Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިސީސީ ވިމެންސް ވޯލްޑްކަޕް

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

8 މާރިޗު 2017 | ބުދަ 14:19

މުބާރާތުގައި ޖުމްލަ 8 ގައުމުން ވާދަކުރާނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 8 މާރިޗު 2017 | ބުދަ 14:19
މުބާރާތުގައި ވާދަކުރާ އިނގިރޭސިންގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަމުންދާ މަންޒަރު

މުބާރާތުގައި ވާދަކުރާ އިނގިރޭސިންގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަމުންދާ މަންޒަރު

އިނގިރޭސިވިލާތާއި ވޭލްސްގައި ބާއްވާ އަންހެނުންގެ ކްރިކެޓުގެ ވޯލްކަޕްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާއި އިންޑިއާ ކަމުގައި ހަމަޖެހިއްޖެއެވެ.

މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ފަށާ އަންހެނުންގެ ވޯލްޑްކަޕް ކްރިކެޓުގެ މުބާރާތުގެ ހުޅުވާ މެޗުގައި އިނގިރޭސިންނާއި އިންޑިއާގެ ކުރިމަތިލުން އޮންނާނީ ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ.

މުބާރާތުގެ ފުރަތަމަ މެޗު ޖޫންމަހުގެ 24 ވަނަ ދުވަހު އޮންނައިރު، ދެވަނަ މެޗުގައި މުބާރާތުގެ ތަށި ދިފާއުކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރެލިއާ މިމަހުގެ 26 ވަނަ ދުވަހު ނުކުންނާނީ ވެސްޓް އިންޑީޒްއާ ދެކޮޅަށެވެ.

އަންހެނުންގެ ކްރިކެޓް ވޯލްޑްކަޕްގައި ޖުމްލަ 8 ޤައުމު ބައިވެރިވާއިރު، މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއްވެސް އަނެއް ޓީމާއި ވާދަކުރާ އުސޫލުންނެވެ.

އެގޮތުން ހުރިހާ މެޗެއް ނިމޭއިރު އެންމެ ކުރި ހޯދާ ހަތަރު ޓީމެއް މުބާރާތުގެ ސެމީ ފަނައިލަށް ދަތުރުކުރާނެއެވެ. އަދި ފައިނަލަށް ދަތުރުކުރާ ދެޓީމުގެ ކުރިމަތިލުން އޮންނާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

އަންހެނުންގެ ކްރިކެޓުގެ ދުނިޔޭގެ ރޭންކިންގެ 2 ވަނަގައި އޮތް އިނގިރޭސިންނާއި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ އޮސްޓްރެލިއާގެ ކުރިމަތިލުން އޮންނާނީ ޖުލައި 9 ވަނަ ދުވަހު ބްރިސްޓަލްގައެވެ.

އޮސްޓްރެލިއާ، ނިއުޒިލޭންޑް އާ އިނގިރޭސިންގެ އިތުރުން ވެސްޓް އިންޑީޒް މި މުބާރާތަށް ކޮލިފައިވެފައިވަނީ އައިސީސީ ވިމެންސް ޗެމްޕިއަންޝިޕްގެ ގަދަ ހަތެއްގައި ހިމެނިގެންނެވެ.

މި މުބާރާތުގައި ވާދަކުރާ އަނެއް ހަތަރު ޓީމު ކަމުގައިވާ ސައުތު އެފްރިކާ، އިންޑިއާ، ސްރީލަންކާ އަދި ޕާކިސްތާން މި މުބާރާތަށް އައިސްފައިވަނީ ކޮލިފައިންގެ މެޗުތަކަށްފަހުއެވެ.

މުބާރާތާއި ބެހޭ ގޮތުން އައިސީސީގެ ޗީފް އެކްޒެކެޓިވް ޑޭވިޑް ރިޗަޑްސަން ބުނެފައިވަނީ މިހާތަނަށް މި މުބާރާތުގެ ފައިނަލް މެޗުގެ 9000 ޓިކެޓް މިހާރުވެސް ވިކިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް