Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޫޑޯ ވޯލްޑްކަޕް 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

އައްޝަމް ވަނީ މީގެކުރިން ކޫޑޯ ތިން މުބާރާތެއްގައި ބައިވެރިވެފަ

ލީވާން އަލީ
ލީވާން އަލީ | 10 ފެބުރުއަރީ 2017 | ހުކުރު 17:59
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރާ ރާއްޖޭގެ އައްޝަމް

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރާ ރާއްޖޭގެ އައްޝަމް

ކޫޑޯ އިންޓަނޭޝަނަލް ފެޑެރޭޝަން (ކޭއައިއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އަބްދުﷲ އިންޑިއާ އަށް ފުރައިފި އެވެ.

މިކްސް މާޝަލްއާޓް ކުޅިވަރެއްކަމަށްވާ ކޫޑޯގައި ވާދަކުރުމަށް އައްޝަމް އިންޑިއާ އަށް ފުރާފައިވާއިރު، މިއީ މި މުބާރާތުގައި އޭނާ ވާދަކުރާ ދެވަނަ ފަހަރެވެ.

ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި އައްޝަމް ބުނީ މުބާރާތަށް ތައްޔާރުވަމުން އަންނަތާ ތިން މަސްވެފައިވާ ކަމަށާއި، މެދުނުކެނޑި ކޮންމެ ދުވަހަކު ތަމްރީން ހަދަމުން އަންނަ ކަމަށެވެ.

އެގޮތުން އޭނާ ބުނީ މުބާރާތުން ރަނގަޅު ހިސާބަކަށް ދިއުމަށް އުންމީދުކުރާ ކަމަށާއި، މިހާރު ވިސްނުން ހުރީ ފުރަތަމަ މެޗުގައި ލިބޭ ތިން މިނެޓަށް ކަމަށެވެ.

ނޮކައުޓް އުސޫލުން ތިން މިނެޓު ތެރޭގައި ފައިޓްކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ އެތުލީޓަކު ދެވަނަ ރައުންޑަށް ކޮލިފައިވާ މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅު 40 އަށްވުރެ ގިނަ ގައުމު ވާދަކުރެއެވެ.

އައްޝަމް ބުނީ މުބާރާތަށް ދަނީ އަމިއްލަ ހަރަދުގައި ކަމަށާއި، ސަރުކާރުގެ އެއްވެސް ހަރަދެއް ނުލިބޭކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ރާއްޖޭގައި ކޫޑޯ ކުޅިވަރެއް ގޮތުގައި ތައާރަފްކުރުމަށް އެދިފައިވާ ކަމަށާއި، އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ބުނެފައިވާ ކަމަށެވެ.

އައްޝަމް ވަނީ މީގެކުރިން ކޫޑޯ ތިން މުބާރާތެއްގައި ބައިވެރިވެފައެވެ. އެއީ 2009 ޖަޕާނުގައި ބޭއްވި ހުކޮޓޮކީ ވޯލްޑް ޗެމްޕިއަންޝިޕް، ސައުތު އޭޝިއަން ޗެމްޕިއަންޝިޕް އަދި ރަޝިއާގައި 2011 ވަނަ އަހަރު ބޭއްވި ކޫޑޯ ވޯލްޑްކަޕް އެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި

16 އެޕްރީލު 2017
އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
30 މާރިޗު 2017

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު