Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ސްކޮޑު

އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި

ގައުމީ ޓީމު ބޫޓާނާ ދެކޮޅަށް ނިކުންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 28 މެއި 2017 | އާދީއްތަ 15:07
ގައުމީ ސްކޮޑުގައި ހިމެނުނު ބައެއް ކުޅުންތެރިން ދަނޑުމަތީގައި ހިނގާލަނީ

ގައުމީ ސްކޮޑުގައި ހިމެނުނު ބައެއް ކުޅުންތެރިން ދަނޑުމަތީގައި ހިނގާލަނީ

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ އަކްރަމް އަބްދުލް ޣަނީ އާއި ގްރީން ސްޓްރީޓަށް ކުޅެމުން އަންނަ އަހުމަދު ރަޝީދު (އައްމަޑޭ) ހިމަނާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ތަމްރީން ދަތުރަށް ގައުމީ ސްކޮޑު އެކުލަވާލައިފި އެވެ.

އެފްއޭއެމް އިން އާއްމުކުރި ޕުރިމިނަރީ ސްކޮޑުގައި ހިމެނެނީ ޖުމްލަ 27 ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާޒިޔާގެ 8 ކުޅުންތެރިން، ޓީސީގެ ތިން ކުޅުންތެރިން، ވެލެންސިއާގެ ދެ ކުޅުންތެރިން، އީގަލްސްގެ ހަތަރު ކުޅުންތެރިން، ވިކްޓްރީގެ ދެ ކުޅުންތެރިން، ނިއުގެ ހަ ކުޅުންތެރިން އަދި ގްރީން ސްޓްރީޓްުގެ ދެ ކުޅުންތެރިންނެވެ.

އެންމެ ފަހުން އޭޝިއަންކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ނެގި ސްކޮޑުގައި ހިމެނުނު ޓީސީގެ އިބްރާހިމް މަހުދީ (އިއްބެ) އަދި ގްރީން ސްޓްރީޓުގެ މުހައްމަދު ނިޒާމް (ނިޒާމްބެ) ނުނަގައެވެ. މިފަހަރު ސްކޮޑު ޖާގަ ލިބޭނެކަމަށް ގިނަ ބަޔަކު އެންމެ އުންމީދުކުރި މުހައްމަދު އާރިފް (ބަކާ) ހިމަނާފައެއް ނުވެއެވެ.

ސްކޮޑުގައި ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ނުހިމަނައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި އަޝްފާގު ވަނީ އަނިޔާއިން ސަލާމަތްވުމުގެ ގޮތުން ސާޖަރީއެއް ހަދާފައެވެ. އެގޮތުން އޭނާ އަށް ދެން ކުޅުމުގެ ތެރެއަށް އާދެވޭނީ މަހެއްހާ ދުވަސް ފަހުންނެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަކޫ އާއި އައްމަޑޭ ގައުމީ ސްކޮޑަށް ނެގިއިރު، މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އަށްވެސް ވަނީ ގައުމީ ޓީމުން ޖާގަ ލިބިފައެވެ.

ގައުމީ ޓީމު އަންނަ މަހުގެ 13 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ނިކުތުމުގެ ކުރިން އަންނަ މަހުގެ ހަ ވަނަ ދުވަހު ދުބާއީގައި ރަހްމަތްތެރިކަމުގެ މެޗެއްގައި އަފްއާނިސްތާނާ ދެކޮޅަށް ރާއްޖެ ނިކުންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު