Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޔޫއޯ

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވުމާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވުނު:އެމްޔޫއޯ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 ޖެނުއަރީ 2017 | އަންގާރަ 18:49
ޔޫކޭ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވަނީ

ޔޫކޭ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވަނީ

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ މިސްޓަރ ޑެނިއެލް ޕެއިންޓަރ އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އާ ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެމްޔޫއޯގައި ހިމެނޭ މައި ޕާޓީ އެމްޑީޕީ އޮފީހުގައި އަންގާރަ ދުވަހުއެވެ.

Advertisement - newsAdvertisement

މިބައްދަލުވުމާ ގުޅޭގޮތުން ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން އެމްޔޫއޯގެ ޑެޕިއުޓީ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން ކަމަށެވެ. އަދި ޚާއްޞަކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާމެދު ހުރި ކަންބޮޑުވުންތަކާއި އެއިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ފަސްޓް ސެކްރެޓަރީއާ ހިއްސާކޮށްފައިވާކަމަށް ޝިފާ ވިދާޅުވިއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން ބޭނުން ކުރައްވައިގެން ރައީސް ޔާމީން ފެކްޝަނުން ހިންގާ ހުދުމުޚްތާރު ކަންކަމާއި ފްރީއެންޑްފެއަރ އިލެކްޝަނަކަށް ހުރި ދަތިތަކާގުޅޭގޮތުންވެސް ޚިޔާލު ބަދަލު ކުރެވުނު ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ދާދި އަވަހަށް ބޭރުގެ އެހެން ފަރާތްތަކަށްވެސް މިމައުޅުމާތުތައް ފޯރުކޮށްދިނުމުގެ ބައްދަލުވުންތަކެއް ރޭވިފައިވާ ކަމަށާއި އިންސާފްވެރި އިންތިޚާބުތަކެއް ބޭއްވުމަށް މަގުފަހިކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2017

ސަރުކާރުގެ ކަންކަމަށް ފަސްޓް ލޭޑީ އަތްބާނުއްވާކަށް ނުޖެހޭ: ނާދިރާ

19 ސެޕްޓެމްބަރު 2017
ސަރުކާރުގެ ކަންކަމަށް ފަސްޓް ލޭޑީ އަތްބާނުއްވާކަށް ނުޖެހޭ: ނާދިރާ
16 އޯގަސްޓު 2017

ޖޭޕީ ސެކްރެޓަރީ ޖެނެރަލް ސަމީރު ފުލުހުން ހައްޔަރު ކޮށްފި

16 އޯގަސްޓު 2017
 ޖޭޕީ ސެކްރެޓަރީ ޖެނެރަލް ސަމީރު ފުލުހުން ހައްޔަރު ކޮށްފި
07 އޯގަސްޓު 2017

ޔޫކޭގެ ވިސާ ޖެހުމަށް ފޮރިން މިނިސްޓްރީގައި ސެންޓަރެއް ގާއިމް ކުރަނީ

07 އޯގަސްޓު 2017
ޔޫކޭގެ ވިސާ ޖެހުމަށް ފޮރިން މިނިސްޓްރީގައި ސެންޓަރެއް ގާއިމް ކުރަނީ
19 ޖޫން 2017

ޔޫކޭގެ މިސްކިތަކުން ނުކުތް މުސްލިމުންނަށް ދިން ހަމަލާއާމެދު ހިތާމަކުރަން: ރައީސް ނަޝީދު

19 ޖޫން 2017
ޔޫކޭގެ މިސްކިތަކުން ނުކުތް މުސްލިމުންނަށް ދިން ހަމަލާއާމެދު ހިތާމަކުރަން: ރައީސް ނަޝީދު
22 މެއި 2017

ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

22 މެއި 2017
ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު