Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ވޯލްޑްކަޕް ކޮލިފައިން: ސެނެގޯލް އަދި ދެކުނު އެފްރިކާގެ މެޗު އަލުން ކުޅެނީ..!

ސެނެގޯލް އަދި ދެކުނު އެފްރިކާގެ މި މެޗު އަލުން ކުޅޭނީ އަންނަ ނޮވެމްބަރ މަހުގައި.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 11:10
ދެކުނު އެފްރިކާ އަދި ސެނެގޯލް ބައްދަލުކުރި މެޗުގެ ތެރެއިން.

ދެކުނު އެފްރިކާ އަދި ސެނެގޯލް ބައްދަލުކުރި މެޗުގެ ތެރެއިން.

ވޯލްޑްކަޕް ކޮލިފައިންގައި ނިމިގެން ދިޔަ އަހަރު ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު، ސެނެގޯލްއާއި ދެކުނު އެފްރިކާ ބައްދަލުކޮށް 1-2 ގެ ނަތީޖާއިން ދެކުނު އެފްރިކާ މޮޅުވި މެޗު އަލުން ކުޅުމަށް "ފީފާ" އިން އަމުރު ނެރެފިއެވެ.

ފީފާއިން މި މެޗު އަލުން ކުޅުމަށް އަމުރު ނެރުނީ އެމެޗުގެ ރެފްރީކަން ކުރި ގާނާގެ އުމުރުން 42 އަހަރުގެ ރެފްރީ ޖޯސެފް ލެމްޕްޓޭގެ ނިންމުން ވަކި ކޮޅަކަށް ޖެހި އިންސާފުން އެއްކިބާވެފައިވާކަން ފީފާގެ އޯގަނައިޒިން ކޮމިޓީއަށް ސާބިތުވުމާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ފީފާއިން ވަނީ އެމެޗުގެ ރެފްރީކަން ކުރި ގާނާގެ ރެފްރީ ޖޯސެފް ލަމްޕްޓޭ މުޅި އުމުރަށް ސަސްޕެންޑް ކޮށްފަ އެވެ.

ވަކި ކޮޅަކަށް ޖެހިގެން ރެފްރީކަން ކުރިކަމަށް ލެމްޕްޓޭގެ މައްޗަށް ސާބިތު ވުމާއި ގުޅިގެން އޭނާ އުމުރަށް ސަސްޕެންޑް ކުރަން ނިންމިއިރު ލެމްޕްޓޭ އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މިއަހަރުގެ މާޗު މަހު އެވެ. އެހެން ނަމަވެސް މި މައްސަލަ އިސްތިއުނާފް މަރުހަލާ އަށް ފަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން އިއްޔެ ވަނީ އެ އަދަބު ދަމަހައްޓަން ތާއީދު ކޮށްފައެވެ.

ލެމްޕްޓޭ ސަސްޕެންޑު ކޮށް އެ މެޗު އަލުން ކުޅެން ފީފާއިން ނިންމާފައިވާއިރު، "ފީފާ" އިން މިކަމާއި ގުޅުވައިގެން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ލެމްޕްޓޭ އަށް ބައިނަލް އަޤުވާމީ އެއްވެސް މުބާރާތެއްގެ މެޗެއްގައި ރެފްރީކަން ނުކުރެވޭގޮތަށް ސަސްޕެންޑް ކުރުމަށް ފަހު އެ މެޗު އަލުން ކުޅެން ފީފާގެ އޯގަނައިޒިން ކޮމިޓީން ނިންމާފައިވާ ކަމަށާއި، އެ މެޗު ކުޅެން ނިންމާފައިވަނީ އަންނަ ނޮވެމްބަރ މަހުގައި ކަމަށެވެ.

އަދި މީގެ އިތުރުން ފީފާގެ މި ބަޔާނުގައި ބުނެފައި ވަނީ ސެނެގޯލް އާއި ދެކުނު އެފްރިކާ މެޗުގެ ރެފްރީ ޖޯސެފްގެ ފަރާތުން އެ މެޗުގައި ފެނުނީ އެންމެ ރަނގަޅު ނިންމުތަކެއް ނޫން ކަމަށާއި ފީފާގެ އޯގަނައިޒިން ކޮމިޓީން މި މައްސަލަ ބެލި ބެލުމުގައި އޭނާ ވަކި ޓީމެއްގެ ކޮޅަށް ޖެހިފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އެހެން ކަމުން ފީފާއިން ވަނީ މި މައްސަލައިގައި ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ލެމްޕްޓޭ އަށް ގައުމީ އަދި ބައިނަލްއަގްވާމީ ލެވެލްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.

" ފީފާއިން ވަނީ މައްސަލަ ބަލާ ލެމްޕްޓޭ އަށް އެކަށީގެންވާ އަދަބު ދީފަ. އަދި ރެފްރީ ވަކި އަތަކަށް ޖެހިފައިވާކަމަށް ސާބިތުވުމުން އެމެޗު އަލުން ކުޅެންވެސް ވަނީ ނިންމާފަ. ލެމްޕްޓޭ ސަސްޕެންޑް ކޮށް އަލުން އެ މެޗު ކުޅެން ނިންމީ މައްސަލަ ބަލާ ދިރާސާ ކުރުމަށް ފަހު." ފީފާގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މި މައްސަލާއި ގުޅިގެން ދެކުނު އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ރެފްރީންގެ ނިންމުންތައް ވަރަށް ރަނގަޅަށް މޮނީޓަރ ކޮށް ފީފާއިން ބަލަހައްޓަން ޖެހޭނެ ކަމަށާއި ހުރިހާ ކަމަކަށް ވެސް މިފަދަ ނިންމުންތައް އިންސާފުން ނިންމަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަހަރު މިއަށް ވުރެވެސް ބޮޑެތި މައްސަލަތައް ރެފްރީންގެ ފަރާތުން ދިމާވެފައި އެބަ ހުރިކަމަށާއި އެހެން ނަމަވެސް މިގޮތަށް ފިޔަވަޅު އެޅިފައިނުވާ ކަމަށެެވެ.

އެގޮތުން މި ބަޔާނުގައި ދާދި ފަހުން ހިނގާދިޔަ ދެ ހާދިސާއަކަށް އަލި އަޅުވާލާފައި ވާއިރު އޭގެ ތެރެއިން އެއް ހާދިސާ އަކީ ސްޕެނިޝް ސުޕަރކަޕްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ބާސާ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހާދިސާއެވެ.

ފީފާއިން ރެފްރީ އަށް އަދަބު ދިނުމަށް ފަހު އަލުން އެ މެޗު ކުޅެން ނިންމިއިރު، މި މެޗުން އެފްރިކާއަށް ލިބުނު ތިން ޕޮއިންޓްވެސް ވަނީ އުނިކޮށްފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓް އުނިކުރުމާ އެކު ދެކުނު އެފްރިކާ ވަނީ ކޮލިފައިންގެ ގްރޫޕް ޑީ ގެ އެންމެ ފުލަށް ވެއްޓިފައެވެ. ދެކުނު އެފްރިކާއަށް އަދި މިހާތަނަށް މެޗަކުން މޮޅުވެވިފައި ނުވާއިރު، ސެނެގާލް އޮތީ ފަސް ޕޮއިންޓާ އެކު ގުރޫޕްގެ ތިން ވަނައިގަ އެވެ. މި ގުރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ބުރްކީނާ ފާސޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި

އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި

28 މެއި 2017
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

22 އެޕްރީލު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު