Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންގެ ބައްދަލުވުން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މަސްވެރިންގެ ފޯރަމްގައި ބައިވެރިވި މަސްވެރިން ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް 2 އަހަރު ވެފައި ވީ އިރު ވެސް މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭކަން ފާހަގަކޮށްފައި. މަސްކިރުމަށް ބޭނުންކުރާ ބޯޓުތަކުން ތެޔޮ ނުލިބުން، މަސްކިރުމަށް ދިގު މުއްދަތަކަށް މަޑުކުރަން ޖެހުން، ސްޓޯރޭޖް ކެޕޭސިޓީ އިތުރުނުކުރުން ފަދަ މައްސަލަތަކަށް ފޯރަމްގައި މަސްވެރިން ވަނީ އަލިއަޅުވާލާފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 16:30
ރައީސް މުއިއްްޒު ދުވާފަރުގައި މަސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައީސް މުއިއްްޒު ދުވާފަރުގައި މަސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި 49 ދޯނީގައި ބޮޑުކަންނެލި މަސްވެރިން ކުރަމުންދާ ސުލްހަވެރި މުޒާހަރާއަށް ބީރު ކަންފަތެއް ދީ، ރައީސް މުއިއްޒު ދުވާފަރަށް ވަޑައިގެން މަދު އަދަދެއްގެ މަސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި އެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ފޯރަމްގައި ރައީސް މުއިއްޒަށް ސަނާ ކިޔަން ކުރީބައިގައި ގެންދިޔަ މަސްވެރިންނާ އެކު ޖުމްލަ ބައިވެރިވެފައި ވަނީ ތިރީހަކަށް މަސްވެރިންނެވެ. މި ފޯރަމްގައި ބައިވެރިވި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މަސްވެރިން ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް 2 އަހަރު ވެފައި ވީ އިރު ވެސް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައި ނުވާކަން ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

ފަރެސްމާތޮޑާގެ މަސްވެރިޔަކު ބުނީ، ފަރެސްމާތޮޑާ ބެރުގައި އޮންނަ މިފްކޯގެ ބޯޓަށް ދެތިން މަސްދޯނިއެއް މަސްކިރުވުމަށްފަހު އެ ބޯޓުން ތެޔޮ އެޅުމުން އޭގެ ފަހުން އަންނަ އެއްވެސް ދޯނިއަކަށް ތެޔޮ ނުލިބޭ ކަމަށް ބުނެފައެވެ. އަދި ފުވައްމުލަކު ބޭރު އޮންނަ ބޯޓުން އެއްވެސް ވަރަކަށް ތެޔޮ ނުލިބޭކަން އޭނާ ފާހަގަކުރި އެވެ.

ފޯރަމްގައި ވާހަކަ ދެއްކި އައްޑޫ ހިތަދޫއަށް ނިސްބަތްވާ މަސްވެރިއެއް ބުނީ ރައީސް މުއިއްޒު ގެ ވައުދުފުޅާ އެއްގޮތަށް މަހު ގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން، ސަރުކާރަށް ދެ އަހަރު ވީއިރު އެއްވެސް އަމަލީ މަސައްކަތެއް ނުކުރައްވާ ކަމުގަ އެވެ.

ގއ. ވިލިގިލީ މަސްވެރިއެއް ބުނީ މިހާރުވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ވިއްޔާ ކޫއްޑޫ އަށް މަސްކިރަން ހަފްތާއެއް ހާ ދުވަހު މަޑުކުރަން ޖެހޭކަމަށެވެ. ފޯރަމްގައި ވާހަކަ ދެއްކި ރ. ދުވާފަރު މަސްވެރިޔަކު ވަނީ ސަރުކާރުން ޒުވާނުންނަށް ބޭކަރު ސިޔާސީ ވަޒީފާތައް ދިނުމުގެ ބަދަލުގައި ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށް ރައީސް މުއިއްޒަށް ދަންނަވާފަ އެވެ.

މިދިޔަ އެމްޑީޕީ ވެރިކަމުގައި ކޫއްޑޫ ގައި މަސްކިރަމުން ގެންދިޔަ 3 ބޯޓެއް، މި ސަރުކާރު ވެރިކަމަށް އައިސް ފެލިވަރުގައި ބާއްވާފައި އޮންނަތާ މިހާރު 2 އަހަރު ވެއްޖެ ކަމަށް ގއ. ކަޑުހުޅުދޫ ދޯންޏެއްގެ ކެޔޮޅެއް ވަނީ ފާހަގަކޮށްފަ އެވެ. އަދި ދެކުނުގައި މަސްކިރުމަށް މިފްކޯ އިން ބޭނުންކުރާ ރަންދި 29 ބޯޓު ނަގިއްޔެއް ނެތި މަސްކިރާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މިކަމުގެ ސަބަބުން އެ ބޯޓު މަސްކިރަން ޖެހެނީ ރަށްރަށުގެ ޖެޓީގައި ބާއްވައިގެން ކަމަށެވެ. އަދި ނަގިއްޔެއް ނެތުމުގެ ސަބަބުން ބޯޓުގެ ދެފަރާތުން އެއްފަހަރާ މަސްކިރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުން މަސްކިރެނީ އެއް ފަރާތުން ކަމަށްވެސް އޭނާ ފާހަގަކުރި އެވެ. މީގެ ސަބަބުން މަސް ކިރުވަން އަންނަ ދޯނި ފަހަރު ކިޔޫގައި އެތަކެއް ދުވަހު މަޑުކުރަން ޖެހޭކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.

ޖުމްލަ ގޮތެއްގައި މަސްވެރިންގެ ފޯރަމްގައި ވާހަކަ ދެއްކި ހުރިހާ މަސްވެރިން ވެސް ވަނީ މި ޝަކުވާތަކަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރައީސް މުއިއްޒާ ބައްދަލުކޮށް، އެމަނިކުފާނަށް މި ޝަކުވާތައް އަނގަބަހުން އަދި ލިޔުމުން ވެސް ހިއްސާކޮށްފައި ވާނޭކަން ފާހަގަ ކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމަޔަށް އައި އިރު ވެސް އެއްވެސް ކަހަލަ އެދެވޭ ނަތީޖާއެއް ފެނިފައި ނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.

ރައީސް މުއިއްޒު ދުވާފަރުގައި މަދު އަދަދެއްގެ މަސްވެރިންނާ އެކު ބައްދަލުވުމެއް ބޭއްވި އިރު މާލެ ސަރަހައްދުގައި 49 ދޯންޏެއް ދަނީ، ރައީސް މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަދީފައި ނުވާތީ އިހުތިޖާޖު ކުރަމުންނެވެ. ރައީސް މުއިއްޒުގެ އެންގެވުމަށް ފުލުހުން ވަނީ އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކޮށް، ބައެއް ދޯނިތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އިހުތިޖާޖުގެ ބައިވެރިން ބުނަމުން ދަނީ ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ނުދެއްވަނީސް އިހުތިޖާޖު ހުއްޓާނުލާނެ ކަމަށެވެ.

ރައީސް މުއިއްޒުދުވާފަރުމަސްވެރިންގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

13 ޑިސެމްބަރު 2025
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު