Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާގެ މެޑިކަލް ޖަމިއްޔާ ތަކުން، ހެލްތު ސެކްރެޓަރީ ކެނެޑީގެ އިސްތިއުފާ އަށް ގޮވާލައިފި

އެމެރިކާގެ 20 އަށް ވުރެ ގިނަ މެޑިކަލް ޖަމިއްޔާ ތަކުން ވަނީ ހެލްތު ސެކްރެޓަރީ ކެނެޑީގެ އިސްތިއުފާ އަށް ގޮވާލައި ބަޔާނެއް ނެރެފަ އެވެ. މިއީ ކެނެޑީގެ ސިޔާސަތު ތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ޞިއްޙަތަށް ނުރައްކާވަމުންދާ ކަމަށް ބުނެ ގޮވާލާފައިވާ ގޮވާލުމެކެވެ.

20 އަށްވުރެ ގިނަ ސިއްހީ ޖަމްއިއްޔާތަކުން ޔޫއެސް ސިއްހީ ވަޒީރު ރޮބަޓް އެފް ކެނެޑީ އިސްތިއުފާ ދިނުމަށް ގޮވާލައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 08:22
އެމެރިކާގެ ސެކްރެޓަރީ އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް ރޮބަޓް އެފް ކެނެޑީ ޖޫނިއާ

އެމެރިކާގެ ސެކްރެޓަރީ އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް ރޮބަޓް އެފް ކެނެޑީ ޖޫނިއާ

އެމެރިކާގެ މެޑިކަލް ޖަމިއްޔާ ތަކުން، އެ ޤައުމުގެ ހެލްތު ސެކްރެޓަރީ ރޮބާޓް އެފް ކެނެޑީ ޖޫނިއާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައިފި އެވެ.

އެމެރިކާގެ 20 އަށް ވުރެ ގިނަ މެޑިކަލް ޖަމިއްޔާ ތަކުން ވަނީ ހެލްތު ސެކްރެޓަރީ ކެނެޑީގެ އިސްތިއުފާ އަށް ގޮވާލައި ބަޔާނެއް ނެރެފަ އެވެ. މިއީ ކެނެޑީގެ ސިޔާސަތު ތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ޞިއްޙަތަށް ނުރައްކާވަމުންދާ ކަމަށް ބުނެ ގޮވާލާފައިވާ ގޮވާލުމެކެވެ.

ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)ގެ ކުރީގެ ޑިރެކްޓަރުން ވެސް ވަނީ ކެނެޑީގެ ނިންމުން ތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ ބޭފުޅުންނަކީ މީގެ ކުރިން ޑިމޮކްރެޓިކް ޕާޓީ އަދި ރިޕަބްލިކަން ޕާޓީގެ ސަރުކާރު ތަކުގެ ދަށުން ވެސް އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނެވެ. ވަކިން ޚާއްސަކޮށް، ސީޑީސީގެ ޑިރެކްޓަރު ވަޒީފާ އިން ވަކި ކުރުމަށް ކެނެޑީ ނިންމި ނިންމުމާ މެދު އެ ބޭފުޅުން ވަނީ ފާޑު ވިދާޅުވެފަ އެވެ.

ޖަމިއްޔާ ތަކުގެ ބަޔާނުގައި ބުނެފައި ވަނީ މިވަގުތު އެމެރިކާ އަށް ބޭނުން ވަނީ ހާމަކަން ބޮޑު، އަދި ތެދުވެރި މުއާމަލާތްތައް ކުރިއަރުވާނެ އިސްވެރިން ތަކެއް ކަަމަށެވެ. އެހެން ނަމަވެސް، މީޣެ އަހަރު ތަކެއް ވަންދެން ފުރާނަ ސަލާމަތް ކުރުމަށް ކުރެވިފައިވާ ސައިންޓިފިކް ދިރާސާތައް އެއް ފަރާތްކޮށް، ޞިއްޙީ ކުރިއެރުންތައް ފަހަތަށް ޖައްސާލުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ހެލްތު ސެކްރެޓަރީ ކެނެޑީގެ މަގާމުގައި އެންމެ ފާހަގަ ކޮށްލެވޭ ނިންމުން ތަކުގެ ތެރޭގައި، މިއަހަރުގެ މެއި މަހުގެ ތެރޭހައި ކުޑަ ކުދިންނާއި މާބަނޑު އަންހެނުންނަށް ކޯވިޑް-19 ވެކްސިން ދިނުމުގެ ފެޑަރަލް ލަދާ އެރުވުން ހިމެނެ އެވެ.އއަދި އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި ސީޑީސީގެ ވެކްސިން ލަދާފޭ ކޮމެޓީގެ މެމްބަރުން ވަކި ކުރުމަށް ފަހު، ކެނެޑީގެ އަމިއްލަ ވިސްނުމާ އެއްް ގޮތަށް ހިތްވަރުދޭ ބަޔަކު އެ މަގާމު ތަކަށް އައްޔަން ކުރުން ހިމެނެ އެވެ.

ސީޑީސީގެ ޑިރެކްޓަރު ސޫސަން މޮނާރެޒް ވަޒީފާ އިން ވަކި ކުރުމާ ގުޅިގެން، އެތައް އިސް އޮފިޝަލުން ތަކެއް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މީގެ އިތުރުން، 1000 އަށް ވުރެ ގިނަ މިހާރުގެ އަދި ކުރީގެ ހެލްތު އެންޑް ހިއުމަން ސާވިސަސް ޑިޕާޓްމަންޓުގެ މުވައްޒަފުން ވަނީ ކެނެޑީ އިސްތިއުފާ ދިނުމަށް ނުވަތަ، މަގާމުން ވަކި ކުރުމަށް ގޮވާލައި ސިޓީއެއް ގައި ސޮއި ވެސް ކޮށްފަ އެވެ.

ކެނެޑީއާ ދެކޮޅަށް އެތައް ބަޔަކު ވާހަކަ ދައްކަމުން އަންނަ ދަނޑިވަޅެއްގައި، ސޯޝަލް މީޑިއާގައިި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައި ވަނީ، އޭނާގެ މަޤުސަދަކީ ސީޑީސީގެ އަމާޒު އަނބުރާ ގައިން ގަޔަށް އަރާ ބަލިތަކާ ދިމާލަން ބަދަލު ކުރުން ކަމަށެވެ. އަދި ހާމަ ކަމާއި ޤާބިލު ކަމުގެ ތެރެއިން އަލުން އިތުބާރު ބިނާ ކުރުން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވުމަށް ފަހު ކެނެޑީ ހެލްތު ސެކްރެޓަރީ ކަމަށް އައްޔަން ކުރައްވާފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

މަސްދަރު: ރޮއިޓާސް

ރޮބަޓް ކެނެޑީ ޖޫނިއަރސީޑީސީހެލްތް ޑިޕާޓްމަންޓްއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު