Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޓްރޯނިކް އިމިއުނައިޒޭޝަން

ޖެނުއަރީ 2020 ފެށިގެން އުފަންވެފައި ތިބި ހުރިހާ ކުދިންގެ މައުލޫމާތު ޕްލެޓްފޯމަށް އެންޓަރކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ފާތިމަތު ޝަމާ

ޑޭޓާ އެންޓަރ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ސިސްޓަމް ޑިވެލޮޕްކުރަން ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 17:17
ހެލްތު މިނިސްޓްރީގެ ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ ފާތިމަތު ޝަމާ

ހެލްތު މިނިސްޓްރީގެ ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ ފާތިމަތު ޝަމާ

ޖެނުއަރީ 2020ން ފެށިގެން އުފަންވެފައި ތިބި ހުރިހާ ކުދިންގެ މައުލޫމާތު މިއަހަރު ނިމުމުގެކުރިން އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީއަށް އެންޓަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް، ހެލްތު މިނިސްޓްރީގެ ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ ފާތިމަތު ޝަމާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޝަމާ ވިދާޅުވީ، ޑޭޓާ އެންޓަރކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ސިސްޓަމް ޑިވެލޮޕްކުރަން ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން ކަމަށެވެ.

Advertisement - newsAdvertisement

ކުރީގައި މެނުއަލްކޮށް ލިޔާއިރު އެއްފަހަރާ ދެ ވެކްސިން ޖެހުމުގެ ފުރުސަތު ބޮޑުކަމަށާއި، އެގޮތަށް ދިމާވާން މެދުވެރިވާ މައްސަލަތައް މި ޕްލެޓްފޯމާއެކު ހައްލުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ނާޝިޔާ އަބްދުލް ޣަފޫރު ވިދާޅުވީ، ކުދިންގެ ވެކްސިން ޖެހުމަށް މިކަމުގެ ސަބަބުން ފަސޭހަވެގެންދާނެކަމަށެވެ.

ދެ ވެކްސިން ދޭތެރޭގައި ވަކި މުއްދަތެއް އޮންނަކަމަށާއި، މުއްދަތަށްވުރެ އަވަސްވެއްޖެނަމަ ސިސްޓަމަށް އެންޓަރ ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ވަރަށް ޕޮޒިޓިވް ކަމަކަށް ވާނެކަމަށް ނާޝިޔާ ވިދާޅުވިއެވެ.

ނާޝިޔާ ވިދާޅުވީ ޑަބްލިޔުއެޗްއޯއަށް ފޮނުވަންޖެހޭ ރިޕޯޓްތައް ހެދުމަށް މިކަމުގެ ސަބަބުންވެސް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުން މި ޕްލެޓްފޯމް ބޭނުންކުރަން ފަށާފައިވާ ކަމަށާއި، އެ ސެންޓަރުތަކުގައިވެސް ޑޭޓާ އެންޓަރކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތުދޭގޮތުގައި އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީއަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ޔުނިސެފްގެ އެހީއާއެކު، ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތު ކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކައުތެރިކޮށް ބެލެހެއްޓުމަށް މަގުފަހިކޮށްދޭނެ ނިޒާމެކެވެ.

މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ DHIS2  ޕްލެޓްފޯރމްގެ ބައެއްގެ ގޮތުގައި ތައާރަފްކުރެވުނު ޑިޖިޓަލް ރެޖިސްޓްރީއެކެވެ.

މި ރެޖިސްޓްރީ މެދުވެރިކޮށް ތުއްތުކުދިންގެ ވެކްސިނޭޝަންގެ މައުލޫމާތު ޓްރެކްކުރެވި، އެކި ސެންޓަރުތަކުން ކުއްޖާއަށް ދެވޭ ވެކްސިންގެ މައުލޫމާތު އެއް ރެކޯޑަކުން ފެނިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތުން ކުއްޖާ އުފަންވާއިރު ދެވޭ ވެކްސިނުން ފެށިގެން ދެވޭ ހުރިހާ ވެކްސިންތަކުގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެެވެ.

މީގެ ސަބަބުން ވެކްސިނޭޝަން ސެންޓަރުތަކުން ކުއްޖަކަށް ކުރިން ދީފައިވާ ވެކްސިނޭޝަންތައް ކަށަވަރުކުރުމަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެއެވެ.

ވެކްސިންހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު