Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު

ނިއު ރޭޑިއަންޓްގެ ކޯޗުކަމުން ވަކިވެ، ސުޒޭން އެ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރަކަށް

1 މާރިޗު 2026 | އާދީއްތަ 06:06

ސުޒޭނުގެ އިރުޝާދުގެ ދަށުން މި ސީޒަންގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ނިއު ރޭޑިއަންޓް އިން ނިންމާލީ ތިން ވަނައިގައި. އޭގެ ފަހުން ކުޅުނު ޕްރެޒިޑެންޓްސް ކަޕްގައި ނިއު ރޭޑިއަންޓް ވަނީ ސެމީ ފައިނަލްގައި ކުޅެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2026 | އާދީއްތަ 06:06
ނިއު ރޭޑިއަންޓްގެ ކޯޗުކަމުން ވަކިވި އަލީ ސުޒޭން

ނިއު ރޭޑިއަންޓްގެ ކޯޗުކަމުން ވަކިވި އަލީ ސުޒޭން | ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް

ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް އިރުޝާދު ދެމުން އައި އަލީ ސުޒޭން، އެ ޓީމުގެ ކޯޗުކަމުން ވަކިވެއްޖެ އެވެ.

ނިއު ރޭޑިއަންޓް އިން ހާމަ ކޮށްފައިވާ ގޮތުގައި، އެ ކުލަބުގެ ކޯޗުކަމުން ވަކިވެ ސުޒޭން ދެން މސައްކަތް ކުރާނީ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރގެ ގޮތުގަ އެވެ. އެ ކުލަބުން ބުނެފައި ވަނީ، ކޯޗުކަމުން ސުޒޭން ވަކިވެފައި ވަނީ އާއިލީ ސަބަބަކަށް ޓަކައި ކަމަށެވެ. ނިއު ރޭޑިއަންޓުން ވަނީ، ކޯޗުގެ ގޮތުގައި ސުޒޭން ކޮށްފައިވާ މަސައްކަތް ތަކަށް ޝުކުރު އަދާ ކޮށްފަ އެވެ.

މިފަހަރުގެ ފުރަތަމަ ޑިވިޝަންގައި ނިއު ރޭޑިއަންޓުން ވާދަ ކޮށްފައި ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ. މެދު ކެނޑުމަކަށް ފަހު ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ލިބުނީ، ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނުގައި ނުކުޅެން ނިންމުންނެވެ. 

ސުޒޭންގެ އިރުޝާދުގެ ދަށުން މި ސީޒަންގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ނިއު ރޭޑިއަންޓް އިން ނިންމާލީ ތިން ވަނައިގަ އެވެ. އޭގެ ފަހުން ކުޅުނު ޕްރެޒިޑެންޓްސް ކަޕްގައި ނިއު ރޭޑިއަންޓް ވަނީ ސެމީ ފައިނަލްގައި ކުޅެފަ އެވެ. ސެމީ އިން ބަލިވެ މުބާރާތުން ކެޓިއިރު، ކުރިމަތީގައި ދެން އޮތީ އެފްއޭ ކަޕް އެވެ. 

ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން ވެސް ވަނީ، ސުޒޭނުގެ މަސައްކަތަަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމަށް ވެސް އިރުޝާދު ދީފައިވާ ސުޒޭނަކީ، މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ. ނިއު ރޭޑިއަންޓުގެ އިތުރުން ސުޒޭން ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބު ތަކަކަށް އިރުޝާދު ދީފަ އެވެ. 

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްއަލީ ސުޒޭން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2026

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް

21 ފެބުރުއަރީ 2026
ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް
14 ފެބުރުއަރީ 2026

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

14 ފެބުރުއަރީ 2026
ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް
11 ފެބުރުއަރީ 2026

ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް

11 ފެބުރުއަރީ 2026
ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް
11 ފެބުރުއަރީ 2026

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު
10 ފެބުރުއަރީ 2026

ނިއު ރޭޑިއަންޓްގެ އެކަޑަމީ ފަށަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި

10 ފެބުރުއަރީ 2026
ނިއު ރޭޑިއަންޓްގެ އެކަޑަމީ ފަށަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި
09 ފެބުރުއަރީ 2026

ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް

09 ފެބުރުއަރީ 2026
ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް
07 ފެބުރުއަރީ 2026

ކުޅިވަރުގެ ޚިދުމަތްތެރިޔާ ޙަސަން އަލީ ނިޔާވެއްޖެ

07 ފެބުރުއަރީ 2026
ކުޅިވަރުގެ ޚިދުމަތްތެރިޔާ ޙަސަން އަލީ ނިޔާވެއްޖެ
18 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

18 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި
12 ޖެނުއަރީ 2026

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި
07 ޖެނުއަރީ 2026

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

07 ޖެނުއަރީ 2026
މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް