Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ކޮވިޑް-19 ވެކްސިން

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށް އެކަޑަމީން ބުނާއިރު، ސަރުކާރުން ބުނަނީ އެއީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ބެލުމަށް.

ރާއްޖެ އެމްވީ | 19 އޯގަސްޓު 2025 | އަންގާރަ 19:18
ފައިޒަރ-ބަޔޯއެންޓެކް ކޮވިޑް-19 ވެކްސިން

ފައިޒަރ-ބަޔޯއެންޓެކް ކޮވިޑް-19 ވެކްސިން

އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް އިން ހުރިހާ ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާދީއެވެ.

މިއީ އެމެރިކާގެ މައި ސަރުކާރުގެ ސިޔާސަތާ ސީދާ ފުށުއަރާ ލަފައެއް ކަން ފާހަގަ ކުރެވޭ އިރު، އެމެރިކާ ސަރުކާރުން ބުނެފައިވަނީ ޞިއްޙަތު ރަނގަޅު ކުޑަކުދިންނަށް އާންމުކޮށް ކޮވިޑް ވެކްސިން ޖެހުމަށް ރެކޮމެންޑް ނުކުރާ ކަމަށެވެ.

އެމެރިކާގެ ކުޑަކުދިންގެ ޞިއްޙަތާ ބެހޭ މި ގްރޫޕުން އަންގާރަ ދުވަހު އެންމެ ފަހުން ނެރުނު ސިޔާސަތުގެ ލިޔުމުގައި ބުނެފައިވަނީ، 6 މަހާއި 23 މަހުގެ އުމުރުފުރައިގެ ހުރިހާ ކުދިންނަށްވެސް، ކުރިން ވެކްސިން ޖަހާފައިވީ ނަމަވެސް ނުވަތަ ސާރސް-ކޮވް-2 ބަލި ޖެހިފައިވީ ނަމަވެސް، ކޮވިޑް-19 ވެކްސިން ޖަހަން ޖެހޭނެ ކަމަށެވެ. އަދި ވަކި ރިސްކް ގްރޫޕްތަކުގައި ހިމެނޭ އުމުރުން ދޮށީ ކުދިންނަށް ވެސް ވެކްސިން ޖެހުމަށް ލަފާދީފައިވެއެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން މެއި މަހު ބުނެފައިވަނީ، މައިންބަފައިންނާއި ޑޮކްޓަރުން އެއްބަސްވާ ހާލަތްތަކުގައި ޞިއްޙަތު ރަނގަޅު ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަކީ އިޚްތިޔާރީ ކަމެއް ކަމަށެވެ.

މި އައު އިރުޝާދު ނެެރުމުގެ ކުރިން، އެޖެންސީން އާންމުކޮށް ލަފާދެމުން އައީ 6 މަސް އަދި އެއަށްވުރެ މަތީ އުމުރުގެ ކުދިންނަށް އެންމެ ފަހުގެ ކޮވިޑް ވެކްސިން ޖެހުމަށެވެ.

ޖުލައި މަހުގެ ކުރީކޮޅު، އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސްއާއި އެހެން ބައެއް މެޑިކަލް ގްރޫޕްތަކުން ހެލްތް އެންޑް ހިއުމަން ސަރވިސަސްގެ ސެކްރެޓަރީ ރޮބަޓް ކެނެޑީ ޖޫނިއަރ އަށް ދަޢުވާ އުފުލާފައިވެއެވެ. އެއީ އާންމުކޮށް ވެކްސިން ޖެހުމަށް ދީފައިވާ އިރުޝާދު ތައް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަކާ ނުލައި މިނިސްޓަރ އަމިއްލަ އަށް ބަދަލު ކުރެއްވުމާ ގުޅިގެންނެވެ.

އަންގާރަ ދުވަހު މި ޖަމްޢިއްޔާއޔާއިން ބުނެފައި ވަނީ، ސީޑީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2 އަހަރުން ދަށުގެ ކުދިން ކޮވިޑް-19 އާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރެވޭ މިންވަރަކީ ކުޑަކުދިންގެ އުމުރުފުރާތަކުގެ ތެރެއިން އެންމެ މަތީ މިންވަރު ކަމަށާއި، 6-23 މަހުގެ އުމުރުފުރައިގެ ކުދިންނަށް މިކަން ދިމާވާ މިންވަރަކީ 50-64 އަހަރުގެ މީހުންނާ އެއްވަރުގެ މިންވަރެއް ކަމަށެވެ.

އެމެރިކާގެ ހެލްތް އެންޑް ހިއުމަން ސަރވިސަސް ޑިޕާޓްމަންޓުން މި މަހުގެ ކުރީކޮޅު ބުނެފައިވަނީ، 27 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޑަކުދިންނަށް ރައްކާތެރި ވެކްސިން ދިނުމާ ބެހޭ ފެޑެރަލް ޓާސްކް ފޯހެއް އަލުން އުފައްދާ ވާހަކައެވެ.

އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސްކޮވިޑް-19 ވެކްސިންސީޑީސީރޮބަޓް ކެނެޑީ ޖޫނިއަރކުޑަކުދިންގެ ވެކްސިނޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
އެމެރިކާގެ މެޑިކަލް ޖަމިއްޔާ ތަކުން، ހެލްތު ސެކްރެޓަރީ ކެނެޑީގެ އިސްތިއުފާ އަށް ގޮވާލައިފި

އެމެރިކާގެ މެޑިކަލް ޖަމިއްޔާ ތަކުން، ހެލްތު ސެކްރެޓަރީ ކެނެޑީގެ އިސްތިއުފާ އަށް ގޮވާލައިފި

05 ސެޕްޓެމްބަރު 2025
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު