Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭއީއެޗްގައި ވިހޭ ކުއްޖަކު ނިޔާވުން

އޭއީއެޗްގައި ވިހޭ ތުއްތު ކުއްޖާ ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނާ ވާހަކަ ހޮސްޕިޓަލުން ދޮގުކޮށްފި

ކުއްޖާ ނިޔާވުމަށް މެދުވެރިވީ ޝޯލްޑަރ ޑިސްޓޯޝިއަރގެ ސަބަބުން، ކޮނޑު ތާށިވެގެން

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 13 ނޮވެމްބަރު 2021 | ހޮނިހިރު 11:55
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

ރޭ ދަންވަރު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހޭ ތުއްތު ކުއްޖާ ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނާ ވާހަކަ، އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން އޭއީއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއީ އެއްވެސް ހާލެއްގައި ބައެއްގެ އިހުމާލުން ހިނގި ކަމެއް ނޫން ކަމަށާއި، ނިޔާވި ކުއްޖާއަކީ އާއްމު މިންގަނޑަށްވުރެ ބަރު ކުއްޖަކަށްވެފައި، ޝޯލްޑަރ ޑިސްޓޯޝިއާގެ ސަބަބުން ވިއްސަން އުނދަގޫވި ކުއްޖެއްކަމަށެވެ.

Advertisement - newsAdvertisement

"ކުއްޖާ ވިއްސުމަށްފަހު ރިސަސިޓޭޓް ކުރެވިފައިވޭ. އެހެންނަމަވެސް، ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވި. ޝޯލްޑަރ ޑިސްޓޯޝިއާއަކީ މަދުން ނަމަވެސް, ދިމާވުމުން، އޭގެ ސަބަބުން މައިމީހާއާއި ކުއްޖާއަށް ނުރައްކާވާ ހާލަތެއް." އޭއީއެޗްގެ ބަޔާނުގައި ވެއެވެ.

މިހާދިސާގައި، އޭއީއެޗްގައި ފަރުވާ ހޯދަމުންދާ ޕޭޝަންޓާމެދު ހޮސްޕިޓަލުން އަމަލުކޮށްފައިވަނީ އޭއީއެޗްގެ އާއްމު އުސޫލާ އެއްގޮތަށް، ޑެލިވަރީގައި ކަންކުރަން ޖެހޭ ހުރިހާ ޕްރޮސީޖަރއެއް ފުރިހަމަ ކޮށްފައިކަމަށާއި އޮންކޯލްގައި ހުންނެވި ޑޮކްޓަރުވެސް އެވަގުތު ގުޅައިގެން ގެނައިކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖާ ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން މިއަދުވަނީ ތުހުމަތުކޮށްފައެވެ. އައްޑޫ ހޮސްޕިޓަލަށް ވިއްސަން ގެނައި މިމީހާއަކީ ގދ. ވާދޫގެ އަންހެނެކެވެ. މިކަމުގައި ހޮސްޕިޓަލުގެ އިހުމާލުއޮތްކަމަށް އާއިލާއިން ތުހުމަތު ކުރަނީ، ނަރުހުންގެ އަތްމަތިން ކުއްޖާ ވިހެއުމާއި، ޑޮކްޓަރެއް އެވަގުތު ނެތުމުގެ އިތުރަށް، ކުއްޖާގެ ހަށިގަނޑަށް އެކިވަރުގެ އަނިޔާ ވެފައިވާތީއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

09 ޑިސެމްބަރު 2025
އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު