔަ މިއީ ފުރަތަމަ އަހަރެވެ. އެގޮތުން ހަ ބަައްރެއްގެ ޗެމްޕިއަނުން ވަނީ މުބާރާތުގައި ވާދަކޮށްފަ އެވެ. ރެއާލް އަކީ އިންޓަކޮންޓިނެންޓަލް ކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކުލަބެވެ. މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެއާލްގެ ވިނީޝިއުސް އެވެ.

އިންޓަކޮންޓިނެންޓަލް ކަޕްރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު