Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެޔޮ ވިއްކުމުގައި އޮޅުވާލުން

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017 | އާދީއްތަ 12:49

މައްސަލައިގެ މިހާތަނަށް ބޭއްވި އެންމެ ދެ އަޑުއެހުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 22 ޖެނުއަރީ 2017 | އާދީއްތަ 12:49
ދިވެހިރާއްޖޭގެ ހައިކޯޓް

ދިވެހިރާއްޖޭގެ ހައިކޯޓް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ސާވިސަސް ކުންފުނި ނޫން އެހެން ބަޔަކާ ހަވާލުނުކުރުމަށް އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ނުދާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި ފަހުން މިހާތަނަށް ބޭއްވީ އެންމެ ދެ އަޑުއެހުން ކަމަށާއި އޭގެ ފަހުން އެއް ވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށެވެ. މައްސަލަ ކުރިއަށް ނުދާ ސަބަބެއް ދަންނަވަން ނޭނގޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޕީއެލްގެ ފަރާތުން އެ އަމުރު މުރާޖާ ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން އަމުރު މުރާޖާ ކުރުމަށްފަހު ނެރުނު ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، މެރީޑިއަމް ސާވިސް ނޫން އެހެން ބަޔަކަށް އެމްޕީއެލް އަށް ތެޔޮ ސަޕްލައިކުރަން ނުދިނުމަށް ނެރުނު އަމުރު "ނިމުމަކަށް ގެންނަން ޖެހޭ ސަބަބެއް މިހިނދު ފާޅުވެފައި ނެތް" ކަމަށެވެ. އެހެންކަމުން އެ އަމުރަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި މުރާޖާއާ ހުކުމުގައި ބުނެފައިވެއެވެ.

ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައިވަނީ، އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކުރުން މެރީޑިއަމްއާ ހަވާލުކޮށްފައިވަނިކޮށް އެހެން ފަރާތަކާ ހަވާލުކޮށްގެން ތެޔޮ ސަޕްލައި ކުރަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި މެރީޑިއަން ކުންފުނިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެމްޕީއެލް އިން ސިވިލް ކޯޓުގެ އަމުރު އިސްތިއުނާފުކުރީ އެ އަމަރުގެ ސަބަބުން ކުންފުންޏަށް މަހަކު 300،000 ރުފިޔާ، އަހަރަކު 3.6 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބޭނެތީ އެ ބޮޑު ގެއްލުމުން ކުންފުނި ސަލާމަތް ކުރުމަށް ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވެފައިވަނީ މެރީޑިއަމް ކުންފުންޏާއިއެކު ހަދާފައިވަނީ ސަރުކާރުގެ އުޞޫލުތަކާއި ޚިލާފަށް ބިޑް ކުރުމަކާއިވެސް ނުލައި ކަމަށެވެ. އަދި އެއްބަސްވުމުގައި އެމްޕީއެލްއަށް ބޭނުންވާ ހުރިހައި ތެލެއް ގަންނަން ޖެހޭނީ މެރީޑިއަމުން ކަމަށް ބަޔާންކޮށްފައި ވެސް ނެތް ކަމަށެވެ. ޖުނައިދު ވިދާޅުވީ އެމްޕީއެލްއަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުޅުވައިލުމުން 6 ރުފިޔާ 90 ލާރިއަށް ލިޓަރެއް ވިއްކަން ހުށަހަޅާފައިވާ ކަމަށާއި މެރީޑިއަމުން އެކުންފުންޏަށް ސަޕްލައި ކުރަނީ ލިޓަރެއް 12 ރުފިޔާއަށް ކަމަށެވެ. ޖުނައިދު ވިދާޅުވީ އެމްޕީއެލް ހިންގެވުން އޭނާއާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ ޚަރަދުތައް ވީހައި ކުޑަކޮށް އަދި ކުންފުންޏަށް ވީހައި ބޮޑު ފައިދާއެއް ލިބޭނެ ގޮތަށް ކުންފުނި ހިންގަވަން ކަމަށެވެ. ޖުނައިދު ވިދާޅުވީ މެރީޑިއަމުގެ ވެރިފަރާތަކީ ޕީޕީއެމްގެ ޕީޖީ ފްރޫޕުގެ ޑެޕިޔުޓީ ލީޑަރު، ރިޔާޒު ރަޝީދު ކަމަށްވި ނަމަވެސް، އެއީ އެމްޕީއެލްއަށް އެތައް މިލިއަން ރުފިޔާގެ ބޮޑު މާލީ ގެއްލުންތަކެއް ލިބެންޖެހޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިމައްސަލަ އިސްތިއުނާފު ކުރައްވައި އެމްޕީއެލްއަށް ލިބެންޖެހޭ ހައްޤުތައް ހޯދަން މަސައްކަތް ކުރުމަކީ، އެކަމުގެ ސަބަބުން ސިޔާސީ އެއްވެސް ޕްރެޝަރެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ޖުނައިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް