Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

ފްރެންޑް 4 ސަޕްލައި ދޯނި ވަނީ 1600 މީޓަރަށް ވުރެ ފުނުގައި، މިއީ އަސްކަރީ ސަބްމެރިންވެސް ދަތުރުކުރާ ފުން މިނެއް ނޫން: އެމްއެންޑީއެފް

15 އޯގަސްޓު 2026 | ހޮނިހިރު 04:24

"ފްރެންޑް 4" ދޯނި ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ޑްރޯންތަކާއި ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނޭ. ހާދިސާގައި ސަލާމަތްވި މީހުންނާއި ގެއްލުނު ފަރާތްތަކުން ދެއްކި ހިތްވަރު ފާހަގަކުރަމުން، ސިފައިން ބުނީ ދޯނި އަޑިއަށް ގޮސްފައިވަނީ 1600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 15 އޯގަސްޓު 2026 | ހޮނިހިރު 04:24
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް އަލީ ނާފިއު އަދި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް އަލީ ނާފިއު އަދި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން | ސޯޝަލް މީޑިއާ

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި އެ ދޯނި އަޑިއަށް ގޮސްފައިވަނީ 1600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ކަމަށާއި، މިއީ އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުން މިނެއް ނޫން ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ހުކުރު ދުވަހުގެރޭ އެމްއެންޑީއެފުން ބުނީ، 2026 އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލިފައިވަނީ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް އަލީ ނާފިއު އަދި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގެއްލޭ އުޅަނދުފަހަރާއި މީހުން ވައިގެ މަގުން ހޯދުމުގެ ގާބިލުކަން ލިބިފައިވާތީ، މި ހާދިސާ ހިނގި ވަގުތުން ފެށިގެން "އަންމޭންޑް އޭރިއަލް ވެހިކަލް ޑްރޯންސް" ބޭނުންކޮށްގެން މި ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ޔޫއޭވީސްއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަހައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ގާބިލުކަން ހުރި ޔޫއޭވީސް ކަމުގައި ވާތީ، ހާދިސާ ހިނގި ރޭ ވެސް ޔޫއޭވީސް ބޭނުންކޮށްގެން ހާދިސާ ހިނގި ސަރަހައްދުން މީހުން ފެނޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެގޮތުން ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ކަނޑުމަތިން އޮޔާދާ ގޯންޏާއި އެ ނޫން ވެސް ޑެބްރީސްގެ ގޮތުގައި ބެލެވޭ އޮޔާދާ ތަކެތި ޔޫއޭވީސްގެ ސެންސަރތައް ބޭނުންކޮށްގެން ދެނެގަނެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. 

މީގެއިތުރުން އެމްއެންޑީއެފުން ބުނީ، އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާ ކޮށްފައިވާ މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން"ގެ އިތުރުން ކޯސްޓްގާޑުގެ އިންޓަރސެޕްޓަރ ކްރާފްޓްސްއާއި ހާބަރ ޕެޓްރޯލް ލޯންޗާއި އަދި ޕޮލިސް ލޯންޗުން މީހުން ހޯދުމަށް މި ސަރަހައްދު ބަލާފައިވާ ކަމަށެވެ. އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ.އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑުގެ އުތުރުން ލ.އަތޮޅުގެ ފަރުތައް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެމްއެންޑީއެފުން ބުނީ، މިހާތަނަށް ކުރެވުނު މަސައްކަތުން މި ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް ބަލައިގެން ހުވަދޫ ކަނޑުގެ ސަރަހައްދުގެ ވަރަށް ބޮޑު ބަޔެއް ބެލިފައިވާ ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބެލޭނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ މީހާއާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލުނު ސަރަހައްދު

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ މީހާއާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލުނު ސަރަހައްދު | އެމްއެންޑީއެފް

މި ހާދިސާގައި ސަލާމަތްވި މީހުން ދީފައިވާ މައުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ އިރު ދޯނިން ފުންމާލި އެންމެން ސަލާމަތް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި މި ދޯނިން ފުންމާލައި ސަލާމަތްވެފައިވާ މީހުންގެ ތެރޭގައި ދޯންޏަށް އެ ވަގުތު އަރާތިބި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި އަދި ފުލުހެއް ހިމެނެ އެވެ. އަދި ދޯނީގައި އެވަގުތު ތިބި 3 ފަޅުވެރިން ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

މީގެ އިތުރުން އެމްއެންޑީއެފުން ވަނީ މި ހާދިސާގައި ސަލާމަތްވި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި، ކޯސްޓްގާޑުގެ ޑައިވަރ ސާޖަންޓް އަސްރާރު އަލީ، ކަނޑުގައި ހޭދަކުރި ވަގުތު ދޯނިން ދަތުރުކުރި 2 ބިދޭސީން ސަލާމަތް ކުރުމަށް ހުވަދޫ ކަނޑުގެ ތެރޭގައި ގަދަ ހިތްވަރާ އެކު ކޮށްފައިވާ މަސައްކަތް ފާހަގަކޮށްފަ އެވެ. 

ހަމައެހެންމެ ސިފައިންނާއި ފުލުހުންނަކީ ގައުމީ ޚިދުމަތުގައި ވާޖިބަށް އިސްކަންދީގެން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރާ ހިތްވަރުގަދަ ބަޔެއްކަމުގެ ލާމަސީލް ނަމޫނާ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް އަލީ ނާފިއު އާއި ސާޖަންޓް އަލީ ސައިފްގެ ފަރާތުން ފެނިގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މީގެއިތުރުން މި މަސައްކަތުގައި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަން، އަބްދުﷲ ޝަފީޤު ކޮށްފައިވާ ހިތްވަރުގަދަ މަސައްކަތް ވެސް އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫން ވަނީ އޭނާއާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ، ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ދޯނީގެ ކެޕްޓަން ދޯނި ސަލާމަތްކުރެވޭތޯ ހިތްވަރާ އެކު މަސައްކަތްކޮށްފައިވާ އިރު، ދޯނި އަޑިޔަށްދިޔައީ ވަރަށް ކުއްލިގޮތަކަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ދޯނި އަޑިޔަށް ގޮސްފައިވާ ސަރަހައްދުގެ ފުންމިނަށް ބަލާ އިރު، 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށާއި، މިއީ، އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫން ކަމަށެވެ. 

މި ހާދިސާ ހިނގިތާ ހުކުރު ދުވަހުގެ ނިޔަލަށް 8 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ޓަކައި 2026 އޮގަސްޓް 14 ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

ފްރެންޑް 4އެމްއެންޑީއެފްހުވަދޫ ކަނޑުކަނޑުމަތީ ހާދިސާ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާއަށް 8 ދުވަސް: އެމްއެންޑީއެފްއިން ބުނަނީ ގެއްލުނު ދިވެހިން ހޯދަން ބޭރުގެ އެހީ ލިބިފައިވާނަމަ އެކަން އިއުލާނުކުރާނީ ސަރުކާރުން ކަމަށް

13 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާއަށް 8 ދުވަސް: އެމްއެންޑީއެފްއިން ބުނަނީ ގެއްލުނު ދިވެހިން ހޯދަން ބޭރުގެ އެހީ ލިބިފައިވާނަމަ އެކަން އިއުލާނުކުރާނީ ސަރުކާރުން ކަމަށް
12 އޯގަސްޓު 2026

މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!

12 އޯގަސްޓު 2026
މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!
11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
10 އޯގަސްޓު 2026

ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި

10 އޯގަސްޓު 2026
ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި
10 އޯގަސްޓު 2026

ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!

10 އޯގަސްޓު 2026
ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!
10 އޯގަސްޓު 2026

ގެއްލުނު ތިން ދިވެހިން ހޯދަން ބޭރުގެ އެހީ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް ސާފުކުރަން މިނިސްޓަރަށް ދެންނެވުމުން ޖަވާބެއް ނުދެއްވި

10 އޯގަސްޓު 2026
ގެއްލުނު ތިން ދިވެހިން ހޯދަން ބޭރުގެ އެހީ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް ސާފުކުރަން މިނިސްޓަރަށް ދެންނެވުމުން ޖަވާބެއް ނުދެއްވި
10 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!

10 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!
09 އޯގަސްޓު 2026

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

09 އޯގަސްޓު 2026
އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް
09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
09 އޯގަސްޓު 2026

ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި

09 އޯގަސްޓު 2026
ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް