Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ.ދުވާފަރު

ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

13 ޑިސެމްބަރު 2025 | ހޮނިހިރު 13:22

ރ. ދުވާފަރުގައި ބަނދަރު ތަރައްޤީ ކުރުމާއި، ފުލުހުންގެ މަރުކަޒު އިމާރާތް ކުރަން ފެށުމާއި، ހޮސްޕިޓަލް އިމާރާތް ތަރައްޤީ ކުރަން ފެށުމާއި ސްޕޯޓްސް ކޮމްޕްލެކްސް، ހައުސިންގ ޔުނިޓްތައް، ޔުނިވަރސިޓީ ކެމްޕަސް، އަދި ހިއްކިބިން ސަރަޙައްދު ތަރައްގީ ކުރަން ފެށުން ހިމެނޭ.

ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 13:22
ރ. ދުވާފަރުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމާއި ބައެއް މަޝްރޫޢުތައް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ރ. ދުވާފަރުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމާއި ބައެއް މަޝްރޫޢުތައް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ރ. ދުވާފަރުގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމާއި، ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި ހޮނިހިރު ދުވަު ކުރިއަށްގެންދިޔަ ރަސްމިއްޔާތުތަކުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

އެގޮތުން ރ. ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭ.ޓީ.އެމް ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް މުޢިއްޒުއެވެ.

އެއަށްފަހު ރައީސް ވަނީ، މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް، ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. 

ދުވާފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނޭ އެކްސްޓެންޝަން މަސައްކަތް ޢަމަލީ ގޮތުން ފެއްޓެވުމަށް އެ ރަށު ބަނދަރު ސަރަޙައްދުގައި ހޮނިހިރު ދުވަހު ހެނދުނު އޮތް ރަސްމިއްޔާތުގައި ވެސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

މީގެއިތުރުން ރ. ދުވާފަރު ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވެސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. ފުލުހުންގެ މަރުކަޒުތައް ތަރައްޤީ ކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޢުމްރާނީ ތަރައްޤީ އަށް، ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބިޔަ މަޝްރޫޢު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން، ރ. ދުވާފަރު ހިއްކިބިން ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ހިއްކިބިން ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް، އެ ސަރަޙައްދުގައި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވެސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ހިމެނިގެން، ރ. ދުވާފަރުގައި 50 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން ވެސް އޮތެވެ. އަދި ރ. ދުވާފަރު ގައި އިއާދަ ކުރަނިވި ހަކަތަ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ވެސް ވަނީ ބާއްވާފަ އެވެ. މީގެ އިތުރުން ދުވާފަރު ބިންހިއްކުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް، ރައީސް މުއިއްޒު ވަނީ ހޮނިހިރު ދުވަހު ހެނދުނު، ރ. ދުވާފަރުގައި ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

ރ. ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް، ތިއޭޓަރ ކޮމްޕްލެކްސްއަކާއެކު އަލަށް ތަރައްޤީކުރާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން ދުވާފަރުގެ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވުނު އިމާރާތް މުއިއްޒު ވަނީ، ހުޅުއްވައިދެއްވާފައެވެ. 

ރ. ދުވާފަރުގައި ތަރައްޤީކުރެވޭ އައުޓްޑޯ ވޮލީކޯޓުގެ ޢަމަލީ މަސައްކަތް ފެށުމާއި، ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެ ރަށުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ދުވާފަރު ކުންޏާއި ވަޞީލަތްތައް މެނޭޖުކުރާ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައިވެސް ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، ރ. ދުވާފަރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަނާލް ޢިމާރާތް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް ރަސްމީގޮތުން ފެށުމަށް ހޮނިހިރު ދުވަހު ހަވީރު އެ ރަށުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައިވެސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

ރައީސް މުއިއްޒު ގެ މި ދަތުރުފުޅުގައި، ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއާއި އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ސަރުކާރުގެ ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މަސްދަރު: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުދުވާފަރުމޯލްޑިވްސް އިސްލާމިކް ބޭންކްމަސްވެރިންގެ ދުވަސް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި
13 ޑިސެމްބަރު 2025

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

13 ޑިސެމްބަރު 2025
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި
13 ޑިސެމްބަރު 2025

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
12 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

10 ޑިސެމްބަރު 2025
2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ
10 ޑިސެމްބަރު 2025

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

10 ޑިސެމްބަރު 2025
45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް