Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025 | ހޮނިހިރު 12:32

ރައީސްގެ ސެކިއުރިޓީ އަށް ކުއްޔަށް ނެގި ކާރަށް އެކްސިޑެޓުންގައި ބޮޑެތި ގެއްލުން ލިބުނު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 ނޮވެމްބަރު 2025 | ހޮނިހިރު 12:32
ސ. ހުޅުދޫ ގައި ރައީސްގެ ސެކިއުރިޓީގެ ބޭނުންމަށް ކުއްޔަށް ނެގި ކާރު

ސ. ހުޅުދޫ ގައި ރައީސްގެ ސެކިއުރިޓީގެ ބޭނުންމަށް ކުއްޔަށް ނެގި ކާރު | ފޭސްބުކް

ސ. ހުޅުދޫ ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސެކިއުރިޓީ އަށް އެމްއެންޑީއެފް އިން ކުއްޔަށް ނަގައިގެން ދުއްވި ވެހިކަލް އަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މައްސަލައިގައި، ކުއްޔަށް ނެގި ކާރު ހަދަން އެމެއެންޑީއެފް އިން ފައިސާ ނުދިން މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

މި މަހުގެ 5 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން ދެމަފިރި އަކަށް ވަނީ އަނިޔާ ވެސް ވެފަ އެވެ. މި ހާދިސާއާ ދެ ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފަ އެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން ރައީސްގެ ސެކިއުރިޓީ އިން ކުއްޔަށް ނަގައިގެން ދުއްވި ކާރުގެ ވެރި ފަރާތުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ކުރި ޕޯސްޓުގައި ބުނީ ރައީސްގެ ސެކިއުރިޓީ އަށް އެމްއެންޑީއެފް އިން ކުއްޔަށް ގެންދިޔައީ އޭނާގެ ކާރު ކަމަށާ އެ އެކްސިޑެންޓު ވުމުން ކާރު ހަދަން ބޭނުންވާ ފައިސާ ދޭނެ ކަމަށް ބުނެ މޮޅު ވާހަަކަތަކެއް އެމްއެންޑީއެފް އިން ދެއްކި ކަމަށެވެ.

އެމްއެންޑީއެފް ގެ ޓީމު އެ ރަށުން ފުރައިގެން ދިޔަތާ އެތައް ދުވަހެއް މިހާރު ފާއިތުވެފައިވާ ކަން ފާހަގަކޮށް އެ ޕޯސްޓުގައި ބުނީ ކާރު ހަދަން ދާ ޚަރަށް ވާ ފައިސާ އެނގޭނެ ހެން ގަރާޖުން ދީފައިވާ ކޯޓޭޝަން ވެސް އެ ކާރު ދުއްވަން އިން އެމްއެންޑީއެފް އޮފިސަރަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ފަހުން ކާރު ހެދުމަށް އެއްވެސް މަސައްކަތެއް ކުރަން ކާރު ދުއްވި އޮފިސަރު ވެސް އެމްއެންޑީއެފް ގެ އެހެން ބޭފުޅަކު ވެސް އެއްބާރު ލުން ދީފައި ނުވާކަމަށް އެ ކާރުގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ. އަދި އެ ހާދިސާ އަށް ގާތްގަނޑަކަށް މަހެއް ވެފައިވީއިރު ކާރު ހެދޭނެ ގޮތެއް ނެތި، އާއިލާ އަށް ދިމާވާ އުނދަގުލާ، ވާ ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ތޯ އޭނާގެ ޕޯސްޓުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

މިހާރު މިކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފުން ޒިންމާވާން ބޭނުން ނުވާގޮތަކަށް މި ކަމާ ބެހޭ ގޮތުން އެމްއެންޑީއެފް އިން ވާހަކަ ދެއްކި އޮފިޝަލުގެ ބަހުން ހާމަވެއެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީ އިން އެމްއެންޑީއެފް އަށް ގުޅުމުން އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެކަމުގައި މީޑިއާ އަށް މައުލޫމާތު ދޭނީ އެ މުއައްސަސާ އަކުން ނޫން ކަމަށެވެ. އަދި އެ މައްސަލަ ކާރުގެ ވެރިފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ނަމަ އެ މައްސަލަ ބަލާނީ ފުލުހުން ކަމަށާ އެކަމުގެ އިތުރު ތަފްސީލު ހޯދަން ޖެހޭނީ ވެސް ފުލުހުންގެ އިދާރާ އިން ކަމަށް އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.

މި އެކްސިޑެންޓްގެ ސަބަބުން ސެކިއުރިޓީ އިން ކުއްޔަށް ނަގައިގެން ދުއްވި ކާރުގެ އިތުރުން އިތުރު ކާރަކަށް ވެސް ގެއްލުން ލިބިފައި ވެއެވެ.

ސ. ހުޅުދޫއެމްއެންޑީއެފް

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ގެއްލުނު މީހުން ހޯދުމުގައި އެމެރިކާ ސިފައިން އެހީވި ކަމަށް އެމްއެންޑީއެފްއިން ބުނެފި

17 އޯގަސްޓު 2026
ގެއްލުނު މީހުން ހޯދުމުގައި އެމެރިކާ ސިފައިން އެހީވި ކަމަށް އެމްއެންޑީއެފްއިން ބުނެފި
17 އޯގަސްޓު 2026

ގެއްލުނު 3 މީހުން ދޯނިތެރޭގައި ތާށިވީ ކަމަށް ބެލެވޭ، ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

17 އޯގަސްޓު 2026
ގެއްލުނު 3 މީހުން ދޯނިތެރޭގައި ތާށިވީ ކަމަށް ބެލެވޭ، ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް
15 އޯގަސްޓު 2026

ފްރެންޑް 4 ސަޕްލައި ދޯނި ވަނީ 1600 މީޓަރަށް ވުރެ ފުނުގައި، މިއީ އަސްކަރީ ސަބްމެރިންވެސް ދަތުރުކުރާ ފުން މިނެއް ނޫން: އެމްއެންޑީއެފް

15 އޯގަސްޓު 2026
ފްރެންޑް 4 ސަޕްލައި ދޯނި ވަނީ 1600 މީޓަރަށް ވުރެ ފުނުގައި، މިއީ އަސްކަރީ ސަބްމެރިންވެސް ދަތުރުކުރާ ފުން މިނެއް ނޫން: އެމްއެންޑީއެފް
13 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާއަށް 8 ދުވަސް: އެމްއެންޑީއެފްއިން ބުނަނީ ގެއްލުނު ދިވެހިން ހޯދަން ބޭރުގެ އެހީ ލިބިފައިވާނަމަ އެކަން އިއުލާނުކުރާނީ ސަރުކާރުން ކަމަށް

13 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާއަށް 8 ދުވަސް: އެމްއެންޑީއެފްއިން ބުނަނީ ގެއްލުނު ދިވެހިން ހޯދަން ބޭރުގެ އެހީ ލިބިފައިވާނަމަ އެކަން އިއުލާނުކުރާނީ ސަރުކާރުން ކަމަށް
12 އޯގަސްޓު 2026

މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!

12 އޯގަސްޓު 2026
މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!
11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
10 އޯގަސްޓު 2026

ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި

10 އޯގަސްޓު 2026
ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި
10 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!

10 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!
09 އޯގަސްޓު 2026

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

09 އޯގަސްޓު 2026
އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް
09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް