Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

ގެއްލުނު 3 މީހުން ދޯނިތެރޭގައި ތާށިވީ ކަމަށް ބެލެވޭ، ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

17 އޯގަސްޓު 2026 | ހޯމަ 08:14

"ފްރެންޑް 4" ދޯނި ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓާއި ޑްރޯން ބޭނުންކޮށްގެން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް، އެ މީހުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި. ދޯނި އަޑިއަށް ގޮސްފައިވަނީ އިންސާނުންނަށް ނުދެވޭހާ ފުން ސަރަހައްދަކަށް ކަމުން، ގެއްލުނު ތިން މީހުން ތާށިވެފައިވަނީ ދޯނި ތެރޭގައި ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 އޯގަސްޓު 2026 | ހޯމަ 08:14
ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް އަލީ ނާފިއު އަދި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން

ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް އަލީ ނާފިއު އަދި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން | ރާއްޖެ އެމްވީ

ފްރެންޑް 4 ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު 3 މީހުން ދޯނިތެރޭގައި ތާށިވީ ކަމަށް ބެލެވޭ ކަމަށާއި، ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. 

ހޯމަ ދުވަހު އެމްއެންްޑީއެފުން ބުނީ، 2026 އޮގަސްޓް 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި އަދި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށެވެ. އަދި އޮޔާހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

Advertisement - newsAdvertisement

މި އޮޕަރޭޝަންގައި ގެއްލިފައިވާ މީހުން ހޯދުމަށްޓަކައި މޯލްޑިވިއަން އެއަރ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންސް ބޭނުންކޮށްފައިވާކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ، މި ޓީބީ2 ޑްރޯންސްއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަހައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ގާބިލްކަންހުރި ޑްރޯންސް ކަމުގައިވާތީ، މި ހާދިސާގައި ގެއްލުނު މީހުން ކަނޑުގެ މަތިން ހޯދުމަށް ޓަކައި ބޭނުންކުރެވިފައިވާ ކަމަށެވެ. އަދި އޮސްޓްރޭލިޔާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ބޭނުންކޮށްގެން، މި އުޅަނދުގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ގެއްލިފައިވާ މީހުން ހޯދުމަށް ކަނޑުމަގުން މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ފްރެންޑް 4 ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ބަލާފައިވާ ސަރަހައްދު

ފްރެންޑް 4 ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ބަލާފައިވާ ސަރަހައްދު | އެމްއެންޑީއެފް

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، ދިވެހި ސަރުކާރުގެ އެދުމުގެމަތިން އެމެރިކާ ސަރުކާރުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. 

އެގޮތުން އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަހައްދު މަތިން އާދިއްތަ ދުވަހު ބަލާފައިވާ ކަމަށެވެ. މިއީ ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އަދި ސަރވެއިލަންސަށް ބޭނުންކުރާ ޚާއްސަ މަތިންދާބޯޓެއް ކަމަށާއި، މި މަތިންދާބޯޓުން އާދިއްތަ ދުވަހު 6300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެމްއެންޑީއެފުން ބުނީ، ދޯނި އަޑިޔަށްދިޔަ ވަގުތު ލޭންޑިންގ ކްރާފްޓަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް، ދޯންޏާ ވަރަށް ކައިރީގައި އޮތުމާ އެކު ދޯނިން ފުންމާލި މީހުންނާއި ދޯނި ބަންޑުންޖަހާލި ވަގުތު ދޯނިން ނުކުމެވުނު މީހުން އެ ވަގުތު ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އަދި ދޯނި ވަރަށް ކުއްލިގޮތެއްގައި ބަންޑުންޖަހާލައި އަޑިޔަށް ގޮސްފައިވަނީ ހުވަދޫ ފުން ކަނޑުގެ ތެރެއަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެހެންކަމުން، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ، ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަހައްދު 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށާއި، މިއީ އިންސާނުންނަށް ޑައިވިންގ ކޮށްގެންދެވޭ ފުންމިނެއް ނޫން ކަމަށެވެ. އަދި މިއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާ ހިނގިތާ 11 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށްޓަކައި 16 އޮގަސްޓު 2026 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިހާދިސާގައި ގެއްލިފައިވަނީ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް އަލީ ނާފިއު އަދި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އެވެ. މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު އެމްއެންޑީއެފުން ސަލާމަތް ކޮށްފައިވެ އެވެ.

ފްރެންޑް 4އެމްއެންޑީއެފްކަނޑުމަތީ ހާދިސާ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

15 އޯގަސްޓު 2026

ފްރެންޑް 4 ސަޕްލައި ދޯނި ވަނީ 1600 މީޓަރަށް ވުރެ ފުނުގައި، މިއީ އަސްކަރީ ސަބްމެރިންވެސް ދަތުރުކުރާ ފުން މިނެއް ނޫން: އެމްއެންޑީއެފް

15 އޯގަސްޓު 2026
ފްރެންޑް 4 ސަޕްލައި ދޯނި ވަނީ 1600 މީޓަރަށް ވުރެ ފުނުގައި، މިއީ އަސްކަރީ ސަބްމެރިންވެސް ދަތުރުކުރާ ފުން މިނެއް ނޫން: އެމްއެންޑީއެފް
13 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާއަށް 8 ދުވަސް: އެމްއެންޑީއެފްއިން ބުނަނީ ގެއްލުނު ދިވެހިން ހޯދަން ބޭރުގެ އެހީ ލިބިފައިވާނަމަ އެކަން އިއުލާނުކުރާނީ ސަރުކާރުން ކަމަށް

13 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާއަށް 8 ދުވަސް: އެމްއެންޑީއެފްއިން ބުނަނީ ގެއްލުނު ދިވެހިން ހޯދަން ބޭރުގެ އެހީ ލިބިފައިވާނަމަ އެކަން އިއުލާނުކުރާނީ ސަރުކާރުން ކަމަށް
12 އޯގަސްޓު 2026

މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!

12 އޯގަސްޓު 2026
މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!
11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
10 އޯގަސްޓު 2026

ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި

10 އޯގަސްޓު 2026
ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި
10 އޯގަސްޓު 2026

ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!

10 އޯގަސްޓު 2026
ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!
10 އޯގަސްޓު 2026

ގެއްލުނު ތިން ދިވެހިން ހޯދަން ބޭރުގެ އެހީ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް ސާފުކުރަން މިނިސްޓަރަށް ދެންނެވުމުން ޖަވާބެއް ނުދެއްވި

10 އޯގަސްޓު 2026
ގެއްލުނު ތިން ދިވެހިން ހޯދަން ބޭރުގެ އެހީ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް ސާފުކުރަން މިނިސްޓަރަށް ދެންނެވުމުން ޖަވާބެއް ނުދެއްވި
10 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!

10 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!
09 އޯގަސްޓު 2026

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

09 އޯގަސްޓު 2026
އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް
09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް