Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގައި ވައިރަލް ހުން ފެތުރުން

ޑެންގޫ، ލޮލުރޯގާ އަދި ވައިރަލް ހުން އައްޑޫސިޓީގައި ފެތުރޭތީ ސަމާލުވުމަށް އެދެފި

4 ނޮވެމްބަރު 2021 | ބުރާސްފަތި 14:21

މިތިންބަލީގެ ޕޮޒިޓިވް ކޭސްތައް އައްޑޫން ދަނީ ފެންނަމުން

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 4 ނޮވެމްބަރު 2021 | ބުރާސްފަތި 14:21
އައްޑޫ ސިޓީ ސްކޮއަރ

އައްޑޫ ސިޓީ ސްކޮއަރ

ލޮލުރޯގާއާއި ވައިރަލް ހުން އަދި މަދިރީގެ ސަބަބުން ފެތުރޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ޑެންގީ ޖެހޭ މީހުން އައްޑޫސިޓީގައި ގިނަވަމުން ދިއުމާ ގުޅިގެން އެކަމަށް ސަމާލުވުމަށް ސިއްހީ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ މިދުވަސްވަރު އައްޑޫސިޓީން ޑެންގޫ، ލޮލުރޯގާ އަދި ވައިރަލް ހުމަށް މީހުން ޕޮޒިޓިވް ވަމުން ދިއުމާގުޅިގެން އެކަމަށް ސަމާލުވުމަށް އެދިފައެވެ.

ޑެންގޫ ހުމުން ރައްކާތެރި ވުމުގެ ގޮތުން ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމާއި, ގެއާއި ގޯތި ތެރޭގައި އުޅޭއިރު މަދިރިން ރައްކާތެރިވުމަށް ބޭނުންކުރާ ޒާތުގެ ލޯޝަން ބޭނުންކުރުމާއި މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް އެބަޔާނުގައި އެދިފައިވެއެވެ.

އަދި ލޮލުރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކައި, ފަރުވާ ހޯދުމަށާއި އާއްމުން އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން ވައިރަލް ހުމުން ރައްކާތެރި ވުމުގެ ގޮތުން, ހުންއައިސް ކެއްސާ ކިނބިހި އަޅާނަމަ ފްލޫ ކްލިނިކަށް ދައްކައިގެން އަވަހަށް ފަރުވާ ހޯދުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި, ގިނަގިނައިން އަތް ދޮވުމުގެ އިތުރަށް ކެއްސާ ކިނބިހި އަޅާނަމަ އަނގަޔާއި ނޭފަތްނިވާކުރުމަށް ހޮސްޕިޓަލުން އެދިފައިވެއެވެ.

މިދުވަސްވަރަކީ އައްޑޫސިޓީގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ގިނަ ދުވަސްވަރެކެވެ. އިއްޔެ އެކަނިވެސް 20 މީހުން ޕޮޒިޓިވް ވެފައިވާއިރު ބަލިން އަދި ފަސޭހަނުވާ 290 މީހުން މިވަގުތު އައްޑޫގައި އެބަތިއްބެވެ.

ގިނަ ބަލިތަކެއް ފެތުރުމުގެ އަސްލު ކަމުގައިވާ މަދިރި އާލާވުމުގެ ފުރުސަތު ބޮޑު ފަޅުގޯތިތަކާއި ޗަސްބިން ގިނަ އައްޑޫސިޓީން މަދިރި މަދުކުރުމަށްޓަކައި ސިޓީ ކައުންސިލުންދަނީ ހަފްތާއަކު 2 ފަހަރު ސިޓީގެ ހުރިހާ ސަރަޙައްދެއް ފޮގް ކުރަމުންނެވެ. 

އައްްޑޫ ސިޓީއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްއައްޑޫ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

09 ޑިސެމްބަރު 2025
އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް