Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

ބުދަ ދުވަހު އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގެ ކްލާހެއްގައި ދަރިވަރަކާއި އިންޑިއާ ޓީޗަރަކާ ދެމެދު ހަމަނުޖެހުމެއް ހިނގައި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަނީ

އަލީ ޝާހީން
އަލީ ޝާހީން | 11 ޑިސެމްބަރު 2025 | ބުރާސްފަތި 17:18
އައްޑޫ ހައިސްކޫލުގެ ގްރޭޑް 12 ގެ ކްލާހެއްގައި ހިނގައިދިޔަ މާރާމާރީގެ ވީޑިއޯގެ ސްކްރީން އިމޭޖެއް

އައްޑޫ ހައިސްކޫލުގެ ގްރޭޑް 12 ގެ ކްލާހެއްގައި ހިނގައިދިޔަ މާރާމާރީގެ ވީޑިއޯގެ ސްކްރީން އިމޭޖެއް

އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން، އެ ދަރިވަރު ވެސް ސަސްޕެންޑުކޮށްފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބޭ ގޮތުގައި މި ހަމަ ނުޖެހުމާއި ގުޅިގެން ދަރުވަރު ސަސްޕެންޑް ކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ. ބުދަ ދުވަހު މެންދުރު ފަހު ހިނގި މި ހަމަނުޖެހުމުގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.

Advertisement - newsAdvertisement

ސޯޝަލް މީޑިއާގައި ދައުރުވި 47 ސިކުންތުގެ ވީޑިއޯއަކުން ފެންނަ ގޮތުގައި ކުލާސްރޫމެއްގައި ފިރިހެން ދަރިވަރަކު ބިންމަތީ ވެއްޓި އޮއްވައި، ބިދޭސީ ޓީޗަރު އޮޅުލައިގަންނަ މަންޒަރެވެ. އެއަށްފަހު، ބިންމަތިން ތެދުވެ، ދަރިވަރު ޓީޗަރުގެ ކޮނޑުގައި ޖަހަން މަސައްކަތްކުރުމުން ޓީޗަރު ދަރިވަރު ދުރަށް ޖައްސަން އުޅުނު މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. އޭގެ ފަހުން ފިރިހެން ދަރިވަރު ޓީޗަރުގެ ގައިގައި ޖެހުމާއެކު، ރައްދުގައި ޓީޗަރު ކުއްޖާ ގައިގައި ބާރަށް އަތްލަ އެވެ. އަދި ދަރިވަރު ވެސް ފަހުން އަތްލަ އެވެ.

މިކަމާ ގުޅިގެން ވަރަށް ބޮޑު ބަހުސެއް ދިވެހި ސޯޝަލް މީޑިއާގައި ހިނގަމުން އަންނައިރު، ޓީޗަރަށް އެކަނި ފިޔަވަޅު އެޅުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކި އެވެ.

މިއީ އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގެ ކްލާހެއް ގައި ހިނގި ހަދިސާ އެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ޓީޗަރަކީ އިންޑިއާ އަށް ނިސްބަތްވާ ޓީޗަރެކެވެ.

އައްޑޫ ހައި ސްކޫލުދަރިވަރު-ޓީޗަރުބިދޭސީ ޓީޗަރުސަސްޕެންޝަންސޯޝަލް މީޑިއާއިންޑިއާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
10 ޑިސެމްބަރު 2025

އައްޑޫ ހައި ސްކޫލު ގައި ޓީޗަރަކު ދަރިވަރަކަށް އަނިޔާކޮށް މާރާމާރީ ހިންގައިފި

10 ޑިސެމްބަރު 2025
އައްޑޫ ހައި ސްކޫލު ގައި ޓީޗަރަކު ދަރިވަރަކަށް އަނިޔާކޮށް މާރާމާރީ ހިންގައިފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
21 ނޮވެމްބަރު 2025

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު