Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްްޑޫ ސިޓީ

މެދުކެނޑިފައިވާ ސީޓީ ސްކޭން ޚިދުމަތް ހުއްޓިފައި ހުންނަތާ މަހެއްވާއިރު، މުއިއްޒު އައްޑޫ އަށް ވަޑައިގަންނަވަނީ ކީއްކުރަން؟

އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލުގައި ކުޑަކުޑަ ހޮޅިކޮޅެއްގެ މައްސަލަ ހައްލުނުވެ މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ސީޓީ ސްކޭންގެ ޚިދުމަތް ނުލިބި އައްޑޫގެ ރައްޔިތުން ދަނީ މާޔޫސްކަމާއެކު ސްކޭން ހެދުމަށް ރަށުން ބޭރަށް ދަތުރު ކުރަމުންނެވެ. ހޮސްޕިޓަލުގެ ޚިދުމަތްތައް މަޑުމަޑުން ހީނަރުވަމުން ދާތީ ރައްޔިތުންގެ މާޔޫސްކަން އިންތިހާ އަށް ގޮސްފައިވާއިރު، ރައީސް މުއިއްޒު އައްޑޫ ސިޓީ އަށް މިވަޑައިގަންނަވަނީ ކީއްކުރަންތޯ ރައްޔިތުން ސުވާލު އުފައްދައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2025 | އަންގާރަ 10:05
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

އައްޑޫ ސިޓީގައި ސީޓީ ސްކޭން ނުހެދޭތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަވެ އައްޑޫގެ ރައްޔިތުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގަ އެވެ. އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ނުހެދޭތީ އާއްމު ރައްޔިތުން ދަނީ އެކަމާއި މެދު ނުރުހުން ފާޅުކުރަމުންނެވެ. ރާއްޖެ އެމްވީ އާއި ވާހަކަދެއްކި މީހަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ނުހެދޭތާ މަހަކަށްވުރެ ގިނަ ދުވަސްވެ ގެން ގޮސްފައިވާ ކަމަށެވެ.

ސީޓީ ސްކޭންގެ ޚިދުމަތަކީ ހޮސްޕިޓަލުގައި މި ޚިދުމަތް ދޭން ފެށުނީއްސުރެ މެދުކެނޑުނު ޚިދުމަތެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެ ހޮސްޕިޓަލްގެ ސްޓާފަކާއި ހަވާލާދީ އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް ކިޔާދިން ގޮތުގައި ސީޓީ ސްކޭންގެ މައްސަލަ ހައްލު ނުކުރެވި ވަނީ ކުޑަކުޑަ ސްޕެއަރ އެއް (ހޮޅިކޮޅެއް)ގެ މައްސަލަ ހައްލު ނުކުރެވިގެންނެވެ.

އެ ވަރު ކުޑަ ކަމެއް ހައްލު ނުވެ ގިނަ ދުވަސްތަކެއް ވޭތުވެގެން ދިޔައިރު މި ޚިދުމަތް ނުލިބިގެން އައްޑޫގެ ރައްޔިތުން މިހާރު ސްކޭން ހަދަން ރަށުންބޭރަށް ދަތުރުކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށް މި ނޫހާއި ވާހަކަދެއްކި ބައެއް އާއްމުން ވަނީ ބުނެފައެވެ.

"ހޮސްޕިޓަލުގެ ޚިދުމަތްތައް މަޑުމަޑުން ހީނަރުވަމުން ގޮސް ރައްޔިތުންގެ މާޔޫސްކަން އިންތިހާ އަށް ގޮސްފައި ވާއިރު ރައީސް މުއިއްޒު އައްޑޫ ސިޓީ އަށް މިވަޑައިގަންނަވަނީ ކީއްކުރަން ތޯ" އެ އާއްމު މީހާ ވަނީ ބުނެފައެވެ.

ރައީސް ޑރ،.މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހު ހެނދުނުގެ ވަގުތެއްގައި ސ.ހުޅުދޫ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހުޅުދޫގައި އޭޓީއެމްގެ ރިބަން ކެނޑުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ފަހުން ހިތަދޫ އަށް ވެސް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އައްޑޫގައި ސީޓީ ސްކޭން ނުހެދޭކަން އޭއީއެޗްގެ ސީއީއޯ ޔަޤީންކޮށްދެއްވާ، ވިދާޅުވީ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް!

އޭއީއެޗްގެ ސީއީއޯ ޑރ.ޔާސިރު އަހުމަދު
އޭއީއެޗްގެ ސީއީއޯ ޑރ.ޔާސިރު އަހުމަދު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯ ޑރ.ޔާސިރު އަހުމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ވެސް އެމަރޖެންސީ ސްކޭންތައް އޭއީއެޗްގައި ކުރެވޭ ކަމަށެވެ. އެހެންނަމަވެސް ސީޓީ ސްކޭންގެ ޚިދުމަތް ހުއްޓިފައި އޮންނަތާ 3 ހަފްތާ ވެފައިވާ ކަން އޭނާ ވަނީ ޔަޤީންކޮށްދެއްވާފަ އެވެ.

"ހަމައެކަނި އެމަރޖެންސީ އެއްޗެހި ހެދެނީ. އެ ބޭފުޅުން ވިދާޅުވީ ރިންގެއްގެ މައްސަލަ ޖެހުނު ކަމަށް. އިތުރު ސްޕެއަރ އެއް ބޭނުންވާ ކަމަށް. އެމަރޖެންސީކޮށް ހެދޭ އެއީ މާ ގިނައިން ހަދަން ވެއްޖެއްޔާ މައްސަލަ ޖެހޭނެތީ." އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ އިސްސަފުގައި މަސައްކަތް ކުރައްވާ ބޭފުޅަކާއި ހަވާލާދީ އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި އޭއީއެޗްގެ ހިންގުން ބަލިކަށިވެ ޑރ.ޔާސިރު މަޤާމުގައި ބަހައްޓާނީ ތޯ ނުވަތަ ނޫންތޯ ރައީސް ވަނީ ކަމާއި ގުޅުން ހުރި ބައެއް ބޭފުޅުންނާ މަޝްވަރާ ކޮށްފައެވެ.

"ރައީސްގެ އަރިހަށް މައްސަލަ ގެންގޮސްގެން ސަރުކާރު ތެރޭގައި ކިޔާ ގޮތުން ނަމަ މަޤާމުން ވަކިކުރަން ވެސް އެންގި ކަމަށް ބުނަނީ. ނަމަވެސް ދެން އެހެން ނުފޫޒު ގަދަ ފަރާތަކުން އެ ނިންމުމަށް ބާރު ފޯރުވި ކަމަށް ބުނަނީ. ޑރ.ޔާސިރު އަކީ ފަރސްޓް ލޭޑީ ސާޖިދާގެ ކުރީގެ ބޮސް. އަދި ހައިދަރުގެ ކޮއްކޮ. ނޭނގެ ދެން ކީއްވެ ކަމެއް ބެހެއްޓީ" އޭނާ ވަނީ ބުނެފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހާ މިފަދައިން ބުނި ނަމަވެސް ޑރ.ޔާސިރު ވިދާޅުވީ އޭނާ މަޤާމުން ވަކިކުރުމާއި މެދު އެއްވެސް ވާހަކަ އެއްް ދެކެވިފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ރަސްމީ ހައިސިއްޔަތުންނާއި ނުރަސްމީ ހައިސިއްޔަތުން ވެސް އެފަދަ ވާހަކަ އެއް ނުދެކެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހޮސްޕިޓަލަށް ވަޑައިނުގެންނެވި ނަމަވެސް އޭއީއެޗްގެ އިސް ބޭފުޅުންނާއި ވެސް މި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަން ވަނީ މި ނޫހަށް ޔަޤީންވެފައެވެ. ޓީ ސްކޭންގެ މަސައްކަތް ހައްލުކުރުމަށް މަސައްކަތް ކުރަނީ އެކަން ހަވާލުކޮށްފައިވާ ޖީއީ ނަމަކަށް ކިޔާ ކުންފުންޏަކާއި އެވެ.

ސިއްހީ ނިޒާމާއި މެދު އިތުރު އެތައް ޝަކުވާ އެއް އެބަ ހުރި!

މީގެ އިތުރުން އެ ހޮސްޕިޓަލުގައި ހުޅުވަން ބުނި އައިނު ފިހާރަވެސް ވުޖޫދުނުވެ މަސައްކަތް ހުއްޓިފައި އޮތުމުން ރައްޔިތުން ތިބީ ނުރުހިފައެވެ. ހަމައެހެންމެ ވޭތުވެ ދިޔަ ސަރުކާރުގައި ފަރުމާކޮށް ފުރިހަމަ ކުރި ކެތުލެބުގެ ޚިދުމަތް ފަށަން މިސަރުކާރަށް ލިބުނު އިރު އެކަން ބަޔަކާ ހަވާލުކޮށް އެގުރިމެންޓެއްގައި ސޮއިކޮށްނުލެވި 2 އަހަރު ފާއިތުވެ ދިޔައީއެވެ.

މިކަމާއި މެދު ސުވާލުކުރުމުން، ޔާސިރު ވިދާޅުވީ ކެތްލެބްގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ކަންކަން މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އެއީ އަގު ބޮޑު މަރުހަލާ އަކަށް ވުމުން އެ މަރުހަލާ ކުރިއަށް ގެންދަނީ ފިނޭންސުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފިނޭންސުން އެ މަސައްކަތަށް ބަޔަކު ހޮވުމަށް ފަހު މަޝްވަރާގެ މަރުހަލާ ފަށާފައިވާ ކަމަށް އަަންގާފައިވާ ކަމަށް ޔާސިރު ވަނީ ވިދާޅުވެފައެވެ. ކެތްލެބްގެ އިކުއިޕްމެންޓް އިންސްޓޯލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފިނޭންސްގައި މިހާރު އެ މަސައްކަތް އޮތީ. އެކޮޅުން އަޕްޑޭޓޭއް ސާފުކޮށްލެއްވުން ރަނގަޅު." ޑރ.ޔާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމީދޫގެ އެކްސްރޭ ނުނެގޭތާ ގާތްގަނޑަކަށް 3 މަސް ދުވަސް ވަނީ ވެފައެވެ. މިހާރު އެކްސްރޭ ނަގަމުން ދަނީ ބަލި މީހުން އޭއީއެޗް އަށް ގެންގޮސްގެންނެވެ. އެ މައްސަލަ ވެސް ހައްލުވާނެ ވަގުތެއް ސާފު ނުވާ ކަމަށް ރާއްޖެ އެމްވީ އަށް ވަނީ އެނގިފައެވެ.

އައްޑޫގައި ޓަރޝަރީ ފެންވަރުގައި ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށާއި ބަލި މީހުންނަށް ޚިދުމަތް ދިނުމުގައި އިތުބާރު ހޯދަން ދަތިތަކާއި ދިމާވާ ކަމަށް ޔާސިރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އޭއީއެޗްގެ ބައެއް މުވައްޒަފުން ވަނީ އިދާރީ ހިންގުމަށް ވެސް މިހާރުގެ މެނޭޖްމެންޓުގެ ނޭދެވޭ ނުފޫޒު ފޯރުވާ ކަމަށް ބުނެފައެވެ. އަދި ހަރުދަނާކޮށް ހިނގަމުން އައި ބައެއް ކަންކަން ބޮއްސުން ލުމާއި، ސަރުކާރުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުން ފަދަ ކަންކަން ދިމާވާ ކަމަށް އެ ސްޓާފުން ވަނީ މި ނޫހަށް ކިޔާދީފައެވެ.

މިފަދަ ކަންކަން ހައްލު ނުކުރެވި ވަނިކޮށް އައްޑޫ ސިޓީ އާއި ސ.ހުޅުދޫ އަށް ވަޑައިގެން ރައީސް މުއިއްޒު އާއްމުންނަށް ދައްކަވާނީ ކޮން މޫނެއްތޯ މި ކަމާއި މެދު ފާޑުކީ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިއީ ހަގީގީ މައްސަލަތައް ހައްލު ނުވާ މިންވަރު އެނގޭ ކަމެއް ކަމަށް ވެސް އާޢްމުން ދަނީ ބުނަމުންނެވެ.

އައްްޑޫ ސިޓީއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު