Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ފްރާންސްގެ ރައީސް މެކްރޮން، އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔުކްރެއިން އަށް ދެމުން އަންނަ ތާއީދު އަބަދު ވެސް އެގޮތުގައި ލިބެމުން އަންނާނެ ކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށެވެ. އަދި ކޯލިޝަން އޮފް ދަ ވިލިންގް އިން ކުރާ މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އެއީ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

ޔުކްރެއިންއަށް ދެމެހެއްޓެނިވި ތާއީދާއި ސަލާމަތީ ޖަމާނަތްތައް ފޯރުކޮށްދިނުމަށް ޔޫރަޕްގެ ލީޑަރުން އެމެރިކާއާ އެކު މަޝްވަރާކުރައްވަނީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 06:10
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި، ޔުކްރެއިންގެ ވުލޮޑޮމިއަރ ޒެލެންސްކީ، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި، ޔުކްރެއިންގެ ވުލޮޑޮމިއަރ ޒެލެންސްކީ، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް

ފްރާންސް ގެ ރައީސް އިމަނުއެލް މެކްރޮން އާއި، ޔުކްރެއިންގެ ވުލޮޑޮމިއަރ ޒެލެންސްކީ، އިނގިރޭސިވިލާތު ގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިނގިރޭސިވިލާތު ގެ ވެރި ރަށް ލަންޑަންގައި މި ބޭފުޅުން ހޯމަ ދުވަހު ބައްދަލު ކުރައްވާއިރު، އެ ބައްދަލުވުމު ގައި ޔުކްރެއިންގެ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބުނެފައިވެ އެވެ. ހަމަ އެހެންމެ، އެމެރިކާ ގެ މެދުވެރިކަމާ އެކު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭ ގޮތުން ވެސް މި ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.

ފްރާންސްގެ ރައީސް މެކްރޮން، އޭނާ ގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ، ޔުކްރެއިން އަށް ދެމުން އަންނަ ތާއީދު އަބަދު ވެސް އެގޮތުގައި ލިބެމުން އަންނާނެ ކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށެވެ. އަދި ކޯލިޝަން އޮފް ދަ ވިލިންގް އިން ކުރާ މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އެއީ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މެކްރޮން ވިދާޅުވީ އެމެރިކާ އާއެކު އެ މަސައްކަތް ކުރިއަށް ގެންދަން ވާނީ ޔުކްރެއިން އަށް ބޭނުންވާ ސަލާމަތާއި ޔަގީންކަން ދީގެން ކަމަށެވެ. އަދި ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ ކަންކަން ނުކުރެވެނީސް، ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމު ނުކުރެވޭނެ ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވެ އެވެ. އިތުރަށް މެކްރޮން ވިދާޅުވީ، ޔުކްރެއިންގެ މައްސަލަ އަކީ ޔޫރަޕުގެ މުޅި ސަލާމަތާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

ރަޝިޔާ އިން ޔުކްރެއިން އަށް އަމާޒުކޮށް މިފަހުން ހަމަލާ ތަކެއް ދީފައިވާއިރު، މެކްރޮން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ. ޚާއްސަކޮށް ޔުކްރެއިންގެ އާންމުން ޙަރަކާތްތެރި ވަމުން އަންނަ ބައެއް ސަރަހައްދު ތަކަށް އަމާޒުކޮށް ދިން ހަމަލާ އަކީ، ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ.

ރަޝިޔާ އަށް މީގެ ކުރިން ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ މެކްރޮން ވިދާޅުވީ، ރަޝިޔާ އަދި ވެސް އޮތީ ހަނގުރާމަ އިތުރަށް ފުޅާ ކުރުން، ނުވަތަ ބޮޑު ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ހަނގުރާމަ ނިންމުމަށް ބޭނުންވާ ސުލްޙަ ހޯދުމަށް ރަޝިޔާ އިން މަސައްކަތް ނުކުރާ ކަމަށް ވެސް މެކްރޮން ފާހަގަ ކުރެއްވި އެވެ. އެކަން ފާހަގަ ކުރައްވައި މެކްރޮން ވިދާޅުވެފައި ވަނީ، ސުލްޙަ ހޯދުމަށްޓަކައި ރަޝިޔާ އަށް މަޖުބޫރު ކުރުމުގައި އެންމެން އެކުގައި ތިބެން ޖެހޭ ކަމަށެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އިން ހޮނިހިރު ދުވަހު ބުނެފައި ވަނީ، އެންމެ ފަހުން ރަޝިޔާ އިން ޔުކްރެއިން އަށް ދީފައިވާ ވަރުގަދަ ހަމަލާ ތަކުގެ ސަބަބުން، ޔުކްރެއިންގެ ކަރަންޓުގެ ނިޒާމަށް އަސަރު ކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޓް ކުރަމުން ދިޔަ ނިއުކްލިއާ ޕަވާ ޕްލާާންޓު ތަކުން އުފައްދާ ކަރަންޓުގެ މިންވަރު ކުޑަ ކުރަން ޖެހުނު ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

މެކްރޮން އާއި ކޯލިޝަން އޮފް ދަ ވިލިންގްގެ ލީޑަރުން މި ބައްދަލުވުން ބާއްވަނީ، ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެ، ސުލްޙަ ހޯދުމަށް ބައިނަލްއަޤުވަމީ މުޖުތަމައުން ވަރަށް ބޮޑަށް ޙަރަކާތްތެރި ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ޔޫރަޕުގެ ލީޑަރުން ވަނީ، ޔުކްރެއިން އަށް ދެމެހެއްޓެނިވި ތާއީދާއި، ސަލާމަތީ ޔަގީންކަން ފޯރުކޮށްދިނުމުގެ މުހިންމުކަން މީގެ ކުރިން ވެސް ފާހަގަ ކުރައްވައިފަ އެވެ.

މަސްދަރު: ރޮއިޓާސް

އެމެނުއެލް މެކްރޯންވުލެޑިމިއަރ ޒެލެންސްކީކިއަ ސްޓާމާރަޝިޔާ-ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަފްރީޑްރިކް މޭޓްޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު