Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

މައްސަލަ ބަލަން ފެށީ އޮޑިޓް ރިޕޯޓާ ގުޅިގެން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 17 ޖެނުއަރީ 2017 | އަންގާރަ 10:03
އޭސީސީގެ މެންބަރުން: ސާކް ސަމިޓުގެ މައްސަލަ ބަލަން ފެށީ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން

އޭސީސީގެ މެންބަރުން: ސާކް ސަމިޓުގެ މައްސަލަ ބަލަން ފެށީ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން

އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓަށް ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަން އެކުލެވިގެންނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓަށް ކުއްޔަށް ވެހިކަލްތައް ހިފާފައިވަނީ ރޭޓްތަކަށްވުރެ ބޮޑުކޮށް ކަމަށާއި އަދި ކުރެވުނު ދަތުރުތަކުގެ ތަފްސީލް ބަލަހައްޓާފައި ނުވާކަމަށް ފާހަގަކޮށްފައިވަނީ އޮޑިޓަރ ޖެނަރަލްގެ އޮފީހުން 2013 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު ނެރުނު "17 ވަނަ ސާކް ސަމިޓަށް ލިބުނު އެހީއާއި ކުރެވުނު ޚަރަދުގެ ހާއްސަ އޮޑިޓް ރިޕޯޓު" ގަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 17 ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީއިން ކުއްޔަށްހިފި 21 ވެހިކަލެއްގެ ކުއްޔަށް 1.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި އެއުޅަނދުތައް ކުއްޔަށް ހިފާފައިވާ ރޭޓްތަކަކީ އާއްމުކޮށް އުޅަނދުތައް ދުވަހު ކުއްޔަށް ނުވަތަ ގަޑިއަށް ކުއްޔަށް ހިފާ ރޭޓްތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށެވެ.

އަދި ދަތުރުތަކުގެ ތަފްސީލް ބަލަހައްޓާފައި ނުވުމުން ބިލްކޮށް ފައިސާ ނަގާފައިވަނީ ހަގީގަތުގައި ސާކް ސަމިޓުގެ ބޭނުންތަކަށް އެ އުޅަނދުތައް ބޭނުންކޮށްފައިވާ ގަޑިތަކަށްކަން ޔަގީންކުރެވިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް ތަހުގީގު ކުރުމަށް ފަހު އޭސީސީން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސާކް ސަމިޓަށް އައްޑޫ ސިޓީއިން ކުއްޔަށްހިފި 21 ވެހިކަލް ކުއްޔަށް ހިފުމަށް އިއުލާންކޮށް ބިޑް ހުށަހަޅާފައިވާކަން ތަހުގީގަށް ލިބިފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ބަޔާންދިން ފަރާތްތަކުގެ ބަހުން އެނގޭ ކަމަށެވެ. އަދި އުޅަނދުތައް ކުއްޔަށް ނަގާފައިވާ ރޭޓްތަކަކީ އާންމުކޮށް އުޅަނދުތައް ކުއްޔަށް ހިފާ ރޭޓްތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށް ބަޔާންކޮށްފައިވީނަމަވެސް އުޅަނދުތައް ކުއްޔަށް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަކި ރޭޓެއް ހަމަޖައްސާފައިނުވާކަން ފާހަގަކުރެވުނު ކަމަށް އޭސީސީން ބުނެ އެވެ.

މީގެ އިތުރުން، އޭސީސީން ބުނީ ސާކް ސަމިޓް ދުވަސްވަރު ޚިދުމަތް ދިން ފަރާތްތަކުންނާއި ތަކެތި ކުއްޔަށްދިން ފަރާތްތަކުން އެދުވަސްވަރުގެ ޑިމާންޑަށް ބަލާ ޚިދުމަތާއި ތަކެތީގެ އަގު ބޮޑުކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

ކޮމިޝަނުން ބުނީ، ކުއްޔަށްހިފި އުޅަނދުތަކަށް ފުރަތަމަ ދޫކުރި ފައިސާގެ ޕޭމަންޓް ވައުޗަރ ތަކުގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރި ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ފައިސާ ދޫކޮށްފައިވަނީ ސާކް ސަމިޓް ނިމުނުފަހުން ކަމާއި ވެހިކަލްތައް ކުއްޔަށްހިފާފައިވަނީ އެގްރިމެންޓްކޮށް ވަކި މުއްދަތަކަށް ކަމަށްވާތީ ކުއްޔަށްހިފި ވެހިކަލްތަކަށް ފައިސާ ދީފައިވަނީ އެގްރިމެންޓް ކުރި މުއްދަތްތަކަށްކަމަށް ތަހުގީގަށް ލިބުނު ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

އަދި ވެހިކަލް ތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އެ އުޅަނދުތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް އެނގެންނެތްކަމުން ބިލްކޮށް ފައިސާ ދީފައިވަނީ ވެހިކަލްތަކުން ކޮށްފައިވާ ދަތުރުތަކަށްކަން ޔަގީންނުވާ ކަމަށް އޭސީސީން ބުނެ އެވެ. ކޮމިޝަނުން ބުނީ އެކަން ޔަގީންނުކޮށް އައްޑޫ ސިޓީ ކައުންސިލުން އެ ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާތީ އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަމަށް ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ.

ނަމަވެސް، ޖިނާއީ ކުށެއްގެ ދައުވާ ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ، މިމައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގައި ބުނާފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ބެލެވެން ނެތް ކަމަށް އޭސީސީން ބުނެ އެވެ. އެހެންކަމުން މި މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ)ގެ އެއް ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް އޭސީސީން ވަނީ ކަނޑައަޅާފަ އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު