Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

ޑޮކްޓަރުންގެ މުސާރަ ކުޑަވުމުން، ގާބިލު ޑޮކްޓަރުން ހޯދަން ދަތި: އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ

ޑޮކްޓަރުންނަށް މުސާރަ ދޭއިރު ބަލަން ޖެހޭ މިންގަނޑަކީ ސިވިލް ސަރވިސްގައި ކަނޑައަޅާފައިވާ މިންގަނޑު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2021 | އާދީއްތަ 17:43
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް

ޑޮކްޓަރުންގެ މުސާރަ ކުޑަވުމުން، ގާބިލު ޑޮކްޓަރުން ހޯދުމަށް ދަތިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ ސާލިހު ވިދާޅުވީ މިހާރު އޮތް ގޮތުން، ހޮސްޕިޓަލުގައި ބަޖެޓެއް ކަނޑައެޅިފައި އޮތަސް ޑޮކްޓަރުންނަށް މުސާރަ ދޭއިރު ބަލަން ޖެހޭ މިންގަނޑަކީ ސިވިލް ސަރވިސްގައި ކަނޑައަޅާފައިވާ މިންގަނޑު ކަމަށެވެ. އަދި އެ ނޫން މިންގަނޑަކަށް ޑޮކްޓަރުންނަށް މުސާރަ ދިނުމުގެ ބާރު ހޮސްޕިޓަލަށް ލިބިގެން ނުވާ ކަމަށެވެ.

ޕްރައިވެޓް ހޮސްޕިޓަލުގައި ތަފާތު ދެ ސްޕެޝަލިސްޓުންނަށް ތަޖުރިބާ އާއި މަސައްކަތަށް ބެލުމަށްފަހު މުސާރަ ދޭއިރު އަދަދުތަކުގައި ފަރަގު އުޅެދާނެ ކަމަށް ވެސް ސާލިހް ވިދާޅުވިއެވެ. ޕްރައިވެޓް ހޮސްޕިޓަލުތައް ފަދައިން އައްޑޫ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް އެގޮތަށް މުސާރަ ކަނޑައެޅުމުގެ ބާރު ނެތުމުން ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ ސާލިހު ވިދާޅުވީ މި ދާއިރާއަށް ބަލާއިރު އެކަށީގެންވާ މިންވަރަށް ދިވެހި ޑޮކްޓަރުން ލިބެން ނެތް ކަމަށެވެ. އަދި ރާއްޖެތެރޭގެ ރަށްތަކަށް އައިސް މަސައްކަތް ކުރާނެ ޑޮކްޓަރުން ވެސް ހޯދުމަށް ދަތިވާ ކަމަށެވެ.

އެހެންވުމުގެ ސަބަބުން ބޭރު ގައުމުތަކުން ޑޮކްޓަރުން ގެންނަން ޖެހޭ ކަމަށާއި އެގޮތަށް ބަލާއިރު ވެސް ބައެއް ގައުމުތަކުގައި ކޮވިޑުގެ ހާލަތު ރަނގަޅު ނުވާތީ، ރާއްޖެއިން ބޭރުން ވެސް ޑޮކްޓަރުން ގެންނަން ހުރަސްތަކާއި ކުރިމަތިވާ ކަމަށެވެ.

ޑޮކްޓަރުން ނަގާއިރު ހަމައެކަނި ބޭސް ސިޓީ ލިޔެލާފައި ފޮނުވާލާ ޑޮކްޓަރުން ނަގަން ބޭނުންނުވާކަން ފާހަގަކުރައްވާ ޑރ ސާލިހް ވިދާޅުވީ ރައްޔިތުންނަށް އިތުބާރު ހިފޭ ޑޮކްޓަރުން ހޮސްޕިޓަލަށް ނަގަން ބޭނުންވާ ކަމަށެވެ.

ނަރުހުންނާއި އެޓެންޑެންޓުން ލިބުމުގައި ވެސް ދަތިކަން ހުރިކަން ފާހަގަކުރައްވާ ޑރ ސާލިހު ވިދާޅުވީ އާންމުކޮށް ނަރުހުން ކަނޑައަޅަނީ ބެޑް ކެޕޭސިޓީއަށް ބެލުމަށްފަހު ކަމަށެވެ. މިހާރުގެ ހާލަތަށް ބަލާއިރު 160 ނަރުހުން ބޭނުންވާ ކަމަށާއި ކޮވިޑް ހޮސްޕިޓަލަށް ވެސް 12 ނަރުހުން ރިލީޒް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަށީގެންވާ އަދަދަކަށް މުވައްޒަފުން ލިބިފައި ނެތް ކަމަށާއި އެޓެންޑެންޓުން ވެސް މަދު ކަމަށް ޑރ ސާލިހް ފާހަގަކުރެއްވިއެވެ.

ކަސްޓަމަރ ކެއަރގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ހޯދުމަށް ދަތިވާ ކަމަށް ވިދާޅުވިއެވެ. ހޮސްޕިޓަލް ހިންގުމަށް ބޭނުންވާ އަދަދަށް މުވައްޒަފުން ލިބިފައި ނެތް ކަމަށާއި އެހެންކަމުން މަގާމުތަކަށް މީހުން ނުނެގިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި އަމާޒަކީ މިކަންތައްތަކަށް ހައްލު ހޯދައި، އެހެން އެއްވެސް ހޮސްޕިޓަލަކުން ޚިދުމަތް ލިބެން ނެތް ފެންވަރަށް އައްޑޫ ހޮސްޕިޓަލުގެ ޚިދުމަތް މައްޗަށް ގެންދިޔުމަށް ކަމަށް ޑރ ސާލިހް ވިދާޅުވިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްފަލަ ސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

09 ޑިސެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
މެދުކެނޑިފައިވާ ސީޓީ ސްކޭން ޚިދުމަތް ހުއްޓިފައި ހުންނަތާ މަހެއްވާއިރު، މުއިއްޒު އައްޑޫ އަށް ވަޑައިގަންނަވަނީ ކީއްކުރަން؟

މެދުކެނޑިފައިވާ ސީޓީ ސްކޭން ޚިދުމަތް ހުއްޓިފައި ހުންނަތާ މަހެއްވާއިރު، މުއިއްޒު އައްޑޫ އަށް ވަޑައިގަންނަވަނީ ކީއްކުރަން؟

04 ނޮވެމްބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު