Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން ކަޕް ކޮލިފައިން

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

ފަލަސްތީން ރާއްޖެ އަށް އައިސްފައިވަނީ ގަތަރުގައި ކޭމްޕްކުރުމަށްފަހު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 19:01
ފަލަސްތީން ގައުމީ ފުޓުބޯޅަ ޓީމު

ފަލަސްތީން ގައުމީ ފުޓުބޯޅަ ޓީމު

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި އަންނަ އަންގާރަ ދުވަހު ރާއްޖެއާ ދެކޮޅަށް ނިކުންނަ ފަލަސްތީން ރާއްޖެ އަތުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ހަވީރު ފަލަސްތީން ޓީމު ރާއްޖެ އައިސްފައިވަނީ ގަތަރުގައި ކޭމްޕް ކުރުމަށްފަހު އެވެ. އެގޮތުން އެޓީމު ވަނީ ކޭމްޕުގައި ކުޅުނު ރަހްމަތްތެރިކަމުގެ މެޗު ޔަމަންއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ދުނިޔޭގެ 134 ވަނަ އަށް ރޭންކްކޮށްފައިވާ ފަލަސްތީނުން ދުނިޔޭގެ 140 ވަނަ އަށް ރޭންކްކޮށްފައިވާ ރާއްޖެއާ ދެކޮޅަށް މެޗު ކުޅޭ އިރު، ރާއްޖޭ ޓީމު އަންނަނީ ފަރިތަކުރަމުންނެވެ. އެހެންނަމަވެސް ފަލަސްތީން މެޗުގެ ކުރިން ރާއްޖޭ ޓީމުން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެފައެއް ނުވެއެވެ.

ފަލަސްތީން ޓީމު ވަނީ ރާއްޖޭ ފަސްގަނޑުގައި އޭއެފްސީ ޗެލެންޖުކަޕް 2014 ވަނަ އަހަރު އުފުލާލާފައެވެ. އެހެންނަމަވެސް އޭރު ތިބި ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން މިހާރު އެޓީމުގައި ތިބީ އެންމެ ހަތަރު ކުޅުންތެރިންނެވެ.

ފަލަސްތީން ޓީމުގައި ޗިލީ ލީގަށް ކުޅޭ އެގައުމަށް އުފަން ފަސް ކުޅުންތެރިން ތިބޭއިރު، ސްލޮވޭނިއާ އަދި އިޒްރާއިލަށް އުފަން ކުޅުންތެރިޔެއްވެސް ހިމެނެއެވެ. އެގޮތުން ޗެލެންޖުކަޕްގައި ފަލަސްތީނުން ބޭނުންކުރި ޓީމަށްވުރެ މި ޓީމު ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

ފަލަސްތީން އަދި ރާއްޖެ ބައްދަލުކުރާ މެޗަށް ޓިކެޓް ވިއްކަން ވަނީ ފަށާފައެވެ. މީގެއިތުރުން އެފްއޭއެމް އިން އަންނަނީ އެ މެޗު ޕްރޮމޯޓްކުރުމަށް ހާއްސަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައިވެސް އެ އިދާރާއިން ވަނީ ޕްރޮމޯޝަން ކެމްޕޭންތަކެއް ފަށާފައެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ، 21:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. ކޮލިފައިންގައި ރާއްޖެއާއެކު ގްރޫޕް ޑީގައި ހިމެނެނީ ފަލަސްތީން އޮމާން އަދި ބޫޓާން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު