Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ހައި ސްކޫލު

އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރަކާއި ދެމެދު ހިނގި ހަމަ ނުޖެހުން - ޓީޗަރު ކަތިލުން ބަލަ އެއް ނުގަންނަން، ސްކޫލުގެ މެނޭޖްމަންޓް ވަނީ ފެއިލް ވެފައި: ޓީޗަރސް އެސޯސިއޭޝަން

އައްޑޫ ހައި ސްކޫލްގައި ދަރިވަރަކާއި ޓީޗަރަކާއި ދެމެދު ހިނގި ހަމަނުޖެހުމުގެ މައްސަލައިގައި ޓީޗަރސް އެސޯސިއޭޝަނުން ބުނީ ޓީޗަރު މަސައްކަތްކުރީ ކްލާސްރޫމްގެ ސްކްރީނަށް ބޭއަދަބީ ވީޑިއޯ އެޅުވި ފޯނު ހޯދަން ކަމަށާއި މިއީ 30 ދަރިވަރުންގެ ހައްގުގައި ކުރި ކަމެއް ކަމަށް. ސްކޫލުގެ މެނޭޖްމެންޓް ފެއިލްވެފައިވާ ކަމަށާއި ދަރިވަރުން ޓީޗަރުންނަށް ބުލީކުރުމަކީ އާއްމު ކަމަކަށްވެފައި ވަނިކޮށް ފިޔަވަޅު ނޭޅޭ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 09:49
އައްޑޫ ހައިސްކޫލުގެ ގްރޭޑް 12 ގެ ކްލާހެއްގައި ހިނގައިދިޔަ މާރާމާރީގެ ވީޑިއޯގެ ސްކްރީން އިމޭޖެއް

އައްޑޫ ހައިސްކޫލުގެ ގްރޭޑް 12 ގެ ކްލާހެއްގައި ހިނގައިދިޔަ މާރާމާރީގެ ވީޑިއޯގެ ސްކްރީން އިމޭޖެއް

އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރަކާއި ދެމެދު ހިނގި ހަމަ ނުޖެހުމުގެ މައްސަލައިގައި ޓީޗަރ މަސައްކަތް ކުރީ ދަރިވަރުންގެ ހައްގުގައި ކަމަށާއި މި ބާވަތުގެ ކަންކަމުގައި ޓީޗަރ ކަތިލުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން  ބުނެފި އެވެ.

އެ އެސޯސިއޭޝަނުން އެހެން ބުނީ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގަ އެވެ. 

Advertisement - newsAdvertisement

އެ ބަޔާނުގައި ބުނެފައި ވަނީ ވަނީ އެ ދުވަހުގެ ހާދިސާ ހިނގަން މެދުވެރިވީ ދަރިވަރެއްގެ ފޯނު މެދުވެރިކޮށް ކްލާސްރޫމްގެ ސްކްރީނަށް ބޭއަދަބީ ވީޑިއޯ އެއް އެޅުވުމުން، އެ ފޯނު ހޯދަން ޓީޗަރ މަސައްކަތް ކުރުމުން ކަމަށް އެ އެސޯސިއޭޝަނުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އެ އެސޯސިއޭޝަނުން ދެކޭ ގޮތުގައި އެއް ދަރިވަރެއްގެ ހައްގުތައް އޮންނަ ފަދައިން ކުލާހުގައި ތިބޭ 30 ދަރިވަރުންގެ ހައްގު ވެސް އޮންނަން ވާނެ ކަމަށް ބުނެފައި ވެ އެވެ. އެ ކުދިންގެ ހައްގުގައި ތެދުވާ ޓީޗަރ ފަޟީހަތްކޮށް ބަދުނާމުކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މީގެ އިތުރުން، ދަރިވަރުން ބެލެހެއްޓުމުގައި އައްޑޫ ހައި ސްކޫލްގެ މެނޭޖްމެންޓް ފެއިލްވެފައިވާ ކަަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. މި މައްސަލަ ވަކި އަތަކަށް ޖެހުމެއް ނެތި ބަލާ، ލަސް ނުކޮށް ފިޔަވަޅު އަޅާދިނުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ. އަދި މި ބާވަތުގެ ކަންކަން މީސްމީޑިއާގައި ހާމަކުރުމުގެ ކުރިން ހަގީގަތް ރަނގަޅަށް ބަލާ ޒިންމާދާރު ވުމަށް އެ އެސޯސިއޭޝަނުން ގޮވާލާފައިވެ އެވެ.

އެފަދަ މައްސަލަތައް ރަނގަޅަށް ނުބެލި ޓީޗަރަަށް އަދަބު ދިނުމުގެ ސަބަބުން ދަރިވަރުންގެ ފަރާތުން ދިމާވާ މި ފަދަ ކަންކަމަށް ފިޔަވަޅު ނޭޅި ދޫކޮށްލެވޭކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ. އެކަމުގެ ނަތީޖާ އަކީ ކިޔަވާދިނުމުގެ ދާާއިރާގައި މަސައްކަތް ކުރާ ޤާބިލް ޓީޗަރުން ފޫހިވެ ދާއިރާ ދޫކޮށް ދިއުން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. އެއީ އެތައް ކުދިންނެއްގެ ކިޔެވުމަށް އަސަރު ކުރާ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ދެކެ އެވެ. 

ޓީޗަރުންނަށް އުނދަނގޫ ކުރުމާއި ޓީޗަރުންނަށް ބުލީ ކުރުމަކީ އައްޑޫ ހައިސްކޫލްގެ ބައެއް ދަރިވަރުން މީގެ ކުރިން ވެސް ކޮށްފައިވާ ކަމެއް ކަަމަށް އެ ބަޔާނުގައި ވެ އެވެ. އަދި އެ ސްކޫލްގައި އެކަން އާއްމު ވި ނަމަވެސް ފިޔަވަޅު ނޭޅޭ ކަމަށް ބުނެފައިވެ އެވެ. 

ދަރިވަރުންނަށް ފިޔަވަޅު ނޭޅި ދިއުމުގެ އާޚިރު ނަތީޖާ އަކަށްވީ ޓީޗަރަކު ސްޓްރެސްވެ، އެހެން ދަރިވަރުންގެ ހައްގުގައި ކުރި ކަމަކުން ނުވަތަ ކުރެވުނު ކަމަކުން އެ ޓީޗަރަށް އަދަބު ލިބި ސޯޝަލް މީޑިއާގައި ފަޟީހަތް ވުން ކަމަށް އެ ބަޔާނުގައި ވެ އެވެ. 

ކްލާސްރޫމަށް ފޯނު ގެންދިއުމަށް ހުއްދަ ދެވިފައި އޮތުމަކީ ދަރިވަރުންގެ ފަރާތުން ދިމާވާ މިފަދަ ކަންކަމަށް ފިޔަވަޅު ނޭޅޭކަން ހާމަވާ ހެއްކެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ހުއްދަ ދީފައި ވަނީ އުސޫލެއް ހެދުމަކާއި ނުލާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ނަތީޖާ އަކީ ދަރިވަރުން ފޯނުގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. 

އައްޑޫ ހައި ސްކޫލުޓީޗަރ-ދަރިވަރު ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
އައްޑޫ ހައި ސްކޫލު ގައި ޓީޗަރަކު ދަރިވަރަކަށް އަނިޔާކޮށް މާރާމާރީ ހިންގައިފި

އައްޑޫ ހައި ސްކޫލު ގައި ޓީޗަރަކު ދަރިވަރަކަށް އަނިޔާކޮށް މާރާމާރީ ހިންގައިފި

10 ޑިސެމްބަރު 2025
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު