Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންގެ މުޒާހަރާ

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

ބޮޑުކަންނެލި މަސްވެރިން މުޒާހަރާއަށް ނުކުތުމުން ރައީސް މުއިއްޒަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެއަށް އަރަން އުޅުނު ހެން ކަމަށާ، މަސްވެރިންނާ ސަރުކާރުން ބައްދަލުކުރީ ވިޔާނުދާ ގޮތަކަށް ކަމަށް. އެމަނިކުފާނު ފާހަގަކުރެއްވީ މަސްވެރިން ނުކުތީ ޤާނޫނުއަސާސީން ލިބިފައިވާ ހައްޤު ހިފައިގެން ޚިޔާލު ފާޅުކުރަން ކަމަށާ، މި ސަރުކާރުން ދެއްކި ވައުދުތައް ފުއްދަމުންނުދާ ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޑިސެމްބަރު 2025 | ހުކުރު 08:38
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަނީ

ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަނީ

ބޮޑުކަންނެލި މަސްވެރިކަން ކުރާ މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދައިގެން ހިޔާލުފާޅުކުރުމަށް މުޒާހަރާ އަށް ނުކުތުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެއަށް އަރަން އުޅުނުހެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 

ޕީއެންއެފް ފްރަންޓް އޮފީހުގައި ބޭއްވި ޖަލްސާއެއް ގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަކީ އެހެން އެއްވެސް ސަރުކާރަކުން މަސްވެރިންނަށް އަޅައިނުލާ ވަރަށް އަޅައިލާނެ ސަރުކާރު ކަމަށް ކޮންމެ ކަމެއްގައި ވެސް ބުނަމުން އަންނަ ކަމަށެވެ. އެހެން ހުރިހާ ސަރުކާރަކުން ނުކުރާ ވަރަށް މި ސަރުކާރު ކަންތައް ކުރައްވާ ކަމަށް ވިދާޅުވެ، މިހާރު ފިޝަރީޒް މިނިސްޓަރު ޝިޔާމް ވެސް މައުނަވީ ތަރައްޤީ ގެންނަ ބަޔަކީ މިއީ ކަމަށް ބުނަމުން އަންނަ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ މައުނަވީ ތަރައްޤީ ގެންނައިރު މަސްވެރިންނާ މި ބައްދަލުކުރީ ވަރަށް ވިޔާނުދާކަށް ވަރަށް ބުރޫޓެލްކޮށް ކަމަށާއި މި މީހުންގެ އަސްލު ސޫރަ ފެނިގެން މިދިޔައީ ކަމަށެވެ.

މަސްވެރިން އެދި ޝަކުވާކުރަމުންދިޔަ ކަންތައްތަކެއް ހުރީ. މިސާލަކަށް، ބޮޑުކަންނެލީގެ މުޒާހަރާ މި އަޅުގަނޑުމެންނަށް ފެނިގެންދިޔަ. ބޮޑުކަންނެލީގެ އަގު ވެސް ހަމަ މުޢިއްޒު ވިދާޅުވެދެއްވި އިނގޭތޯ އަށްޑިހަ ރުފިޔާއަށް ކިލޯއޭ، ކޮލެޖީ އޭ ކަމުގައިވަންޏާ ސަތޭކަ ރުފިޔާއަށް ކިލޯއޭ، މިހެން އަދަދުތަކޭ ކިޔާ ވާހަކަތަކެއް ދައްކާފައި ހުރީމާ ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާ އަޑު އަހާލާކަށް ނުކެރުނޭ. މި މީހުން އައީކީ ދިވެހިރާއްޖެއަށް މާލޭގައި ހަނގުރާމަކުރާކަށް ނޫނޭ. މި މީހުން އައީ ޤާނޫނުއަސާސީން، މި މީހުންނަށް ލިބިފައި އޮންނަ ޙައްޤު، ޚިޔާލު ފާޅުކުރުމުގެ ޙައްޤު ހިފައިގެން. ބައެއްގެ ޙައްޤުތައް ގެއްލިގެންދާ ކަމަށް ވަންޏާ ބަޔަކަށް އަނިޔާވާ ކަމަށް ވަންޏާ ދަތިވާ ކަމަށް ވަންޏާ އަޑު އުފުލަންވެގެން މިއީ. 
ރައީސް އަބްދުﷲ ޔާމީން 

މަސްވެރިން އައީ މާލޭގައި ހަނގުރާމަކުރާކަށް ނޫން ކަމަށާއި ޤާނޫނުއަސާސީން އެ މީހުންނަށް ލިބިފައި އޮންނަ ޙައްޤު ޚިޔާލު ފާޅުކުރުމުގެ ޙައްޤު ހިފައިގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ބައެއްގެ ޙައްޤުތައް ގެއްލިގެންދާ ކަމަށް ވަންޏާ ބަޔަކަށް އަނިޔާވާ ކަމަށް ވަންޏާ ދަތިވާ ކަމަށް ވަންޏާ އަޑު އުފުލެވެންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މި ރައީސަކަށް މިގޮތަށް އަޑު އުފުއްލިޔާ ނޫނިއްޔާ އަޑެއް ނީވޭ ކަމަށާއި އެހާ ކަންފަސޭ އެހާ އަޅައިނުލާ އެހާ ރަޙުމަތް ހަމްދަރުދީއެއް ނެތް ރައީސަކަށް މަސްވެރިންގެ ޝަކުވާ އިއްވަން އައިސް ތިބިކަމަށް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު އަށް މި ހީފުޅުވީ ރައީސް މުޙައްމަދު އަމީން ޒަމާނުގައި އުތުރުން ބަޣާވާތްކުރަން އައި އުތުރު ގަޑުބަޑުގައި އައި ޓީމް ކަމަށް ހީވީ އިނގޭތޯ. އެމީހުން އައީ ވައުދު ނުފުއްދާތީ، މުދަލަށް ގެއްލުންދިން ކަންތައްތަކެއް ކުރި ނަމަ ދެން އެހިސާބުން ފުލުހުން އޭގެ ތެރެއަށް ވަދެގެން ކުރަންޖެހޭ ކަމެއް، އޭގެ އެއްވެސް ކަމެއް ހިނގުމުގެ ކުރިން ފުލުހުން އަރާ މީހުން ހައްޔަރުކޮށް މި ހެދީ. 
ރައީސް އަބްދުﷲ ޔާމީން 

ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ބައްދަލުކުރެއްވުންތަކަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ހާލު ބަލާލަން ވަޑައިގަތުމަކީ ހަމަ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަކު ރައްޔިތުންގެ ދަތިތައް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ކަމެއް ކޮށްނުދެއްވާ އިރު ދެންވެސް ކޮށެއް ނުދެއްވާ ހައްދަވަނީ އިތުރުފުޅު ކަމަށް ވިދާޅުވި އެވެ.

އިންތިޚާބުގެ ތެރޭގައި ދެއްކި ބައެއް ވާހަކަފުޅަށް އަލިއަޅުވާލައްވާ ރައީސް ޔާމީން ވިދާޅުވީ ކޮންމެ ކަމަކަށް މިކަން މިހާ ގޯހޭ މިހާ ދެރަވަރޭ ތިމަންނަ މިކަން ރަނގަޅުކޮށްދޭނޭ މިހެން ވާހަކަދައްކާފައި ހުރި ކަންތައްތައް އެބަހުރި ކަމަށާއި، ވެރިކަމަށް ވަޑައިގެންފައި މުޅި ލަވަޔާއި މުޅި އެތި ބަދަލުވެ އެ ކަންކަން ކުރެވޭކަށް ނެތް ކަމަށް ރައީސް މުއިއްޒު މިހާރު ވިދާޅުވަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސް އަބްދުﷲ ޔާމީންބޮޑު ކަންނެލި މަސްވެރިކަންމަސްވެރިކަންޕީއެންއެފް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ
10 ޑިސެމްބަރު 2025

މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް 'މަހަ މަންފާ' ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
 މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް 'މަހަ މަންފާ' ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި
28 ނޮވެމްބަރު 2025

ސަރުކާރުން ހަރަދު ކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަ އެއް: ޔާމީން

28 ނޮވެމްބަރު 2025
ސަރުކާރުން ހަރަދު ކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަ އެއް: ޔާމީން
16 ނޮވެމްބަރު 2025

ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން

16 ނޮވެމްބަރު 2025
ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން
16 ނޮވެމްބަރު 2025

200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި

16 ނޮވެމްބަރު 2025
200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު