Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ 19 އަހަރުން ދަށް

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 22 އެޕްރީލު 2017 | ހޮނިހިރު 19:09
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ނިސްބަތުން ފަސޭހަ ގްރޫޕެއްގައި ލައްވާލައިފި އެވެ.

އަންނަ އަހަރު އޮންނަ މި މުބާރާތުގައި ރާއްޖެ ގްރޫޕް ބީގައި ހިމެނިފައިވާއިރު، ރާއްޖެއާ އެކު ދެން ހިމެނެނީ އުޒްބަކިސްތާން، ތަޖިކިސްތާން، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ.

ގްރޫޕް ބީގައި ހިމެނޭ ސްރީލަންކާ އަދި ބަންގްލަދޭޝް އަކީ ފުޓުބޯޅައިގައި ރާއްޖެއާ ފަހަކަށް އައިސް އެހާ ވާދަވެރި ދެގައުމެއް ނޫނެވެ. އެގޮތުން ސަރަހައްދީ ރޭންކިން އަށް ބަލާއިރުވެސް މި ދެޓީމު އޮތީ ކުރިން އެންމެ ދަށްކޮށް ފެންނަ ބޫޓާނަށްވުރެވެސް ފަހަތުގައެވެ.

އެހެންނަމަވެސް ދުރު ރާސްތާ ޕްލޭނަކާ އެކު ސްރީލަންކާ އަދި ބަންގްލަދޭޝް އިންވެސް އަންނަނީ ފުޓުބޯޅަ ކުރިއެރުވުމަށް ބުރަ މަސައްކަތްކުރަމުންނެވެ. އެގޮތުން މި ދެޓީމު އަންނަނީ މަޑުމަޑުން ކުރިއަރަމުންނެނެވެ.

ގްރޫޕް ބީގައި ރާއްޖެއާއެކު ދެން ހިމެނޭ ތަޖިކިސްތާން ރާއްޖެއާ ނިސްބަތުން ރާއްޖެއަށްވުރެ މަތީފަންތީގައި އޮތް ނަމަވެސް ރާއްޖެ އިން ވަނީ އެޓީމާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެހެންނަމަވެސް އުޒްބަކިސްތާން އަކީ ރާއްޖެއާ އަޅާބަލާއިރު، އެތައް ފަންތިއެއް މަތީގައި އޮތް ޓީމެކެވެ. އެގޮތުން އެޓީމު އަންނަނީ އޭޝިއާގައި ފަހަކަށް އައިސް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

މި މުބާރާތުގެ ކޮލިފައިން ބުރުގެ މެޗުތައް ކުޅޭނެ ގައުމެއް އަދި ނުނިންމާއިރު، ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް

އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް

12 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު