Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެވަނަ ކަނޑުގެ ހާދިސާ

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

9 އޯގަސްޓު 2026 | އާދީއްތަ 14:14

އާއިލާއިން ތުހުމަތުކުރާ ގޮތުގައި މަހުދީ ނިޔާވީ ހޮހަޅަ ތެރޭގައި އެކަނިވެ، ފުޅިން ވައި ހުސްވެގެން ކަމަށާއި، އޭނާ މައްޗަށް ނެގިއިރުވެސް އޮތީ ނިޔާވެފައި ކަމަށް. އެހެންކަމުން މި ހާދިސާގެ ހަގީގަތް ހޯދުމަށް އާއިލާއިން ދަނީ ބާރުއަޅަމުން

ރާއްޖެ އެމްވީ | 9 އޯގަސްޓު 2026 | އާދީއްތަ 14:14
ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީ ވިލާތުގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރެއްވި އިރު މަސައްކަތާ ގުޅޭ މައުލޫމާތު މަހުދީ (ކ) ރައީސް އަށް ދެއްވަނީ

ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީ ވިލާތުގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރެއްވި އިރު މަސައްކަތާ ގުޅޭ މައުލޫމާތު މަހުދީ (ކ) ރައީސް އަށް ދެއްވަނީ | ރައީސް އޮފީސް

މިއަހަރުގެ މޭ މަހު ވ. އަތޮޅު "ދެވަނަ ކަނޑު" ގެ ހޮހަޅައިގައި ތާށިވި އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި ކޯސްޓްގާޑުގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ މަރާ ބެހޭގޮތުން ސަރުކާރުން ދީފައިވާ ރަސްމީ މަޢުލޫމާތުތަކަށް އޭނާގެ އާއިލާއިން އިންކާރުކޮށްފި ކަމަށް އާއިލާ އާ ހަވާލާދީ "މޯލްޑިވްސް އިންޑިޕެންޑެންޓް" ގައި ރިޕޯޓުކޮށްފި އެވެ.

އާއިލާއިން ބުނާ ގޮތުގައި މަހުދީ ނިޔާވީ ހޮހަޅަ ތެރޭގައި އޭނާގެ ޑައިވިން ޓީމާ ވަކިވެ، އެކަނިވެފައި ވަނިކޮށް ފުޅިން ވައި ހުސްވެގެންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށް ވާ "މޯލްޑިވްސް އިންޑިޕެންޑެންޓް" ގައި ޝާއިއުކޮށްފައިވާ ވަރަށް ތަފްސީލު ރިޕޯޓެއްގައި އާއިލާ އާ ހަވާލާދީ ބުނެފައިވަނީ، ސަރުކާރުން ހާމަކޮށްފައިވާ ގޮތާއި ޚިލާފަށް، އާއިލާއިން ތުހުމަތު ކުރާ ގޮތުގައި މަހުދީގެ ހަށިގަނޑު މައްޗަށް ނެގުމުގެ މާ ކުރިންވެސް އޭނާ އޮތީ ނިޔާވެފަ އެވެ.

އަނެއްކޮޅުން އެ ހާދިސާ ހިނގި ދުވަސްވަރު ސަރުކާރުން ބައިނަލްއަޤުވާމީ މީޑިއާތަކަށް މަޢުލޫމާތު ދީފައިވަނީ، މަހުދީ ފެނުނުއިރު އޮތީ ހޭނެތިފައި ކަމަށާއި، އޭނާ ނިޔާވީ މައްޗަށް އެރި ވަގުތު ދިމާވި "ޑީކޮމްޕްރެޝަން ސިކްނެސް" ސަބަބުން ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްފައިވާ މަހުދީގެ މަރުގެ ސެޓްފިކެޓުގައި ނިޔާވި ސަބަބެއް ކަމަށް ލިޔެފައިވަނީ، މާ އަވަހަށް މައްޗަށް އެރުމުގެ ސަބަބުން ސިކުނޑީގެ ނާރުތަކުގައި ވައި ހަރުލައިގެން ދިމާވި "ސެރެބްރަލް އާޓީރިއަލް ގޭސް އެމްބޮލިޒަމް" ގެ ސަބަބުން ކަމަށެވެ.

ނަމަވެސް މަހުދީގެ ބޭބެ "މޯލްޑިވްސް އިންޑިޕެންޑެންޓް" އަށް ކިޔައިދީފައިވާ ގޮތުގައި، އާއިލާއަށް ދައްކާފައިވާ ޑައިވިން ފުޓޭޖްތަކާއި، އެ އޮޕަރޭޝަނުގައި ބައިވެރިވި އެމްއެންޑީއެފް އަދި ފުލުހުންގެ ޑައިވަރުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މަހުދީ ފެނުނީ ފުލުހުންގެ ޑައިވިން ޓީމަކަށް 69 މީޓަރު އަޑިން ހޮހަޅައިގެ ދެވަނަ ބައިގެ ތެރޭގައި އޮއްވަ އެވެ. އޭނާ ފެނުނުއިރު އަނގަޔަށް ވައި ފޯރުކޮށްދޭ ރެގިއުލޭޓަރު އޮތީ އަނގައިން ނެއްޓިފައި ކަމަށާއި، އޭނާ ބޭނުންކުރި އެއް ފުޅިން ވައި ހުސްވެފައިވާ ކަމަށްވެސް މަހުދީގެ އާއިލާ އިން ބުންޏެވެ. މަހުދީ ފެނުނީ އޭނާގެ ޓީމަށް އޭނާ ގެއްލުނުތާ 80 މިނެޓަށްވުރެ ގިނަ އިރު ފަހުން ކަމަށް ވެސް މި ރިޕޯޓުގައިވެ އެވެ.

"އެމީހުންނަށް އެނގޭ އޭނާ އޮތީ މަރުވެފައިކަން. ވަރަށް ރަނގަޅަށް އެނގޭ،" މަހުދީގެ ބޭބެ 'މޯލްޑިވްސް އިންޑިޕެންޑެންޓް' އަށް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި މަހުދީ އެމްބިއުލާންސަށް އެރުވި ވަގުތު އެތަނުގައި ހުރި އެމްއެންޑީއެފްގެ އޮފިސަރަކުވެސް ވާހަކަދެއްކީ "މައްޔިތާ" ނުވަތަ "ހަށިގަނޑު" ފަދަ ބަސްތައް ބޭނުންކޮށްގެންނެވެ.

އެ ނޫހަށް އާއިލާ އިން ދެއްކި ރެކޯޑުތަކުން އެނގޭ ގޮތުގައި މަހުދީ މައްޗަށް ނެގި ވަގުތުން ފެށިގެންވެސް ވިންދެއް ނެތް ކަމާއި، އޭނާ އަޑީގައި އޮތީ ކިހާ އިރަކު ކަމެއް ނުވަތަ ޑައިވް ކުރި ގޮތުގެ ތަފްސީލު ނޭނގި ހޮސްޕިޓަލުން މަރު ސާބިތުކުރިކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި މަރުވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ޕޯސްޓްމޯޓަމްއެއް ހެދުމަށް އޭޑީކޭއިން ލަފާދީފައިވީ ނަމަވެސް، ރާއްޖޭގައި އެކަން ކުރެވެން ނެތުމުން އެފަދަ ތަހުގީގެއް ހިންގާފައެއް ނުވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ޖޫން މަހުގެ ފަހުކޮޅު މަހުދީގެ އާއިލާއިން ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ ހާދިސާ ހިނގި ގޮތުގެ ސީދާ ތާވަލެއް (ޓައިމްލައިން) ހޯދުމަށާއި، މަރުގެ ސެޓްފިކެޓުގައި ލިޔެފައިވާ ސަބަބު އަލުން މުރާޖަޢާކޮށްދިނުމަށް އެދިފަ އެވެ. އަދި އިތުރު ތަހުގީގެއް ހިންގުމުގެ ކުރިން، މަރުވި ސަބަބަކީ ކޮބައިކަން ނޭނގޭ ކަމަށް ރެކޯޑްކޮށްދިނުމަށްވެސް އާއިލާއިން އެދިފައިވާ ކަމަށް "މޯލްޑިވްސް އިންޑިޕެންޑެންޓް" އަށް ފެނިފައިވާ އާއިލާ އިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި "އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިންވެސް އޭނާ އޮތީ މަރުވެފައި،" ކަމަށް މައިންބަފައިން ލިޔެފައިވެ އެވެ. "ނަމަވެސް ރިޕޯޓްތަކުގައި ބުނަނީ އޭނާ 'އަޑިން ސަލާމަތްކުރި' ކަމަށް. މީގެ ސަބަބުން ކަން ހިނގި ގޮތާ މެދު އޮޅުން އަރާ." ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު މަހުދީގެ ބޭބެ ފާރިސް އިބްރާހީމް ފޭސްބުކްގައި ބުނެފައިވަނީ، މަރުގެ ސެޓްފިކެޓް އިސްލާހުކޮށްދޭނެ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ލަސްވަމުންދާ ކަމަށާއި، މަހުދީގެ ފޯނުވެސް "ކުށްވެރިއެއްގެ ފޯނު ފަދައިން" ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 43 އަހަރުގެ މަހުދީ ނިޔާވީ މޭ 16 ގައެވެ. އެ ދުވަހުގެ މެންދުރުފަހު 3:00 ޖެހިއިރު އެމްއެންޑީއެފުން އެކްސްގައި ބުނީ، ޑައިވް ކުރަނިކޮށް "ހާލު ދެރަވެގެން" ސިފައިންގެ ޑައިވަރަކު މާލެ ގެންދާ ކަމަށެވެ. އޭގެ ގަޑިއެއްހާއިރު ފަހުން އެމްއެންޑީއެފުން ވަނީ އެ ޑައިވަރު ނިޔާވިކަން އިޢުލާންކޮށްފަ އެވެ.

ސަރުކާާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ބީބީސީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރެސްކިއުޓީމުގެ އަށް ޑައިވަރުން މޫދަށް ފޭބި ކަމަށާއި، އެމީހުން މައްޗަށް އެރިއިރު މަހުދީ ނެތްކަން އެނގުނު ކަމަށެވެ. އަދި ވަގުތުން އެހެން ޑައިވަރުން އަޑިއަށް ގޮސް ބެލިއިރު މަހުދީ އޮތީ "ހޭނެތިފައި" ކަމަށް އޭނާ ވިދާޅުވި އެވެ.

ސީއެންއެންއަށް މުންދު ވިދާޅުވީ، މަހުދީ ޑައިވް ކުރީ އުސޫލާ އެއްގޮތަށް ބަޑީ ޕެއާއެއްގެ ގޮތުގައި ކަމަށާއި، މައްޗަށް އަރަނިކޮށް އޭނާއަށް ކަމެއް ދިމާވިކަން ބަޑީއަށް އެނގުމުން އެހެން ޑައިވަރުން އޭނާ ސަލާމަތްކުރަން ފޭބީ ކަމަށެވެ. ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރީ އޭނާ މަރުވީ ޑީކޮމްޕްރެޝަންގެ މައްސަލައެއްގައި ކަމަށްވެސް ވިދާޅުވި އެވެ. އޭޕީ ނިއުސްއަށް މުންދު ވިދާޅުވީ މަހުދީ މަރުވީ މާލޭގެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. "މި މަރުން އެނގެނީ މި މިޝަންގެ ނުރައްކާތެރިކަން،" އޭނާ ވިދާޅުވި ކަމަށް މި ރިޕޯޓުގައިވެ އެވެ.

މި ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ސަރުކާރުގެ އެއްވެސް ބަޔާނެއްގައި މަހުދީ ފެނުނުއިރު އޮތީ މަރުވެފައި ކަމަކަށް ނުވަތަ އޭނާ ހޮހަޅަ ތެރޭގައި އެކަނި ގަޑިއެއްހާއިރު އޮތް ކަމަކަށް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެމްއެންޑީއެފުން ހޮސްޕިޓަލަށް ދިން މަޢުލޫމާތު ތަފާތުކަން ފާހަގަ ކޮށްފައިވެ އެވެ. އެމީހުން ބުނެފައިވަނީ މަހުދީ ފެނުނީ ހޮހަޅަ ތެރެއިން ހަބަރު ހުސްވެފައި އޮއްވާ ކަމަށާއި، މައްޗަށް ނެގިއިރު ވިންދެއް ނެތް ކަމަށެވެ.

މަހުދީގެ މަރު އިޢުލާންކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާގެ ޖަނާޒާ ގެ ކަންތައް ފުރިހަމަ ކޮށް ނިންމާލި ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މަހުދީ ނިޔާވިތާ ހަފުތާއެއް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރިން ދެއްކެވި ވާހަކަ ބަދަލުކޮށް މުންދު ވަނީ މަހުދީގެ ހަށިގަނޑު ފެނުނީ ހޮހަޅަ ތެރެއިން ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. 

"މޯލްޑިވްސް އިންޑިޕެންޑެންޓް" ގައި ގެނެސްފައިވާ މި ރިޕޯޓުގައި ބުނެފައިވަނީ މަހުދީގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފަ އެވެ.

ޑައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ މަހުދީގެ ބޭބެ ފާރިސް އެ ނޫހަށް ކިޔައިދީފައިވާ ގޮތުގައި މަހުދީއަކީ "ރީބްރީދާ" ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ދަންނަ، 50 މީޓަރު އަޑިއަށް ޑައިވް ކުރުމުގެ ހުއްދަ އޮތް ފަރާތެކެވެ. އަދި މަހުދީ އެ އޮޕަރޭޝަނަށް ދިޔުމުގެ ކުރިން ދެބެއިން މެސެޖު ކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، 50 މީޓަރު އަޑިން ފެށޭ އެ ހޮހަޅަ ހުރި ފުން މިނަށް ބަލާއިރު، 50 މީޓަރަކީ ކޯސްޓްގާޑުގެ ޑައިވަރުންނަށް ޑައިވް ކުރެވޭނެ އެންމެ ފުން މިން ކަމަށް އެމްއެންޑީއެފުންވެސް އޭރު އެއްބަސްވި އެވެ. ބައިނަލްއަޤުވާމީ މިންގަނޑުތަކުން އެފަދަ ފުން މިނަކަށް ޑައިވް ކުރާއިރު ޓްރައިމިކްސް ބޭނުންކުރަން ޖެހުނު ނަމަވެސް، އެތަނަށް ސިފައިން ފޭބީ ހަމައެކަނި ވައި ހިފައިގެންނެވެ. އަދި އެ ސަރަހައްދުގައި ކުއްލި ހާލަތުގައި ބޭނުންކުރާނެ ރީކޮމްޕްރެޝަން ޗޭމްބަރެއްވެސް ނެތްކަން ވެސް ރިޕޯޓުގައިވެ އެވެ.

ޑައިވް ކުރިއަށް ދިޔަ ގޮތް "މޯލްޑިވްސް އިންޑިޕެންޑެންޓް" އަށް މަހުދީގެ ބޭބެ ކިޔައިދިން ގޮތުގައި، ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި މަހުދީ ހޮހަޅަ ތެރެއަށް ވަނީ އެންމެ ކުރީގަ އެވެ. އޭނާގެ ފަހަތުން ދިޔަ ޑައިވަރު ދިޔައީ ވީޑިއޯ ކުރަމުންނެވެ. އެ ވަގުތު މަހުދީގެ އަތުގައި އޮތް ގައިޑް ލައިން (އެނބުރި އައުމަށް މަގު ހޯދުމަށް ބޭނުންކުރާ ވާގަނޑު) ހަރުކޮށްފައިވާ ތަނުން ނެއްޓިގެން ވެއްޓުނެވެ. ނަމަވެސް މަހުދީއަށް އެކަން ނޭނގި އޭނާ ދިޔައީ ހޮހޮޅައިގެ ތެރެއަށް ފީނަމުންނެވެ.

ފަހަތުން ދިޔަ ޑައިވަރަށް މަހުދީއާ ދިމާއަށް ބަލާލެވުނުއިރު މަހުދީ އޮތީ ހޮހަޅައިގެ މާ އެތެރެއަށް ވަދެފައި ކަމަށް ބުނެފައިވެ އެވެ. އެ ވަގުތު އެ ޑައިވަރު ބިރުގަނެ ހާސްވި ކަމަށާއި ތިންވަނަ ޑައިވަރު އެތެރެއަށް ވަންއިރު ފެންގަނޑު އޮތީ ވަރަށް ބޮޑަށް ކިލަނބުވެފައި ކަމަށް ވެސް ބުންޏެވެ. އޭނާއަށް ހަށިގަނޑެއްގައި އަތްލެވުނު ނަމަވެސް، އޭނާގެ ފުޅިން ވައި މަދުވުމުން އެނބުރި މައްޗަށް އެެރީކަމަށް މަހުދީގެ ބޭބެ އާ ހަވާލާދީ ބުނެފައިވެ އެވެ.

މަހުދީގެ ބޭބެ ކިޔައިދިން ގޮތުގައި މަހުދީގެ ހަށިގަނޑު ނެގީ ފުލުހުންގެ ޑައިވިން ޓީމަކުންނެވެ. ފުލުހުންގެ ރެކޯޑްތަކުން އެނގޭ ގޮތުގައި އެމީހުންނަށް ޑައިވަރަކު ގެއްލިގެން ރިޕޯޓް ލިބުނީ މެންދުރު 12:22 ގަ އެވެ. އެމީހުން އަޑިއަށް ފޭބީ 12:50 ގައެވެ. އެމީހުންގެ ޑައިވް ކޮމްޕިއުޓަރުން ދައްކާ ގޮތުގައި 18 މިނެޓް ތެރޭގައި 69 މީޓަރު އަޑިއަށް ގޮސް، މަހުދީގެ ހަށިގަނޑު ހިފައިގެން މައްޗަށް އެރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މަހުދީ ފެނުނުއިރު އޮތީ ހޮހަޅައިގެ ދެވަނަ ބައިގެ ތެރޭގައި ކަމަށާއި އޭނާގެ އަނގަޔަށް ވައި ފޯރުކޮށްދޭ ރެގިއުލޭޓަރު އޮތީ ނެއްޓިފައި ކަމަށާއި އަދި ފުޅީގައި ވައި ނެތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މަހުދީ ގެއްލުނުކަން އެނގުނު ވަގުތުން ފެށިގެން ހަށިގަނޑު މައްޗަށް ނެގުމާ ދެމެދު 64 މިނެޓް ހޭދަވި އެވެ. އަދި މަހުދީ ހޮހަޅަ ތެރޭގައި އެކަނި މަދުވެގެން 75 މިނެޓް އޮތް ކަމަށް ބެލެވެ އެވެ.

މަހުދީގެ ބޭބެ ބުނި ގޮތުގައި، އެމްއެންޑީއެފުން އޭނާ އަށް ގުޅާފައި، ކޮއްކޮ އޮތީ ކްރިޓިކަލް ހާލަތެއްގައި ކަމަށް ބުންޏެވެ. އަދި އޭނާ ބަނޑޮހުގެ ރީކޮމްޕްރެޝަން ޗެމްބަރަށް ގެންދިއުމަށް އުޅުމަށްފަހު ފުރަތަމަ ބޭނުންވީ މަހުދީ އައިޖީއެމްއެޗަށް ގެންދާށެވެ. ނަމަވެސް އެތަނުގައި ޗެމްބަރެއް ނެތުމުން، އާއިލާއިން ބާރުއަޅައިގެން އޭޑީކޭއަށް ބަދަލުކުރީ އެވެ.

މަހުދީގެ ބޭބެ އެ ނޫހަށް ކިޔައިދީފައިވާ ގޮތުގައި ސީޓީ ސްކޭނުން ދެއްކި ގޮތުގައި މަހުދީގެ ސިކުނޑިއާއި، ހިތާއި، ފުއްޕާމޭ އަދި ލޭގެ ނާރުތަކުގައި ގިނަ އަދަދަކަށް ވައިގެ ބޮކި ހުއްޓެވެ. ޑޮކްޓަރުން މަރުގެ ސަބަބަކަށް "މާ އަވަހަށް މައްޗަށް އެރުން" ލިޔުނީ އެ ސަބަބާ ހުރެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އާއިލާއިން ބުނަނީ މަހުދީ އަޑީގައި އޮތް ވަގުތާއި ކަން ހިނގި ގޮތް ޑޮކްޓަރުންނަށް އެނގުނު ނަމަ، އޭނާ މަރުވީ ހޮހަޅަ ތެރޭގައި ކަމަށް ލިޔުނީސް ކަމަށެވެ.

މަހުދީގެ އާއިލާއިން "މޯލްޑިވްސް އިންޑިޕެންޑެންޓް" އަށް ދައްކާފައިވާ އޭޑީކޭ ހޮސްޕިޓަލުގެ ޑެތު ރިޕޯޓުގެ ކޮޕީއަކުން އެނގޭ ގޮތުގައި، މަހުދީ މޫދު އަޑިން މައްޗަށް ނެގި ވަގުތުން ފެށިގެން ވެސް އޭނާގެ ކިބައިން ދިރުމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. 

އެމްއެންޑީއެފްގެ މެޑިކަލް އޮފިސަރަކު ހޮސްޕިޓަލަށް ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އެ ރިޕޯޓުގައިވާ ގޮތުން، މަހުދީ އެންމެ ފަހުން ގަދަވެ ސަލާމަތުން ފެނިފައިވަނީ އެދުވަހުގެ ހެނދުނު 11:43 ގައެވެ. އޭނާއާއެކު ޑައިވް ކުރަން އުޅުނު މީހުންނަށް މަހުދީ ގެއްލިފައިވާކަން ފާހަގަވީ ޑައިވް ނިންމާލުމަށްފަހު "ސޭފްޓީ ސްޓޮޕް" ގައި މަޑުކޮށްގެން ތިއްބަ އެވެ. ރެސްކިއު ޓީމުން އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރެއިން އެއްވެސް ހަރަކާތެއް ނެތް ހާލަތުގަ އެވެ. އަދި މެންދުރުފަހު 1:10 ހާއިރު އޭނާ ވަނީ އެއްވެސް ހަރަކާތެއް ނެތް ހާލަތުގައި މައްޗަށް ނަގާފަ އެވެ.

މަހުދީ މޫދު މައްޗަށް ނެގި ވަގުތު އޭނާގެ ހަށިގަނޑު ބެލިބެލުމުން އަމިއްލައަށް ނޭވާލުމެއް ނެތް ކަމަށާއި، ވިންދުވެސް ނެތްކަން ފާހަގަކުރެވުނު ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އޭޑީކޭގެ ޕެރާމެޑިކް ޓީމުން އޭނާއާ ހަވާލުވެ ހިތުގެ ހަރަކާތްތައް މޮނިޓަރު ކުރިއިރު، އެއްވެސް ވަރަކަށް ހިތުގެ ވިންދު ނެތްކަން ވަނީ ފާހަގަވެފަ އެވެ. މަހުދީ މަރުވެފައިވާކަން އިއުލާންކުރީ މެންދުރުފަހު 3:11 ގަ އެވެ. މި ނިންމުން ނިންމާފައިވަނީ، މޫދު މައްޗަށް ނެގި ވަގުތުން ފެށިގެން 3:11 އާ ހަމައަށްވެސް ވިންދު ނެތުމާއި، ދިރުމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާތީ ކަމަށް ރިޕޯޓުގައިވެ އެވެ.

ޖުމްލަ ގޮތެއްގައި ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ ކަނޑުއަޑީގެ ހޮހަޅައިން މަހުދީ ނެގި ފަހުން އެއްވެސް ވަގުތެއްގައި އޭނާގެ ކިބައިން ދިރުމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ.

މަހުދީގެ ބޭބެ އެ ނޫހަށް ދިން އިންޓަވިއުގައި ބުނެފައިވާ ގޮތުގައި އޭނާ ބޭނުންވަނީ ހަގީގަތް ހާމަވުމެވެ. 

މަހުދީގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި، ސަރުކާރުން މިކަން އޮޅުވާލަން މަސައްކަތް ކުރަނީތޯ ނުވަތަ މިއީ މަޢުލޫމާތު ދިނުމުގައި އުޅޭ ކުށެއްތޯ އެނގޭނީ ފުލުހުންގެ ތަހުގީގު ނިމުމުންނެވެ. ނަމަވެސް މިހާތަނަށް އެކަށީގެންވާ ތަހުގީގެއް ހިންގާފައި ނުވާތީ އާއިލާއިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

މުޙައްމަދު މަހުދީކޯސްޓް ގާޑްއެމްއެންޑީއެފްޑައިވިން ހާދިސާކޭވް ޑައިވިންދެވަނަ ކަނޑު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
09 އޯގަސްޓު 2026

ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި

09 އޯގަސްޓު 2026
ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި
08 އޯގަސްޓު 2026

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

08 އޯގަސްޓު 2026
"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"
07 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!

07 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!
06 އޯގަސްޓު 2026

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ

06 އޯގަސްޓު 2026
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ
04 އޯގަސްޓު 2026

ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

04 އޯގަސްޓު 2026
ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
03 އޯގަސްޓު 2026

ފުލުހުން އަދިވެސް މަހުދީގެ ފޯނު ހިފަހައްޓާފައިވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

03 އޯގަސްޓު 2026
ފުލުހުން އަދިވެސް މަހުދީގެ ފޯނު ހިފަހައްޓާފައިވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
02 އޯގަސްޓު 2026

ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް 2،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި

02 އޯގަސްޓު 2026
ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް 2،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި
01 އޯގަސްޓު 2026

ގާފަރު ކައިރިން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ދެމީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް

01 އޯގަސްޓު 2026
ގާފަރު ކައިރިން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ދެމީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް
31 ޖުލައި 2026

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، ޚާއްސަކޮށް ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވާން ޖެހޭ: އެމްއެންޑީއެފް

31 ޖުލައި 2026
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، ޚާއްސަކޮށް ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވާން ޖެހޭ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް