Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑު ކަންނެލި މަސްވެރިން

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

މަސްވެރިން ގޮވާލާ ޑިމާންޑްތަކުގެ ތެރޭގައި ރައީސް މުއިއްޒުގެ ވައުދުގައިވާ ގޮތައް ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80 އާއި 100 ރުފިޔާ އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ޑިސެމްބަރު 2025 | ހޮނިހިރު 17:15
މަސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް : 13.12.2025

މަސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް : 13.12.2025

މަސްވެރިންގެ އިހުތިޖާޖު މެދުކަނޑާ ނުލާނެ ކަމަށާއި މަސްވެރިންގެ އަޑު ނީވޭ ނަމަ  ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އިސްތިއުފާ ދެއްވުމަށް މަސްވެރިން ގޮވާލައިފި އެވެ.

މަސްވެރިން އެހެން ގޮވާލީ ބޮޑު ކަންނެލި މަސްވެެރިންނަށްވީ ވައުދުތައް ނުފުއްދާތީ ކަންބޮޑުވުން ފާޅުކޮށް ކުރަމުންދާ އިހުތިޖާޖާއި މަސްވެރިންގެ ޑިމާންޑްތަކާއި މެދު މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. 

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވީ ޝިޔާމް މަސައްކަތް ކުރައްވަނީ ހުރިހާ ކަންނެލި މަސްވެރިކަން ކުރާ ދޯނިތައް ހުއްޓުވާލަން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި ލޯންގް ލޭން މަސްވެރިކަމަށް ޖާގަ ހޯދާ ދޭން މަސައްކަތް ކުރާ ކަަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

"ކުރިން 300 އެއްހާ ކަންނެލި ދޯނި އޮތް. މިހާރު 100 ހަމަ ނުވޭ. މިނިސްޓަރ އުޅުއްވަނީ މުޅި ސިނާއަތް އެއްކޮށް ހަލާކުކޮށްލަން." އިމްރާން ވިދާޅުވި އެވެ.

މީ ގެ އިތުރުން މަސްވެރިން ބުނީ މި އިހުތިޖާޖްތަކަކީ ސިޔާސީ ކަމެއް ކަމަށް ސަރުކާރުން ބުނަނީ މަސްވެރިންގެ އަޑު އަހަން ބޭނުން ނުވާތީ ކަމަށެވެ.

މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށް ޤަބޫލުކުރާ ކަމަށް މަސްވެރިން ވަނީ ބުނެފަ އެވެ. މަސްވެރިން ވަނީ ބޮޑުކަންނެލި މަސްވެރިންނާ މެދު މިނިސްޓަރ ޝިޔާމް އަމަލުކުރައްވާ ގޮތަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެ ސިނާއަތް ނެތިކޮށްލުމަށް ވަޒީރު އިސްވެ ހުންނަވައިގެން މަސައްކަތް ކުރާ ކަމަށް މަސްވެރިން ވަނީ ސިފަކޮށްފަ އެވެ.

"މިއީ ހަމަ ސީދާ މިނިސްޓަރ ގަސްތުގައި ކުރައްވާ ކަމެއް. އަޅުގަނޑުމެންގެ ބެލެނިވެރި ފަރާތަކަށް ހުރެ އަޅުގަނޑުމެންގެ އަޑު ނީވޭ ނަމަ އިސްތިއުފާ ދެއްވާ،" މަސްވެރިއަކު ވަނީ ބުނެފަ އެވެ.

މަސްވެރިން ގެ އިހުތިޖާޖު މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަސް ދާ އިރު މަސްވެރިން ބުނަނީ ސަރުކާރުން އެކަށީގެންވާ އިޖާބަ އެއް ނުދޭ ކަމަށެވެ. މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް  ޖުމްލަ 3 ޑިމާންޑެއް އެބަ ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުން ކަންނެލި ގަންނަން ފެށުމަށް ގޮވާލުމާއި، ސަރުކާރުން ވައުދުވެފައިވާ ގޮތަށް ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމުގެ އިތުރުން ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސާ ދިނުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަޙްމަދު ޝިޔާމްމަސްވެރިކަންބޮޑު ކަންނެލި މަސްވެރިކަންއިމްރާން މުޙައްމަދުއިހުތިޖާޖު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
13 ޑިސެމްބަރު 2025

ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

13 ޑިސެމްބަރު 2025
ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި
13 ޑިސެމްބަރު 2025

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި
13 ޑިސެމްބަރު 2025

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

13 ޑިސެމްބަރު 2025
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު