Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑްކަޕް ކޮލިފައިން

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެއިން އޮތީ ލިބުނު 13 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 13:39
ސްޕެއިން އަދި އިޒްރާއިލް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެއިން އަދި އިޒްރާއިލް ބައްދަލުކުރި މެޗުގެ ތެރެއިން

ވޯލްޑްކަޕް ކޮލިފައިންގައި އިޓަލީ އަދި ސްޕެއިން ކުޅުނު މެޗުތަކުން މޮޅުވެ، މަގާމު ދަމަހައްޓައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން އިޓަލީ މޮޅުވީ އަލްބޭނިއާއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

އިޓަލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އިޓަލީ އެވެ. އެގޮތުން އެޓީމުން ވަނީ 12 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑި ރޮސީ އެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅުނީ އިޓަލީންނެވެ. އެގޮތުން 39 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން ޑިރޮސީއަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފްގައި ވެސް އިޓަލީން ރަނގަޅަށް ކުޅެފައިވާއިރު، އެޓީމުން ވަނީ އަލްބޭނިއާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

އިޓަލީން މެޗުގެ ލީޑު ފުޅާކުރީ 71 ވަނަ މިނެޓުގައި އިމޯބައިލް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޑޭވިޑް ޒަޕަކޯސްޓާގެ އެހީތެރިކަމާއެކުގައެވެ.

މި ނަތީޖާއައެކު އިޓަލީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގަ އެވެ. މެޗުން ބަލިވި އަލްބޭނިއާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ ހަތަރުވަނައިގަ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވީ އިޒްރާއިލްއާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ.

ސްޕެއިން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޑޭވިޑް ސިލްވާ އެވެ.

މި ލަނޑަށް ފަހު ވެސް ސްޕެއިން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި ވިޓޯލޯގެ ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

ދެވަނަ ހާފް ފެށިގެންވެސް ސްޕެއިން އިން މޮޅަށް ކުޅެފައިވާއިރު، އެޓީމުން ޖެހި ތިންވަނަ ލަނޑު 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއެގޯ ކޯސްޓާއެވެ. މި ލަނޑަށް ފަހު ވެސް ސްޕެއިން އިން ދިޔައީ އިޒްރާއިލްގެ ގޯލަށް ނުރައްކާކުރަމުންނެވެ.

އެހެން ނަމަވެސް ސްޕެއިން އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި އިޒްރާއިލްގެ ރަފެއަލޮފް ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ 76 ވަނަ މިނެޓުގަ އެވެ.

ސްޕެއިން އިން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 88 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިސްކޯ އެވެ.

މި ނަތީޖާއާއެކު ސްޕެއިން އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި އިޒްރާއިލް އޮތީ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު