Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫސިޓީގެ ކޮވިޑް އަޕްޑޭޓް

އައްޑޫގައި ކޮވިޑް ކޭސްތައް ގިނަވެ، މަޢުލޫމާތު ޢާންމުކުރުމުގައި ލަސްތަކެއް

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2022 | ހޮނިހިރު 12:43
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫސިޓީގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ގިނަވެ، ކޮވިޑުގެ އެންމެ ފަހުގެ މަޢުލޫމާތު ޢާންމު ނުކުރާތާ 3 ދުވަސް ފާއިތުވެ ހިނގައްޖެއެވެ. މަޢުލޫމާތު ޢާންމުކުރުން ލަސްވަމުން ދަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ގިނަވެ ސާމްޕަލްތައް ޕްރޮސެސް ކުރުމުގައި ލަސްވަމުންދާތީ ކަމަށް އައްޑޫސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެމަޢުލޫމާތު ލިބުނުހާ އަވަހަކަށް ހާމަ ކުރައްވާނެ ކަމަށެވެ. މިހިނގާ ޖަނަވަރީ މަހުގެ މެދަކާ ހިސާބުން ފެށިގެން ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން އަންނަ އައްޑޫސިޓީގައި އެންމެ ފަހުން ކޮވިޑްގެ އަޕްޑޭޓް ހާމަކޮށްފައިވަނީ ޖަނަވަރީ 19ގައެވެ. އެދުވަހު އެކަނިވެސް 123 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު، އެދުވަހާ ހަމަޔަށް އެސިޓީގެ އެކްޓިވް ކޭސް ތަކުގެ އަދަދަކީ 531 އެވެ. އެއީ ހިތަދޫއިން 235 މީހުންނާއި ފޭދޫއިން 105 މީހުންނާއި، މީދޫއިން 91 މީހުންނާއި، ހުޅުދޫއިން 43 މީހުންނާއި، އަދި މަރަދޫއިން 12 މީހުންގެ އިތުރުން ރިޒޯޓްތަކާއި އަދި މީހުންނޫޅޭ ރަށްރަށުން 18 މީހުންނެވެ.

މިފަހަކަށް އައިސް އައްޑޫސިޓީގައި ސާމްޕަލް ޓެސްޓް ކުރުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާތަނަށް ޖުމްލަ 3629 މީހަކަށް އައްޑޫގައި މިބަލި ޖެހި، އޭގެތެރެއިން 3084 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އައްޑޫ ސިޓީން މިހާތަނަށް މިބަލީގައި 15 މީހަކު ނިޔާވެފަވެއެވެ.

ވޭތުވެދިޔަ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އައްޑޫގައި ކޮވިޑް ފެތުރެމުންދާތީ ސިޓީގެ އަވަށްތައް އޮތީ މޮނިޓަރިންގައެވެ. 4 މަހުގެ ދިގު މުއްދަތަކަށް ފަހު މޮނިޓަރިންއިން ނެގިތާ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް މަތިވެފައެވެ. ނިމިގެން ދިޔައީ މިޑް ޓަރމް ބަންދު ދުވަސްވަރު ކަމަށްވެފައި މީހުން ރަށަށް އައިސް ގޮސް ހެދި މިންވަރުވެސް އިތުރުވެފައިވުމާއެކު، ކުރިއަށް އޮތް ތާނގައިވެސް ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވް ވާނެ ކަމަށް ބެލެވެއެވެ. އައްޑޫގައި ދަނީ ޖަނަވަރީ 16އިން ފެށިގެން ކޮވިޑްގެ ޚާއްސަ ފިޔަވަޅުތަކާއެކު ސްކޫލްތަކުގައިވެސް ކިޔަވައި ދެމުންނެވެ.

އައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

09 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު