Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނު ބޭނުންފުޅު ވީމާ ކޮންމެ މީހެއްގެ ވެސް ބޯ ބުރި ކޮށްލެވޭ ގޮތަށް ގާނޫނުތައް ތަސްތީގު ކުރައްވަމުން: މެންބަރު މައުރޫފް

ސިޔާސަތުތަކާއި ގާނޫނުތަކަށް ގެންނަ ބަދަލު ރަނގަޅެއް ނޫން، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2025 | ހޮނިހިރު 08:52
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމް ގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމް ގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ، އެމަނިކުފާނު ބޭނުންފުޅުވީމަ ކޮންމެ މީހެއްގެ ވެސް ބޯ ތޫނު ކަނޑިއަކުން ބުރި ކޮށްލެވޭ ގޮތަށް ގާނޫނުތައް ފާސްކޮށް، ތަސްދީގު ކުރައްވަމުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމް ގައި މެންބަރު މައުރޫފް ވިދާޅުވީ، ރައީސް މުއިއްޒުގެ މި ސަރުކާރުގައި ސިޔާސަތުތަކާއި ގާނޫނުތަކަށް ގެންނަ ބަދަލު ރަނގަޅު ނޫން ކަމަށާއި، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް ރައްޔިތުން ސިޔާސީ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަން މީޑިއާ އާއި ހިޔާލުގައި ތަޅު އެޅުވި ބިލަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ އެ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ ބަސް ބުނުމުގެ ހައްގު ނިގުޅައި ގަތުމުގެ މަގުސަދު ގައި ކަމަށެވެ. މިހާރު އެ ގާނޫނު ފާސް ކޮށްފައި އެއޮތީ އެމަނިކުފާނު ބޭނުންފުޅުވުމުން ބޭނުންފުޅުވާ މީހެއްގެ ބޯ ކަނޑިއަކުން ޖަހާ ބުރި ކޮށްލެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނުތައް ފާސްކޮށް އިސްލާހުތައް ގެންނަމުންދަނީ ރައީސް މުއިއްޒު ބޭނުންފުޅުވީމަ ވަކި ކަންތައްތަކެއް ހާސިލް ކުރުމަށް ކަމަށެވެ.

މީގެ އިތުރުން މެންބަރު މައުރޫފް ވަނީ މިހާރުގެ ރައްޔިތުންގެ މަޖިލީހަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހެއް ނަމަވެސް ރައްޔިތުން ތަމްސީލް ކުރާ ތަނެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލު ކުރާތަން. އެހެން ނަމަވެސް މިއަދުގެ ހާލަތަކީ އެއީ ރައްޔިތުން ތަމްސީލު ކުރާ ތަނެއް ނޫން. އެއީ ހަމަ ރަބަރ ސްޓޭމްޕް ޖަހާތަނެއް. ރައީސް މުއިއްޒު އެންގި ގޮތް ނޫން ގޮތަކަށް އެތަނުގައި އެއްވެސް ކަމެއް ނުހިނގާ. އާމިރު ވާހަކަ ވެސް ދައްކާލަން ބިލަކަށް ވެސް ވާހަކަ ދައްކާލެވެނީ ހުއްދަ ނަގައިގެން ހުއްދަ ދިނިއްޔާ ކިތަންމެ ދުވަހަކު އަޅުގަނޑުމެން ދެކެން ފިތާފަ ހުއްޓާ ވާާހަކަ ދައްކަން ރިކުއެސްޓް ކޮށްފައި ޖެހިޖެހި ހުއްޓާ ޕީއެންސީ ލީޑަރު އެންގެވީމަ ވާހަކަ ދެއްކުން ދޫކޮށްލަން ޖެހެނީ. ހުއްޓާލަން ޖެހެނީ. އެހެންވީމަ އެއީ ރައްޔިތުން ރެޕްރެޒެންޓް ކުރެވޭ ތަނެއް ނޫން. އެތަނުގައި އެ ނިންމުން ނިންމެވުމަކީ އެއީ ރައްޔިތުންގެ ނިންމުމެއް ނޫން.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެންބަރު މައުރޫފް ވިދާޅުވީ އެމްޑީޕީން ގައުމަށް ގެނެސްފައިވާ ރަނގަޅު ސިޔާސަތުތަކާއި ރައްޔިތުންނަށް ދީފައިވާ ހައްގުތަކަކީ މި ސަރުކާރުން ގަބޫލު ކުރާ ކަންކަމެއް ނޫން ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ވެސް ރާއްޖެ ދެކެ ލޯބިވާ ބޭފުޅެއް ނޫން ކަަމަށާއި، ދިވެހިވަންތަ ބޭފުޅެއް ނޫން ކަމަށެވެ. އެކަން މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފެނި، ތަޖުރިބާ ކޮށްފައިވާ ކަމަށާއި، މިހާރު ވެސް ތަޖުރިބާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމައުރޫފް ޒާކިރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު