Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ޚިދުމަތްދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

27 މާރިޗު 2022 | އާދީއްތަ 12:24

އައްޑޫ ސިޓީއަކީ، މާލެއެކޭ އެއްފަދައިން ސިއްހީ ޚިދުމަތްތައް އެންމެ ރަނގަޅުވާން ބޭނުންވާ އެއް ސަރަހައްދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 މާރިޗު 2022 | އާދީއްތަ 12:24
ރައީސުލްޖުމްހޫރިއްޔާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުން ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ވަނީ އެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި, ކުރިމަގަށް ރޭވިފައިވާ މުހިންމު ކަންކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި, ޓާރޝަރީ ހޮސްޕިޓަލަކުން ޚިދުމަތްދިނުމަށް އެކަށީގެންވާ މިންވަރަށް މެޑިކަލް އޮފިސަރުންނާއީ ސްޕެޝަލިސްޓް ޑޮކްޓަރުން ނެތުމާއި, ޕަބްލިކް ހެލްތު ދާއިރާއިން ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި, މެޑިކަލް ކޮންޒިއުމަބްސް އަދި އިކުއިޕްމަންޓްގެ ދަތިތަކާއި, އަދި އެނޫންވެސް ޚިދުމަތްތައް ދިނުމުގައި ކުރިމަތިވާ އެންމެ ދަތި މައްސަލަތައް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި, އައްޑޫ ސިޓީއަކީ މާލެއެކޭ އެއްފަދައިން ސިއްހީ ޚިދުމަތްތައް އެންމެ ރަނގަޅުވާން ބޭނުންވާ އެއް ސަރަހައްދުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ހައްލުކުރަން ޖެހޭކަންކަން ހައްލުކޮށްދެއްވާނެކަމަށާއި އަދި ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައެވެ. މީގެ އިތުރުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

09 ޑިސެމްބަރު 2025
އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!
04 ނޮވެމްބަރު 2025

މެދުކެނޑިފައިވާ ސީޓީ ސްކޭން ޚިދުމަތް ހުއްޓިފައި ހުންނަތާ މަހެއްވާއިރު، މުއިއްޒު އައްޑޫ އަށް ވަޑައިގަންނަވަނީ ކީއްކުރަން؟

04 ނޮވެމްބަރު 2025
މެދުކެނޑިފައިވާ ސީޓީ ސްކޭން ޚިދުމަތް ހުއްޓިފައި ހުންނަތާ މަހެއްވާއިރު، މުއިއްޒު އައްޑޫ އަށް ވަޑައިގަންނަވަނީ ކީއްކުރަން؟
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
24 ޖޫން 2025

ކުރިއަށް އޮތް 4 މަސް ތެރޭ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތް ލެބްގެ ޚިދުމަތް ފެށޭނެ - ހެލްތް މިނިސްޓަރ

24 ޖޫން 2025
ކުރިއަށް އޮތް 4 މަސް ތެރޭ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތް ލެބްގެ ޚިދުމަތް ފެށޭނެ - ހެލްތް މިނިސްޓަރ
21 ޖުލައި 2024

ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާ ދެމުންދިޔަ ދަރިވަރު ވޯޑަށް ބަދަލުކޮށްފި

21 ޖުލައި 2024
ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާ ދެމުންދިޔަ ދަރިވަރު ވޯޑަށް ބަދަލުކޮށްފި
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް