Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޕީޑު ބްރޭކަރު ނެގުން

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ހުޅުމާލޭގެ މަގުތަކުގައި އެޗްޑީސީން ހަރުކުރި ޕްލާސްޓިކް ސްޕީޑް ބްރޭކަރުތަކަށް ރައްޔިތުން ދިޔައީ ފާޑުކިޔަމުން، ވެހިކަލްތަކަށާއި ހަށިގަނޑަށް ގެއްލުން ލިބޭ ކަމަށް ބުނެ ސިއްހީ ތަޖުރިބާކާރުންވެސް އިންޒާރު ދެމުން ދިޔަ އެވެ. މިކަމާމެދު ހިންހަމަނުޖެހުން ފާޅުކޮށް ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލުކުރާ ބައްދަލުވުންތަކުގައި ވާހަކަ ދައްކާ މީހުން ގިނަވެފައިވާތީ އެ ބްރޭކަރުތައް ނަގަން ފަށައިފި އެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 18:17
ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރުމުގެ ބޭނުމުގައި ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް ނަގައިފި އެވެ. 

ހުޅުމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރުމަށްޓަކައި، އެ އަވަށް ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ފަހުން ހަރުކުރި ކުދި ސްޕީޑް ބްރޭކަރުތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް, އޭގެ ތެރެއިން ބައެއް އެއްޗެހި ނަގަން ފަށައިފި އެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބޭ ގޮތުގައި ރައީސް މުޢިއްޒު ރައްޔިތުންނާ ގާތުން ބައްދަލު ކުރެއްވުމުގެ ނަމުގައި ބާއްވާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން ގަލޮޅުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު ދެން އޮތީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރެއްވުމެވެ. އެގޮތުން މިހާރު މާލެގެ މާފަންނު، މައްޗަންގޮޅި އަދި ހެންވޭރު އާއި ވިލިމާލެ ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވާފައި އެވެ. އެ ބައްދަލުވުންތަކުގައި ސަރުކާރުން ކުރަމުންދާ ކަންކަމާމެދު ހިންހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކާ މީހުން ގިނަކަން ފާހަގަ ކޮށްލެވެ އެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ ފަހު ކޮޅުން ފެށިގެން ހުޅުމާލޭގެ މަގުތަކުގައި ހަރުކުރީ، ކުދި ސްޕީޑް ބްރޭކަރުތަކެކެވެ. ނަމަވެސް ކިތަންމެ މަޑުން ދުއްވާފައި ދާ ވެހިކަލެއް ވެސް އެ ބްރޭކަރު މަތިން ހުރަސް ކުރާއިރު މުޅި އުޅަނދަށް ލޮޅުން އަރަ އެވެ. މިއީ މީހުންގެ ހަށިގަނޑަށާއި ވެހިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭފަދަ ބްރޭކަރުތަކެއް ކަމަށް ބުނެ، އެ ހަރުކުރަން ފެށި ދުވަހުން ފެށިގެން އާއްމުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ސިއްހީ ތަޖުރިބާކާރުން ވެސް ދިޔައީ އެއީ ރައްކާތެރި ބްރޭކަރުތަކެއް ނޫން ކަމަށާއި އޭގެ ސަބަބުން މީހުންގެ މައިބަދަފަދަ ނާޒުކު ގުނަވަންތަކަށް އަސަރުކުރާނެ ކަމަށް އިންޒާރުދެމުންނެވެ.

އެޗްޑީސީ އިން ހުޅުމާލެ މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ހަރުކުރީ ރައްކާތެރި ތަނަކަށް ހުޅުމާލޭގެ މަގުތައް ހެދުމަށް ކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން ތިރީހަށް ވުރެ ގިނަ ސްޕީޑު ބްރޭކަރު ހަރުކޮށްފައިވާ ކަމަށް އޭރު އެޗްޑީސީން ބުންޏެވެ.

ހުޅުލެސްޕީޑު ބްރޭކަރުއެޗްޑީސީރައީސް މުއިއްޒުރައްޔިތުންނާ ބައްދަލުކުރުންރައްކާތެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު