Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާލެ 6،5 ޖެޓީ

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

9 އޯގަސްޓު 2026 | އާދީއްތަ 09:34

މާލޭގެ 5 އަދި 6 ނަންބަރު ޖެޓީ ސަރަހައްދުގައި ޕާކިންގ ޒޯނެއް ހެދުމަށް ބަނދަރު ހަނިކުރުމުގެ ސަބަބުން، ލޯންޗުފަހަރު ދުއްވާ ކެޕްޓަނުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ. ނެރުން ވަދެނިކުމެވޭނެ ފަސޭހަ އިންތިޒާމެއް ނެތުމާއި ހިލަތޮށީގައި ޖެހި އުޅަނދުތަކަށް ގެއްލުންވުމުގެ އިތުރުން، ޖެޓީ އުސްވުމުގެ ސަބަބުން ދަތުރުވެރިންނަށް ވެސް ދަތިތަކެއް ހުރިކަން ކެޕްޓަނުން ވަނީ ފާހަގަކޮށްފައި. އެހެންކަމުން މި މައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް އެ ފަރާތްތަކުން ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 އޯގަސްޓު 2026 | އާދީއްތަ 09:34
ޕާކިންގ ޒޯނާއެކު 5 ނަންބަރު އަދި 6 ނަންބަރު ޖެޓީ ސަރަހައްދު ބޭނުންކުރުމުގައި ލޯންޗުފަހަރުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް މިއަދު ވަނީ ބޮޑު ތަކުލީފުތަކަކާއި ދަތިތަކަކާ ކުރިމަތިލާން ޖެހިފައި

ޕާކިންގ ޒޯނާއެކު 5 ނަންބަރު އަދި 6 ނަންބަރު ޖެޓީ ސަރަހައްދު ބޭނުންކުރުމުގައި ލޯންޗުފަހަރުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް މިއަދު ވަނީ ބޮޑު ތަކުލީފުތަކަކާއި ދަތިތަކަކާ ކުރިމަތިލާން ޖެހިފައި | ރާއްޖެއެމްވީ

މި ސަރުކާރުން ބޮޑުތަކުރުފާނު މަގު ތަރައްގީކޮށްފައި ވަނީ މާލޭގެ 5 އަދި 6 ނަންބަރު ޖެޓީއާ ދިމާލުން 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިންގ ޒޯނަކާއެކުގަ އެވެ. މިއާއެކު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕާކު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް މި ޕާކިންގ ޒޯނާއެކު މި ސަރަހައްދު ބޭނުންކުރުމުގައި ލޯންޗު ފަހަރުތަކުގެ ކެޕްޓަން އާއި ފަޅުވެރިންނަށް މިއަދު ވަނީ ބޮޑު ތަކުލީފުތަކަކާއި ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.  

މިކަމުގެ ކަންބޮޑުވުން ރާއްޖެޓީވީއާ ހިއްސާ ކުރަމުން ބައެއް ކެޕްޓަންނުން ބުނެފައިވަނީ އެ ސަރަހައްދުގެ ފަޅުތެރޭގައި ސަރުކާރުގެ އެކި އުޅަނދުފަހަރާއި އެމްއެންޑީއެފްގެ ބޭނުން ނުކުރާ އުޅަނދުތައް އަޅާފައި އޮތުމުގެ ސަބަބުން، ލޯންޗުތަކަށް ޚާއްސަކޮށްފައިވާ ސަރަހައްދު ރަނގަޅަށް ބޭނުން ނުކުރެވޭ ކަމަށެވެ. މީގެއިތުރުން، ރައީސް އޮފީސް ކުރިމައްޗަށް އޮންނަ ނެރުން ވަދެނުކުތުން މަނާކޮށްފައިވާއިރު، ޖެހިގެން އޮންނަ އަނެއް ނެރު ބޭނުންކުރުމަކީ ވެސް ބޮޑު ގޮންޖެހުމެއް ކަމަށް ބުންޏެވެ.

5 އަދި 6 ނަންބަރު ޖެޓީ އަކީ ލޯންޗުފަހަރާއި އެއްޗެހި ވަރަށް ގިނައިން ވަންނަ ވަރަށް ބާރު ބޮޑު ސަރަހައްދެއް. އެކި ރަށްރަށުން އައިސް ކައިރިކޮށް، މީހުން ބާލައި، ލޯންޗުތަކަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވޭ. އެ ދިމާލުގައި ސަރުކާރުގެ ވަރަށް ގިނަ އުޅަނދުތައް އެބަ އޮވޭ އަޅާފައި. އަޅާފައި އޮންނައިރު ރައީސް އޮފީސް ކުރިމައްޗަށްވާ ގޮތަށް އޮންނަ ނެރުން ވަދެ ނުކުމެ ހެދުމަކީ އަސްލު މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފަ އޮންނަނީ. ޖެހިގެން އޮތް ނެރު ބޭނުން ކުރަން ބަލާއިރު އެ ނެރު ބޭނުން ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވަނީ ވެފައި
ކަންބޮޑުވުން ފާޅު ކުރި ލޯންޗެއްގެ ކެޕްޓަން

މީގެ އިތުރުން ވައިގަދަ އަދި ކަނޑުގަދަ ދުވަސްވަރު އައު ޕާކިންގ ޒޯނާ ދިމާލަށް އޮންނަ ސަރަހައްދު ހަނިވުމާއި، ބޭރުގައި އޮންނަ ހިލަތޮށީގެ ސަބަބުން ނެރުން ވަދެނުކުމެ ހެދުމުގައި ލޯންޗުގެ ބުރަފަތިތަކާއި ގިޔަރުތައް ހިލަތަކުގައި ޖެހި ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ވެސް ރާއްޖެޓީވީއާ ވާހަކަދެއްކި ލޯންޗެއްގެ ކެޕްޓަނަކު ވަނީ ފާހަގަ ކޮށްފަ އެވެ. މިފަދަ ހާދިސާތަކުގައި ބުރަފަތި ނުވަތަ ގިޔަރެއް ބަދަލު ކުރަން ޖެހުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށާއި، ބައެއް ކުންފުނިތަކުން މިފަދަ ޚަރަދުތައް މުވައްޒަފުންގެ މުސާރައިން އުނިކުރާކަން ވެސް ބުންޏެވެ. އަދި ރައީސް އޮފީސް ކައިރީ އޮންނަ ނެރާ ދިމާލުން ހުރަހަށް ވަލެއް ދަމާފައި އޮންނަ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އެ ވައު ސިފަކުރީ ޖެއްސުމަށް ދަމާފައި އޮތް އެއްޗެއްގެ ގޮތަށެވެ. 

ސަބަބަކީ ވައިގަދަ، ކަނޑުގަދަ ދުވަސްވަރެއް ވެއްޖެޔާ ޕާކިން ޒޯނާ ދިމާއަށް އޮންނަ ސަރަހައްދު ހަނި ކަމުންނާއި، ބޭރުގައި އޮންނަ ހިލަ ތޮށީގެ ސަބަބުން އެ ތޮށީގެ ކައިރިން އަންނަ ކަމުގައިވާ ނަމަ މުޅި ތޮށީގައި ބުރަފައްޗާއި ގިޔަރުތައް ޖެހި އެބަ ހަލާކު ވޭ. މީގެން ގިޔަރެއް އެއްޗެއް ގަންނަން ވެއްޖެޔާ ވަރަށް ބޮޑު ޚަރަދަކަށް މި ވަނީ އަސްލު. ބައެއް ކުންފުނިތައް އެބަހުރޭ މުސާރަ އިން ވެސް އެ އެއްޗެހި އުނި ކުރާ ކުންފުނިތައް 
ކަންބޮޑުވުން ފާޅު ކުރި ލޯންޗެއްގެ ކެޕްޓަން

އާންމުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ޕާކިންގ ޒޯނެއް ހެދުމަށްޓަކައި ބަނދަރު ހަނިކޮށްފައިވުމުގެ ސަބަބުން، ކަނޑުމަތީގައި އުޅޭ ފަރާތްތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަން ހުރިހާ ކެޕްޓަނުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އޭގެއިތުރުން ޖެޓީ ހަދާފައި ވަނީ ވަރަށް އުސްކޮށްކަމަށްވާތީ، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކަކުލުގެ މައްސަލަތައް ހުންނަ މީހުންނަށް މި ޖެޓީ އިން އަރައި ފޭބުމަކީ ނުހަނު އުނދަގޫ ކަމެކެވެ.

ޕާކިންގ ޒޯނު ހަދަން ވެގެން ބަނދަރު ހަނިކޮށްލާފައި އޮތީމަ އެއް ލޯންޗު ބޭރަށް އަނެއް ލޯންޗެއް ނުއެއް ޖެހޭ. ބޭރު ތޮށީގައި މި އޮންނަނީ ހިލަތަކެއް. އެތަނުން އަންނަ އިރު، ހިލަތަކުގައި ޖެހި ލޯންޗުތަކުގެ ބުރަފަތި ހަލާކުވެ، ވަރަށް ގެއްލުންވޭ. އެހެންވީމާ މިއީ އާންމު ރައްޔިތުންނަށް ފަސޭހައަކަށް ކޮށްދީފައި އޮތް ކަމެއް ނޫން. އެއްގަމުގަ ދުއްވާ މީހުންނަށް ފަސޭހަ. އަޅުގަނޑުމެން ކަނޑުމަތީގައި އުޅޭ މީހުންނަށް އެއްވެސް ފަސޭހައެއް ނުވޭ
ކަންބޮޑުވުން ފާޅު ކުރި ލޯންޗެއްގެ ކެޕްޓަން

ކުޑަކުޑަ ޖާގައެއްގައި އެތައް ލޯންޗެއް ބަރިއަކަށް ބާއްވައިގެން މަސައްކަތްކުރަން ޖެހުމުން، ބަނދަރުގެ ބޭރުން އެހެން ލޯންޗަކަށް ފަސޭހައިން ދަތުރުކޮށް ނުނިކު​​މެވޭއިރު، މިފަދަ ދަތި ހާލަތްތަކުގައި  ވެސް ޑިއުޓީގައި ތިބޭ ކޯސްޓް ގާޑާއި މެރިން ޕޮލިހުން އައިސް ހަޑިހުތުރު ބަހުން ވާހަކަދައްކާ ކަމުގެ ޝަކުވާ ވެސް ރާއްޖެޓީީވީއާ ވާހަކަދެއްކި ކެޕްޓަނުން ކޮށްފައިވެ އެވެ. އެހެންކަމުން 5 ނަންބަރު އަދި 6 ނަންބަރު ޖެޓީ ބޭނުންކުރާ ހުރިހާ ލޯންޗުތަކެއްގެ ފަރާތުން، މި ސަރަހައްދުގައި ދިމާވަމުންދާ ދަތިތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެމީހުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެއްވެސް ބައެއްގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާކަން އެ ފަރާތްތައް ވަނީ ހާމަކޮށްފަ އެވެ. 

ބޮޑުތަކުރުފާނުމަގުމާލެ5 ނަންބަރު ޖެޓީއެމްއެންޑީއެފްމޯލްޑިވްސް ޕޮލިސް ސަރވިސްލޯންޗު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި

09 އޯގަސްޓު 2026
ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި
08 އޯގަސްޓު 2026

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

08 އޯގަސްޓު 2026
"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"
08 އޯގަސްޓު 2026

މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ފްލައިޓް މި މަހު ފަށަނީ

08 އޯގަސްޓު 2026
މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ފްލައިޓް މި މަހު ފަށަނީ
07 އޯގަސްޓު 2026

މަސްތުވާތަކެތީގެ މައްސަލައިގައި ކުޅުދުއްފުށިން 4 މީހުން ހައްޔަރުކޮށްފި

07 އޯގަސްޓު 2026
މަސްތުވާތަކެތީގެ މައްސަލައިގައި ކުޅުދުއްފުށިން 4 މީހުން ހައްޔަރުކޮށްފި
07 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!

07 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!
06 އޯގަސްޓު 2026

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ

06 އޯގަސްޓު 2026
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ
04 އޯގަސްޓު 2026

އިޓަލީގެ މަޝްހޫރު ބްރޭންޑް އޯވީއެސް ފިހާރައިގައި ފިރިހެނުންނަށް ހާއްސަ ފަންގިފިލާއެއް ހުޅުވައިފި

04 އޯގަސްޓު 2026
އިޓަލީގެ މަޝްހޫރު ބްރޭންޑް އޯވީއެސް ފިހާރައިގައި ފިރިހެނުންނަށް ހާއްސަ ފަންގިފިލާއެއް ހުޅުވައިފި
04 އޯގަސްޓު 2026

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ބޮޑު ސަރަހައްދެއް އާންމުންނަށް ބޭނުން ނުކުރެވޭ ގޮތް ހަދާ ޑިފެންސަށް ދީފި

04 އޯގަސްޓު 2026
ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ބޮޑު ސަރަހައްދެއް އާންމުންނަށް ބޭނުން ނުކުރެވޭ ގޮތް ހަދާ ޑިފެންސަށް ދީފި
04 އޯގަސްޓު 2026

ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

04 އޯގަސްޓު 2026
ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
03 އޯގަސްޓު 2026

ފުލުހުން އަދިވެސް މަހުދީގެ ފޯނު ހިފަހައްޓާފައިވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

03 އޯގަސްޓު 2026
ފުލުހުން އަދިވެސް މަހުދީގެ ފޯނު ހިފަހައްޓާފައިވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް