Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

ސީއީއޯ ޔާސިރު، މަގާމާއި ހަވާލުވުމަށް ތަނުގެ ހިންގުމުގެ ފެންވަރު ދަށަށް ގޮސްފައިވާ ކަމުގެ ޝަކުވާ ހިދުމަތް ހޯދާ ފަރާތްތަކުން ކުރަމުންދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 14:58
އައްޑޫ އިކިއެޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އިބްރާހިމް ޔާސިރު އަހްމަދު

އައްޑޫ އިކިއެޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އިބްރާހިމް ޔާސިރު އަހްމަދު

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލު (އޭ.އީ.އެޗު) ގެ އިދާރީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ދަށް ކަމަށް ވިދާޅުވެ، އެ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އިބްރާހިމް ޔާސިރު އަހްމަދު ދެއްކެވި ވާހަކައާ ގުޅިގެން ގިނަ އަދަދެއްގެ މުވައްޒަފުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

އައްޑޫ ސިޓީގެ ސޯޝަލް މީޑިއާ ޕްލެޓް ފޯމެއްގައި ހިންގަމުން އަންނަ އޮންލައިން މީޑިއާ އަކަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން، އޭ.އީ.އެޗުގެ ހިންގުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމާއި ގުޅޭގޮތުން ދެންނެވި ސުވާލަށް، ޔާސިރު ވިދާޅުވެފައިވަނީ އިދާރީ މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމަށް ދަތި ތަކެއް އެބަ ހުރި ކަމަށާއި އެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްގެން ތިބި މުވައްޒަފުންވެސް މަދު ކަމަށެވެ.

Advertisement - newsAdvertisement

އަދި އޭނާ އަށްވެސް އެންމެ ފަސޭހައީ ކްނިލިކަލް މުޒައްފުން ގޮވައިގެން މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވަމުން، އިދާރީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ނެތް ކަމަށް ދޭހަވާ މޭރުމަކުން ޔާސިރު ވަނީ ވާހަކަ ދައްކަވާފަ އެވެ.

އަދި އިދާރީ މުވައްޒަފުން ވަޒީފާ އަދާކުރަނީ ހަމަ އެކަނި ވަޒީފާގެ ބޭނުމަށް ކަމަށްވެސް ޔާސިރު ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް، ރާއްޖެއެމްވީ އަށް މައުލޫމާތު ހިއްސާކުރި އޭ.އީ.އެޗުގެ މުވައްޒަފުން ބުނީ، ސީއީއޯ ޔާސިރު، އިދާރީ މުވައްޒަފުންނާއި ގުޅޭ ގޮތުން ދައްކަވާފައިވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ އިދާރީ މުވައްޒަފުންނަކީ ކިޔަވައިގެން ތިބި ގާބިލް މުވައްޒަފުން ކަމަށާއި ސީއީއޯ ޔާސިރު، މަގާމާއި ހަވާލުވުމަށް ތަނުގެ ހިންގުމުގެ ފެންވަރު ދަށަށް ގޮސްފައިވާ ކަމުގެ ޝަކުވާ ހިދުމަތް ހޯދާ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އޭ.އީ.އެޗުން ހޯދާފައިވާ ކާމިޔާބީތަކާއި އަލަށް ތަޢާރަފު ކުރެވުނު ޚިދުމަތްތަކާއި ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ ކޮޕީއެއް ރާއްޖެއެމްވީއަށް ލިބިފައިވާއިރު، 2020 ވަނަ އަހަރުން ފެށިގެން 2023 ގެ ޖޫން 22 ވަނަ ދުވަހާއި ހަމައަށް، އެވީ ތިން އަހަރު ދުވަހުގެ ތެރޭގައި، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ 41 ޚިދުމަތެއް ތަޢާރަފް ކޮށްފަ އެވެ.

އަދި މި ސަރުކާރު އައި ފަހުން މިވީ ދެ އަހަރުގެ ތެރޭގައި 9 ހިދުމަތެއް ދޭން ފަށާފައިވާއިރު މިއީ އިދާރީ މުވައްޒަފުންގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށް އެމުވައްޒަފުން ދަނީ ބުނަމުންނެ އެވެ. އަދި މި ސަރުކާރުން، ފައްޓާފައިވާ މި ނުވަ ހިދުމަތަކީ ވެސް ކުރީ ސަރުކާރުން ފައްޓަން ނިންމާފައިވާ ހިދުމަތްތަކެއްކަން ވަނީ ހާމަވެފަ އެވެ.

ވެރިކަން ބަދަލުވުމަށްފަހު އޭ.އީ.އެޗު އިން ބަދަލުވެފައިވަނީ ސީއީއޯ އަދި އެފްއީ ކަމަށްވާއިރު، މިވީ މުއްދަތުގެ ތެރޭގައި ފެންވަރު ރަނގަޅުކޮށް ކުރިއަރަމުން އައި ހޮސްޕިޓަލެއް ހިންގުން މަޑު ޖެހިފައިވާ ކަމަށް ރާއްޖެއެމްވީ އާއި ވާހަކަ ދެއްކި ބައެއް އާންމު ރައްޔިތުންވެސް ވަނީ ބުނެފަ އެވެ.

އޭ.އީ.އެޗުގެ ހިންގުން ދުވަހަކަށް ވުރެ ދުވަހެއް ދަށަށްދާ ކަމަށް ބުނެ ރައްޔިތުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްޑރ. އިބްރާހިމް ޔާސިރު އަހްމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

މެދުކެނޑިފައިވާ ސީޓީ ސްކޭން ޚިދުމަތް ހުއްޓިފައި ހުންނަތާ މަހެއްވާއިރު، މުއިއްޒު އައްޑޫ އަށް ވަޑައިގަންނަވަނީ ކީއްކުރަން؟

މެދުކެނޑިފައިވާ ސީޓީ ސްކޭން ޚިދުމަތް ހުއްޓިފައި ހުންނަތާ މަހެއްވާއިރު، މުއިއްޒު އައްޑޫ އަށް ވަޑައިގަންނަވަނީ ކީއްކުރަން؟

04 ނޮވެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
ކުރިއަށް އޮތް 4 މަސް ތެރޭ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތް ލެބްގެ ޚިދުމަތް ފެށޭނެ - ހެލްތް މިނިސްޓަރ

ކުރިއަށް އޮތް 4 މަސް ތެރޭ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތް ލެބްގެ ޚިދުމަތް ފެށޭނެ - ހެލްތް މިނިސްޓަރ

24 ޖޫން 2025
ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާ ދެމުންދިޔަ ދަރިވަރު ވޯޑަށް ބަދަލުކޮށްފި

ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާ ދެމުންދިޔަ ދަރިވަރު ވޯޑަށް ބަދަލުކޮށްފި

21 ޖުލައި 2024
ރައީސުލްޖުމްހޫރިއްޔާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ޚިދުމަތްދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ޚިދުމަތްދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

27 މާރިޗު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު