Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

ކުރިއަށް އޮތް 4 މަސް ތެރޭ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތް ލެބްގެ ޚިދުމަތް ފެށޭނެ - ހެލްތް މިނިސްޓަރ

މިހާރު މި ވަނީ އެ މަސައްކަތް ޕްރައިވެޓް ސެކްޓަރާ ހަވާލުކުރުމަށް ނިންމާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ޖޫން 2025 | އަންގާރަ 04:55
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

ކުރިއަށް އޮތް 4 މަސް ތެރޭ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތް ލެބްގެ ޚިދުމަތް ފެށޭނެ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުالله ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުالله ނާޒިމް އިބްރާހީމް އާއި ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައި ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ޤާއިމުކުރެވިފައިވާ، ކެތެޓަރައިޒޭޝަން ލެބޯޓަރީ ނުވަތަ ކެތު ލެބުގެ ޚިދުމަތް ދިނުން ނުފެށި ލަސްވަނީ ކީއްވެގެންތޯއެވެ. އަދި އެތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބެންފަށާނެ ތާރީޚް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

Advertisement - newsAdvertisement

އެ ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވެފައި ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކެތްލެބް ޤާއިމްކުރުމަށް އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މެޝިނަރީސް އިންސްޓޯލް ކުރުމާއި ގުޅުން ހުރި މަސައްކަތްތަކުގެ 98% މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލްގައި ޤާއިމްކުރާ ކެތްލެބް ފުރިހަމަ ގޮތުގައި ހިންގާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު ވެސް އިއުލާންކޮށްފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ކެތު ލެބުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ވާއިރު މި މަސައްކަތް ނިމި މުވައްޒަފުން ތަމްރީން ކުރަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ކަމަށް ހޮސްޕިޓަލުން ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މި ލެބް ނިމުނު ފަހުން ދޮޅު އަހަރު ވެގެން ދިޔައިރު އެ މަސައްކަތް އިތުރު ފަރާތަކާ ހަވާލުނުކޮށް އެވެއވެެ. އޭގެ ފަހު މިހާރު މި ވަނީ އެ މަސައްކަތް ޕްރައިވެޓް ސެކްޓަރާ ހަވާލުކުރުމަށް ނިންމާފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްކެތް ލެބްއަބްދުﷲ ނާޒިމް އިބްރާހީމް އަޙްމަދު އަޒާން މަރުޒޫޤު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

09 ޑިސެމްބަރު 2025
އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!
04 ނޮވެމްބަރު 2025

މެދުކެނޑިފައިވާ ސީޓީ ސްކޭން ޚިދުމަތް ހުއްޓިފައި ހުންނަތާ މަހެއްވާއިރު، މުއިއްޒު އައްޑޫ އަށް ވަޑައިގަންނަވަނީ ކީއްކުރަން؟

04 ނޮވެމްބަރު 2025
މެދުކެނޑިފައިވާ ސީޓީ ސްކޭން ޚިދުމަތް ހުއްޓިފައި ހުންނަތާ މަހެއްވާއިރު، މުއިއްޒު އައްޑޫ އަށް ވަޑައިގަންނަވަނީ ކީއްކުރަން؟
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
16 ޑިސެމްބަރު 2024

2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ

16 ޑިސެމްބަރު 2024
2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ
14 ޑިސެމްބަރު 2024

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރާނަން: މިނިސްޓަރު ނާޒިމް

14 ޑިސެމްބަރު 2024
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރާނަން: މިނިސްޓަރު ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު